ޚަބަރު
ދެއްވަދޫ ބޮއި ކެނޑިފައި އޮންނަތާ 3 ހަފްތާ ވެއްޖެ

ދޮށީގެ މަސްވެރިކަމަށް އަމާޒުކޮށް ޤާއިމް ކޮށްފައިވާ، ކަނދުފަތި ނަންބަރު 4652 މެރެދޫ ކަނޑުން 15 މޭލް ހުޅަނގު އުތުރުގައި ވާ ދެއްވަދޫ ކަނދުފަތި ކަނޑައިގެން ގޮސްފައިވާތާ 3 ހަފުތާ ވެއްޖެއެވެ.

ހުވަދު އަތޮޅުގެ މަސްވެރިކަން ވަރަށްބޮޑަށް ރަނގަޅުވެފައިވާ މިދުވަސްވަރުގައި މި ކަނދުފަތި ނެތުމަކީ މަސްވެރިންނަށް ވަރަށްބޮޑު ގެއްލުމެކެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ވިދާޅުވަނީ 1981 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ދޮށީގެ މަސްވެރިކަމަށް އަމާޒްކޮށް ޤާއިމްކޮށްފައިވާ ކަނދުފަތީގެ ވިޔުގައިން ކަނޑައިގެންދާ ކަނދުފަތިތައް އަލުން އެޅުމުގައި އަމަލު ކުރަމުންދާ އުސޫލަކީ އެކަނދުފައްޗެއް ކަނޑައިގެން ދިއުމުން މަސްވެރިން ރަށު ނުވަތަ އަތޮޅު ކައުންސިލަށް އެންގުމުން، އެހެން ދޯނި ފަހަރުގެ މަސްވެރިން މެދުވެރިކޮށް ކަނޑައިގެން ދިޔަކަން ކަށަވަރުކޮށް ރަށު ނުވަތަ އަތޮޅު ކައުންސިލަކުން އެމިނިސްޓްރީއަށް އެންގުމެވެ.

މިގޮތަށް އަމަލުކުރަނީ ބައެއް ފަރާތްތަކުން ދޭ މަޢުލޫމާތުގެ މައްޗައް ބިނާކޮށް ކަނޑައިގެން ދިޔަ ކަމަށް ބުނާ ކަނދުފަތި އަލުން ހަރުކުރުމަށް ދާއިރު އެޕޮޒިޝަންގައި ކަނދުފަތި އޮންނަ ހާލަތްތަކާ ގިނަފަހަރު ދިމާވުމުން ޚަރަދާއި ވަގުތު ބޭކާރުވަމުން ދާތީއެވެ.

ގއ.އަތޮޅު ކައުންސިލްގެ ރައީސް އިބްރާހީމް ޝަހީން (ޝިހާން) ހުވަދޫ ނިއުސް އަށް މަޢުލޫމާތް ދެއްވަމުން ވިދާޅުވީ ދެއްވަދޫ ބޮޔާއި ކޮލަމާފުށި ބޮއި ކަނޑައިގެން ގޮސްފައިވާކަން މިނިސްޓްރީއަށް ވަނީ އަންގާފައި ކަމަށާއި މިހާރު މިނިސްޓްރީގެ ޓީމެއް ކަނދުފަތި ހަރުކުރުމަށް ހަރާކާތްތެރިވަމުން ދާކަމަށެވެ.

ފިޝަރީސް މިނިސްޓްރީގެ ފޭސްބުކް ޕޭޖްގައި މިއަދު ފާހަގަ ކޮށްފައިވާ ގޮތުގައި، ކަނޑައިގެން ގޮސްފައިވާ ގއ. ކޮލަމާފުށީގެ ކަނދުފަތި، ހުޅަނގު އުތުރުން 12.5 މޭލު ބޭރުގައި މިއަދުވަނީ ޤާއިމް ކޮށްފައެވެ. މި ކަނދުފަތީގެ ނަންބަރަކީ 01ޑ‎09 އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!