ގދ. ތިނަދޫ ކުނިކޮށީގައި ގިނަވެފައި ހުރި ކުނިތައް ވެމްކޯ އިން ސާފުކޮށްފިއެވެ.
ރާއްޖޭގެ ރަށްތަކުގައި ގިނަވެފައި ހުރި ކުނި ނައްތާލަން ސަރުކާރުން ކުރިއަށްގެންދާ ޕްރޮޖެކްޓިގެ ދަށުން ކުރިއަށްގެންދިޔަ މަސައްކަތުގެ ތެރެއިން ގދ.ތިނަދޫ ކުނިކޮށްޓަށް ޖަމާވެފައި ހުރި ގިނައަދަދެއްގެ ކުނި ވެމްކޯ އިން ވަނީ ސާފުކޮށްފައެވެ.
ވެމްކޯ އިން މި ކުނިތައް ސާފުކޮށްފައިވަނީ 90 ދުވަހުގެ މުއްދަތެއްގެ ތެރޭގައެވެ. ކޯވިޑް-19ގެ ބަލިމަޑުކަމުގެ އުނދަގޫ ދުވަސްވަރުގެ ތެރޭގައިވެސް ބުރަކޮށް މަސައްކަތް ކުރީތީ އެ ކުންފުނީގެ މުވައްޒަފުންނަށް ވެމްކޯއިން ވަނީ ޝުކުރު އަދާކޮށްފައެވެ.
މި ޕޮރޮޖެކްޓަކީ ގދ. ތިނަދޫގައި ރައްކާތެރި ކަމާއެކު ކުނި ނަައްތާލުމަށް އެޅުނު ފުރަތަމަ ފިޔަވަޅުގެ ގޮތުގެ އެކުންފުނިން ވަނީ ސިފަކޮށްފައެވެ.
ވެމްކޯއިން ވަނީ ކުނި ކޮށި ސަރަހައްދުގައި ހުރި 8000 ޓަނުގެ ކުނި ނަގައި މުޅި ސަރަހައްދު އެއްކޮށް ސާފު ކޮށްފައެވެ. މީގެ އިތުރުން ވެމްކޯއިން ވަނީ ތިނަދޫގެ އިތުރުން ކުޅުދުފުއްޓާއި ފުވައްމުލައް ސިޓީގައި ވެސް ގިނަވެފައި ހުރި ކުނި ސާފުކޮށްފައެވެ.
ކިހިނެއް ނައްތާލީ؟ ނައްތާލަން ކޮންތާކަށް ގެންދިޔައީ…؟
ޚަބަރުން އެނގެން ބޭނުންވި މަޢުލޫމާތެއް!