ޚަބަރު
ފުރައިގެން ދިޔައީ ފުރައްސާރައަށް ކެތް ނުކުރެވިގެން

އއ.މަތިވެރި ސްކޫލްގައި ވަޒީފާ އަދާކުރަމުންދިޔަ ބިދޭސީ އަންހެން ޓީޗަރަކު ސްކޫލަށް ނާންގާ ފުރައިގެން ދިޔައީ ކުރަމުންދިޔަ ފުރައްސާރައަށް ކެތްނުކުރެވިގެން ކަމަށް އެޓީޗަރު މައުލޫމާތުދީފިއެވެ.

ޖީނޫ ނަމަކަށް ކިޔާ އިންޑިޔާގެ ޓީޗަރު މީޑިޔާއަށް މައުލޫމާތު ދެމުން ބުނެފައިވަނީ ކުއްލިގޮތަކަށް އޭނާ ފުރައިގެން އިންޑިޔާއަށް ދިޔައީ ކުރިމަތިވި ފުރައްސާރައަށް ކެތްނުކުރެވިގެން ކަމަށާއި އެކުގައި ވަޒީފާ އަދާކުރާ ޓީޗަރަކު ބުނެގެން ފުލުހުން އައިސް އޭނަޔާ އެނަގެ ފިރިމީހާ ބަދުނާމްކުރި ކަމަށެވެ.

ޖީނޫ ބުނާގޮތުގައި އޭނަގެ ކުރީގެ ފިރިމީހާ އަދި ދަރިންނާއެކު ނަގާފައިވާ ފޮޓޯއެއް ލީކުކުރުމަށްފަހު އޭނައާ އެކީ އުޅެނީ އޭނަގެ ފިރިމީހާ ނޫންކަމަށް ބުނެ ދިވެހި ފުލުހުން ވަނީ ވާހަކަތަކެއް ދައްކާފައެވެ. އޭގެތެރެއިން އެއް ފުލުހަކީ އެވާހަކަތައް ފަތުރާލި ޓީޗަރުގެ ރަހުމަތްތެރިޔެއް ކަމަށް ޖީނޫ ވަނީ ބުނެފައެވެ.

މިވާހަކަތައް ޕްރިންސިޕަލާ ހިއްސާކުރުމުން ޕްރިންސިޕަލްގެ ފަރާތުންވެސް އެއްބާރުލުމެއް ނުލިބުނު ކަމަށާއި އެގޮތަށް ޒާތީ ކަންތައްތަކާ ނުބެހުމަށް އެޓީޗަރަށް އެންގެން ޖެހޭނެ ކަމަށް ޖީނޫ ފާހަނގަކުރިއެވެ. ޖީނޫގެ ފިރިމީހާ ރާއްޖެ އައީ ޓޫރިސްޓު ވިސާގައި ކަމަށް ވާތީ ޖީނޫ ކައިރީގައި ނުހުރެވޭނެ ކަމަށް ފުލުހުން ބުނެފައިވާ ކަމަށާއި އެއްވެސް ހެއްކެއް ނެތި ފުލުހުން ވަނީ އެދެމަފިރިން ބަދުނާމުކޮށްފައި ކަމަށް ޖީނޫ ބުންޏެވެ.

ފުލުހުން ޖީނޫއަށް މެސެޖް ކޮށް ކައިވެނީގެ ސެޓުފިކެޓުގެ ސައްހަކަން ބެލުމަށް ކެރެލާ ޕޮލިސްއާއި ގުޅަން މަސައްކަތް ކުރާކަމަށް ބުނުމުން އެކަން ކުރުމުގައި އެއްވެސް މައްސަލައެއް ނެތްކަމަށްވެސް ޖީނޫ ވަނީ ބުނެފައެވެ.

މީގެއިތުރުން އެރޭ 10:30 އާއި 11:00 ދޭ ތެރޭގައި އެދެމީހުންގެ ކައިވެނީގެ ސެޓުފިކެޓް ޑައުންލޯޑް ނުވިކަމަށް ބުނެ ޕްރިންސިޕަލް މެސެޖް ކުރިކަމަށާއި އޮފީހުން ސެޓްފިކެޓް ހޯދުމުން އޭގައިވާ ފޮޓޯއަކީ ސްޑޭންޑަރޑް ސައިޒް ފޮޓޯއެއް ނޫންކަމަށް ޕްރިންސިޕަލް ބުނިކަމަށްވެސް އޭނާ ބުންޏެވެ.

ރަށުތެރޭގައި އެފަދަ ވާހަކަތައް ފެތުރެން ފެށުމުން ރަށުގެ ރައްޔިތުންނާއި ކިޔައިވައިދޭ ކުދިން ޖީނޫއަށް އިހުތިރާމް ނުކޮށް ފުރައްސާރަކުރަން ފެށުމުން އެކަމާ ވަރަށް ދެރަވެ ފުރައިގެން ދިޔައީއެވެ.

ޖީނޫ ބުނާގޮތުގައި އަބުރުވެރި ކޮށް މަސައްކަތް ކުރެވޭނެފަދަ މާހައުލެއް އެރަށުގައި ނެތުމުން ވަޒީފާއިން އޭނާ ވަކިވީއެވެ.

މަތިވެރި ސްކޫލްގެ ޕްރިންސިޕަލް އިއްޔެ ވިދާޅުވެފައިވަނީ ޖީނޫ ފުރައިގެން ދިޔުމުގެ ކުރިން އޭނައާ ބައްދަލުކޮށް ވަޒީފާއިން ވަކިވާން ބޭނުންވާ ކަމަށް ބުނެފައިވާ ކަމަށާއި ޖީނޫ ފުރައިގެން ދިޔަކަން އެނގުނީވެސް އަނެއް ދުވަހު ސުކޫލަށް ނުދިޔުމުން ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!