ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން އިޖުތިމާއީ ގިނަ މައްސަލަތަކެއް ވަނީފެންމަތިވެފައެވެ. ފަޤީރުކަމުގެ މައި ހަޤީޤަތްތަކާއި އުފެދޭ މައްސަލަތަކާއި ހައްލު ދެނެގަތުމަށްޓަކައި، ތަރައްޤީވަމުން އަންނަ ދުނިޔެ ހޭލުންތެރިވާންޖެހެވެ. މިގޮތުންބައެއްފަހަރަށް އަޅުގަނޑުމެންނަށް ވަކިކަހަލަ ކޮންސެޕްޓެއް ތަޞައްވުރުގައި ހިމެނައިވަރަށް ހަރުކަށި ވިސްނުމެއް ގެނެވިދާނެވެ.
ފަޤީރުކަމަކީ ކޮބާ؟
ފަގީރު އާއިލާއަކަށް ކުއްޖަކު އުފަންވާއިރު، އެ ކުދިން ވަންނަނީ ޖީލުތަކަކަށް ދުވެވޭނެދިގު އަދި ގޮންޖެހުން ބޮޑު ސައިކަލެއްގެ ފުރަތަމަ މަރުހަލާއަށެވެ. އާއިލާއެއް ފަގީރު ހާލުގައި ދިރިއުޅެމުން ދާއިރު، އާންމު ގޮތެއްގައި އެ އާއިލާއެއްގެ ވަސީލަތްތައް ލިބެނީ ވަރަށް މަދުނުވަތަ ނުލިބޭ ފަދަ ތަނަވަސްކަމެއްގައެވެ. އޭގެ މާނައަކީ ފަގީރު ކަމުގެ ދަންތުރައިގައި މުޅިއާއިލާ ވަރުގަދައަށް ހިފަހައްޓައި، އަމިއްލަ ނަފްސު އިތުރަށް ކުރިއެރުވުމަށް އެމީހުންނަށްލިބޭ ފުރުސަތުތައް މަދުކަމެވެ. މިގޮތުގައި ދިރިއުޅޭ އަދި ބޮޑުވަމުން އަންނަ ކުދިންދިރިއުޅުމުގައި ވަރަށް ބޮޑު ނިކަމެތިކަމެއް ގެތެރޭގައި އުޅެނީ އެއިގައި ސަބަބުތަކެއްވެސް ވާތީއެވެ.
އޭގެތެރޭގައި :-
- ބަލިޖެހޭ ރޭޓް މަތިވުން – ނިއުޓްރިޝަން ނުލިބުމާއި، ސެނިޓަރީ ދިރިއުޅުމުގެހާލަތު ދަށްވުމުގެ ސަބަބުން.
- ތަޢުލީމު ނުލިބުމުގެ ސަބަބުން – އެއީ ފަޤީރު ރަށްފުށު ހިސާބުތަކުގައި ހިންގާމަދަރުސާތަކުގެ ޚަރަދު ކުޑަވުމުގެ ސަބަބުންނާއި، މަދަރުސާތަކުން ދަތުރުފަތުރުކުރުމަށް އެކަށީގެންވާ ވަރަށްވުރެ ދުރުގައި ދިރިއުޅެން ޖެހުމުންނާއި ގޭގައި ކޮއްކޮމެންބެލެހެއްޓުމަށް ނުވަތަ ޢާއިލާއަށް ވަޒީފާ އަދާކުރުމަށާއި، ޢާއިލާއަށް އެހީތެރިވެދިނުމުގެބޭނުންތެރިކަން ބޮޑުވުމުގެ ސަބަބުންނެވެ.
- އެކަށީގެންވާ މިންވަރަށް ޞިއްޙީ ޚިދުމަތް ނުލިބުން– ފަޤީރު ރަށްރަށުގެމުޖުތަމަޢުތަކުގައި ގިނަފަހަރަށް އެކަށީގެންވާ ޞިއްޙީ ޚިދުމަތް ނުލިބެއެވެ. އެގޮތުންކްލިނިކްތަކާއި ހޮސްޕިޓަލްތަކަށް ޒިޔާރަތްކުރުމަކީ ފަގީރު ންނަށް ހޯދަން ޖެހޭ އަގުބޮޑުއަދި އުނދަގޫ ކަމަކަށް ވެދާނެއެވެ.
އަމާޒު ހިފަންވީ ކިހިނެތް؟
ރައްކާތެރިކަމާއި އެހީތެރިކަން : ފަގީރު އާއިލާތަކުގެ ކުދިން ޖިންސީ ގޯނާ، ގެވެށި އަނިޔާ، މަސްތުވާތަކެތީގެ ވަބާ، އަނިޔާއަދި ބަލިފަދަ މައްސަލަތައް ދިމާވުމުގެ ފުރުސަތު ބޮޑެވެ. ހަރުދަނާ ކޮމިއުނިޓީ ސްކޫލެއްގެ ސަބަބުން ކުޑަކުދިންނާއި އާއިލާތަކަށް ކާރިސާއެއްގެ ހާލަތުގައި ދާން ރައްކާތެރި ތަނެއް އުފެދިގެން ދެއެވެ. ބެލެނިވެރިން މަސައްކަތް ކުރާއިރު ކުދިން އެކަނި ގޭގައި ނުތިބެ، ބޮޑެތި މީހުންގެ ބެލުމުގެ ދަށުގައި ކުދިން ތިބެންޖެހެވެ. ސްކޫލްތަކަކީ އާންމު ގޮތެއްގައިޗައިލްޑް ސޭފްޓީ ކޮންސިސްޓެންޓްއެއް ޑިޒައިން ކުރެވިފައި ހުންނަ ތަންތަނަށް ވާއިރު، އާއިލާތަކަށް އަމާޒުކޮށްގެން އެކިއެކި ހަރަކާތްތައް ކުރިއަށް ގެންދެވިދާނެވެ. އަޅުގަނޑުމެންގެ ރާއްޖޭގެ މުޖުތަމަޢުތަކަށް ބަލާލިކަމުގައިވިޔަސް މިފަދައެވެ.
އާއިލާގެ ތެރެއިން ތަޢުލީމު ދިނުމުގެ ސަޤާފަތް
ފަގީރު ގޭބިސީތަކުގައި ގިނަ ފަހަރަށް ތައުލީމަށް ހިޔަނި އަޅައެވެ. އެތަނެއްގައި ދުވަހުންދުވަހަށް ދެމިހުރުމުގެ އެންމެ ބޮޑު ފޯކަސްއަކަށް ވެފައި އޮންނަނީ ތައުލީމުކަމުގައި ވާންޖެހެވެ. ބެލެނިވެރިން ސްކޫލް ހާޒިރީއަށް އިސްކަންދޭންޖެހެވެ. ހައި ސްކޫލަށްހިތްވަރުދީ، “ޓްރެޑިޝަނަލް ޖެންޑަރ ރޯލްސް” މި ވިސްނުން ދޫކޮށް އެއް ހަމައިން ކުދިންނަށް ކިޔަވާދޭން ޖެހެވެ.
ކާމިޔާބު ކަމާއެކު ކުއްޖަކު ތައުލީމު ހާސިލުކުރުމުން މުސްތަގުބަލުގައި އެ ކުއްޖެއްގެ އިލްމީގާބިލްކަން އެކުދިންގެ އަމިއްލަ ދަރިންނަށް ވާސިލްވުމުގެ ފުރުސަތު ބޮޑެވެ. އެންމެ ތުއްތުއިރުން ފެށިގެން ވެސް އުނގެނުމުގެ އިތުރު ތަޖުރިބާތައް ދަރިންނަށް ހާމަކޮށްދިނުމުގެ ފުރުސަތު ބޮޑެވެ. އެކުދިންގެ ޢާއިލީ ޘަޤާފަތުގައި ތަޢުލީމަކީ މާބޮޑު އަހަންމިއްޔަތުކަމެއް ދޭއަދި އިންތިޒާރުކުރާ އެއްޗަކަށް ވުން އެކަށީގެންވެއެވެ.
ފަޤީރު ކަމުގެ ތެރެއަށް އުފަންވާ ކުދިން މަދަރުސާއަށް ފޮނުވާއިރު، އެކުދިންގެ ޢާއިލާތެރޭގައި އޮންނަ ތަޢުލީމީ ސަޤާފަތް އެކުދިންގެ ސިކުނޑި ތެރޭގައި އަބަދުވެސް ހަދާން ކޮށްދޭންޖެހެވެ.