މާލޭގެ މަގެއްގެ މަތީގައި ބަރަހަނާކޮށް ވެއްޓިފައި އޮތް ދިވެހި ފިރިހެނަކު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި ދައުރުވާން ފަށައިފިއެވެ.
ޓުވިޓާގައި މިހާރު ދައުރުވަމުންދާ 10 ވަރަކަށް ސިކުންތުގެ ވީޑިއޯއިން ފެންނަ ގޮތުގައި ބަރަހަނާ ހާލުގައި އޮތް މީހަކު މާލޭގެ މަގެއްގެ މަތީގައި ވެއްޓިފައި އޮންނަ މަންޒަރު ފެނެއެވެ. އަދި އެމީހާ ކެއްސާ ކަމާއި ކެއްސުމުގެ ސަބަބުން އަނގައިން ކޮންމެވެސް އެއްޗެއް އަންނަތަންވެސް އެވީޑިއޯއިން ފެނެއެވެ.
މިމަންޒަރު ވީޑިއޯކޮށް ޝެއަރ ކޮށްފައިވާ ޕޯސްޓަށް ގިނަ ބަޔަކު ގެންދަނީ ސަރުކާރާ ދެކޮޅަށް ނުރުހުން ފާޅުކުރަމުންނެވެ. ގިނަބަޔަކު ބުނަނީ މިސަރުކާރު އައި ފަހުން މިޒާތުގެ ކަންތައް އިތުރުވެފައިވާ ކަމަށާއި، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ޒުވާނުން އިތުރުވެ މަގުމައްޗަށް ވެއްޓިފައި ތިބޭ މަންޒަރު ފެންނަ ގޮތް ގިނަވެފައިވާ ކަމަށެވެ.
މީގެ ކުރިންވެސް ބަރަހަނާ ހާލުގައި ހުރި މީހަކު މާލޭގެ މަގެއްގެ މަތީގައި ހުއްޓާ ގިނަބަޔަކަށް ވަނީ ފެނިފައެވެ.