ޚަބަރު
އެކްސިޑެންޓެއްގައި އަންހެނެއްގެ ފައި ޗިސްވުމުން ފައި ބުރިކޮށްލައިފި

މާލޭގައި ހިނގާދިޔަ ނުރައްކާތެރި އެކްސިޑެންޓެއްގައި އަންހެނެއްގެ ފައި ޗިސްވުމުން އެފައި ބުރިކޮށްލައިފިއެވެ.

މީސްމީޑިޔާގައި ދައުރުވަމުންދާ ވީޑިޔޯއަކުން ފެންނަ ގޮތުގައި މިއަންހެންމީހާ ހިނގާފައި އައީ ނިކަގަސް މަގުން ބާޖަމާލުއްދީން ކައިރިންނެވެ. އެއަންހެންމީހާ މަގު ހުރަސް ކުރަން އުޅުމުގެ ތެރޭގައި ކޮންޓްރޯލް ނުވެ އައި ކުޑަ ޕިކަޕެއް އެމީހާގެ ގައިގައި ޖެހުނެވެ. ކަންމައްޗަކަށް ވާ ގޮތަށް ހުރި ފާރުގައި ޕިކަޕް ގޮސް ޖެހުނުއިރު އަންހެން މީހާ މަގު ހުރަސްކުރަމުން ގޮސް އެ ފާރާ އަރާ ހަމަވަނީއެވެ. އެހެންކަމުން ފާރާއި ޕިކަޕާއި ދޭތެރޭ އަންހެންމީހާ ތާށިވުމުން ޑްރައިވަރު ނުކުމެގެން ގޮސް އެއަންހެންމީހާއަށް އެހީތެރިވެދެއެވެ.

އަންހެން މީހާގެ ވައަތު ފައި ފާރާއި ޕިކަޕާ ދޭތެރޭ ތާށިވެ ވަނީ ޗިސްވެފައެވެ. އެހެންކަމުން އެފައި ޖެހުނީ ބުރިކޮށްލާށެވެ.

ފުލުހުން ވިދާޅުވީ އެކްސިޑެންޓްވި އަންހެންމީހާއަކީ 47 އަހަރުގެ ދިވެހި އަންހެނެއް ކަމަށާއި އޭނާއަށް އޭޑީކޭގައި ފަރުވާ ދެމުން ގެންދާ ކަމަށެވެ. އަދި އެޕިކަޕް ދުއްވަން އިން 59 އަހަރުގެ މީހާގެ އަތުގައި ލައިސަންސް އޮތް ކަމަށް ފުލުހުން ވިދާޅުވިއެވެ.

މަންޒަރުދުށް މީހުން ބުނާގޮތުގައި މިއެކްސިޑެންޓް ހިނގާދިޔައީ ޕިކަޕްގެ ބުރޭކް ފެއިލް ވުމާއި ގުޅިގެންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!