ޚަބަރު
ސިވިލް ސާރވިސް މަޤާމުތަކަށް މީހުން އައްޔަން ކުރުމުގައި ފިނޭންސްގެ ހުއްދަ މިހާރު ބޭނުން ނުވޭ

ސިވިލް ސާރވިސް މަޤާމުތަތަކަށް މުވައްޒަފުން ނެގުމުގައި މިހާރު ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދާކަށް ނުޖެހޭނެއެވެ.

ސިވިލް ސާރވިސް ކޮމިޝަނުން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރ 10 ވަނަ ދުވަހު ނެރުނު މާލިއްޔަތާބެހޭ ސަރކިއުލަރ އިން، ސިވިލް ސަރވިސްގެ އިދާރާތަކުން ހުސްވާ މަގާމުތަކަށް މުވައްޒަފުން ނެގުމުގައި މިހާރު އަމަލުކުރަމުންދާ އުޞޫލު ބަދަލުކޮށްފައިވާ ކަމަށާއި ބަނޑޭރި ޕޯޓަލް މެދުވެރިކޮށް މިނިސްޓްރީ އޮފް ފިނޭންސްގެ ހުއްދަ ހޯދުމުގެ ބަދަލުގައި، ބަނޑޭރި ޕޯޓަލްގެ ތެރެއިން އެ އިދާރާއެއްގެ ނުވަތަ ދާއިރާގެ ފައިނޭންސް އެގްޒެކެޓިވްގެ ހުއްދައާއެކު މުވައްޒަފުން ނެގުމުގެ މަސައްކަތް ކުރިޔަށްގެންދިއުމަށް މިހާރު އަންގާފައިވާ ކަމަށެވެ.

އިއްޔެ ނެރުނު ބަޔާނުގައިވާ ގޮތުން 1 ޖެނުއަރީ 2020 ގެ ފަހުން ސިވިލް ސާރވިސް އިދާރާތަކަށް މުވައްޒަފުން ނެގުމުގައި މިނިސްޓްރީ އޮފް ފިނޭންސްގެ މާލިއްޔަތާބެހޭ ސަރކިއުލަރގައިވާ މިންގަނޑަށް ފެތޭ މަގާމުތަކަށް، އެ ސަރކިއުލަރގައިވާ ގޮތަށް އަމަލުކޮށް، ވަޒީފާ ހަމަޖެއްސުމަށް ސީއެސްވިއުގަ މެދުވެރިކޮށް ސިވިލް ސަރވިސް ކޮމިޝަނަށް ހުށަހެޅުމުގައި، ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ފައިނޭންސް އެގްޒެކެޓިވް ދެއްވާފައިވާ ހުއްދައިގެ ސްކްރީން ޝޮޓެއް ހިމެނުއްވަން ޖެހޭނެއެވެ.

އެހެންކަމުން ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދާ ގޮތަށް ހަމަޖެހިފައިވާ އުސޫލަށް މިވަނީ ބަދަލު ގެނެވިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!