ކޮންމެ ހާލެއްގައިވެސް މަންމައަކަށް ވުމަކީ އެއްގޮތަކަށް ވެސް ފަސޭހަ މަސައްކަތެއް ނޫނެވެ. އަދި މަސައްކަތު ދިރިއުޅުމުގެ ބެލެންސް ހިފެހެއްޓުމަށް ޓަކައި އަބަދުވެސް މަސައްކަތް ކުރާ މައިންނަށް އިތުރު ފިއްތުންތައް ކުރިމަތި ވެ އެވެ. ގިނަ މީހުން މި ‘ވޯކް ފްރޮމް ހޯމް’ ސިސްޓަމް ސިފަ ކުރަނީ މިފަދަ މައިންނަށް މިހާރު ގޭގައި އާއިލާއާއެކު ގިނަ ވަގުތު ހޭދަކުރެވޭނެތީ، އެފަދަ މައިންނަށް ރަހުމަތެއްގެ ގޮތުގައެވެ. އެކަމަކު ހަޤީޤަތުގައި އުފުލާ ވޭން ދެ ގުނައެވެ
ކޮވިޑް 19 ބަލިމަޑުކަމުގެ ސަބަބުން ގިނަ ސްކޫލްތަކެއް ގައި ޑިސްޓެންސް ލާނިން އާއެކު ހަރަކާތްތެރިވަމުން އަންނަ އިރު، ގިނަ ފަހަރު ކުދިން ބެލުމުގެ ޒިންމާ އެޅިފައިވަނީއަންހެނުންނަށެވެ. ދުނިޔޭގެ ކޮންމެ ދިމާއަކަށް ނަޒަރު ހިންގާލިކަމުގައިވިޔަސް ފެންނަމުންދަނީ ހިތި މަންޒަރުތަކެވެ. އާންމު ގޮތެއްގައި ކިޔަވައިދޭ ޓީޗަރާއި އޭނާގެދަރިފުޅު އެއްފަހަރާ ކްލާސްތައް ނަގަންޖެހެވެ. ބައެއް އާއިލާތަކުގައި އެކެކެވެ. ނުވަތަ އެއަށްވުރެ ގިނައެވެ. ޓެކްނޮލެޖީއަށް އަހުލުވެރި ނޫންކުދިންވެސް ތިބޭނެކަން ޔަގީނެވެ. އެފަދަ ހާލަތުގައި އެފަދަ ކުދިން ޒޫމް ކްލާސްތައް އެކަނި ނަގަން ފަށައިގަންނަ ހިނދު އެކި އެކި މައްސަލަތަކާއި ކުރިމަތިވެއެވެ. މަންމަގެ އެހީތެރިކަމެއް ބޭނުންވެއެވެ. އެހައި ހިސާބުން ކިޔަވައިދޭ މަންމަ އޮތީ ދަރިފުޅާއި އެނާ ނަގައިދޭ ކުލާހުގެ ކުރިމަތީގައި ޖިހާދުކުރުމެވެ.
ތުއްތު ކުދިން ގޮވައިގެން މަސައްކަތްކުރާ މައިންނަށް އޮފީސް ޑިއުޓީގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި، އެ ޒިންމާތައް އަދާކުރުމުގެ އުނދަގުލާ ކުރިމަތިލާން ޖެހުމުގެ ފުރުސަތު ބޮޑެވެ. ވޯކް ލައިފް ބެލެންސް އެއް ނެތެވެ. ހާއްސަކޮށް ހަ މަހުގެ ތުއްތު ކުއްޖަކާ އެކު އަދިވެސް ގާތުން ކިރު ދޭން ޖެހޭ ކިތައް މަންމައިން ތިބޭނެ ހެއްޔެވެ؟ ހަމަ އެހެންމެ ހެނދުނު ހޭލާއިރު، ތެދުވެގެން ކޮންމެ ފަދަ ވަގުތެއްގައި ވެސް ތުއްތު ދަރިފުޅު ރޮވެން ފަށާ ފާނެތީ ކަންބޮޑުވާ އިރުވެސް ދަރިވަރުންގެ ކްލާސްތައް ނަގަން ޖެހެހެވެ. ދެ ޑިއުޓީ އެއްފަހަރާ އަދާކުރާއިރު ތުއްތު ދަރިފުޅު ނިދާފައި އޮންނައިރު ޓީޗިންގެ ހުރިހާ މަސައްކަތެއް ނިންމާލަން މަސައްކަތް ކުރަނީވެސް ގަދަ ހިތްވަރާއިއެކީގައެވެ.
ވަޒީފާ ދޭ ފަރާތްތަކާއި ވަޒީފާ އަދާކުރާ ގިނަ ފަރާތްތަކަށް މި ބަލިމަޑުކަމުގެ ކުރިން އޮންލައިންކޮށް ނުވަތަ ގޭގައި ތިބެގެން އޮފީސް މަސައްކަތްތައް ކުރުމުގެ އެއްވެސް ތަޖުރިބާއެއް ލިބިފައެއް ނުވެއެވެ. ރިމޯޓް ވޯކް އެންވަޔަރަމަންޓުގައި އަބަދު ޕްރޮޑަކްޓިވް ކޮށް މަސައްކަތް ކުރުމަކީ މިހާރުވެސް ވަރަށް ޗެލެންޖިން ކަމެކެވެ. އަދި ގޭތެރޭގެ ގިނަ މަސައްކަތްތައް މިހާރުވެސް ބެލެހެއްޓުމުގައި އިސްކޮށް އުޅޭ ވަޒީފާ އަދާކުރާ މައިންނަށްބޮޑު ބުރައެކެވެ. ޖުމްލަގޮތެއްގައި ދަންނަވާނަމަ، ހަމަ އަދާ ކުރާ ވަޒީފާއަށް ކުއްލިއަކަށް ހަތަރު ގުނަ މަސައްކަތް ކުރަން ޖެހެއެވެ.
މުޖުތަމަޢުގެ އިންތިޒާމުވެފައި އޮންނަ ގޮތުގެ ސަބަބުން ގޭތެރޭގެ ގިނަ މަސައްކަތްތަކުގައި އަންހެނުން ޝާމިލުވުމުގެ ފުރުޞަތު ބޮޑެވެ. ނުވަތަ ބައެއް ފަހަރު އަންހެނުންނަށް މަޖުބޫރުވެއެވެ. އަދި މި ބަލިމަޑުކަމުގެ ތެރޭގައި ގޭތެރޭގެ އެހީތެރިކަން ނުލިބޭތީ، މުޅި ޕްރެޝަރު އޮތީ އަންހެން އަނބިންނަށެވެ.. މަސައްކަތުގެ ޕްރެޝަރު ދެގުނަ އަށް އިތުރުވުމުގެ ސަބަބުން އަންހެނުންނަށް އަރާމު ކުރަން ނުވަތަ އަރާމުކުރުމަށް ވަގުތު ކުޑަވެއެވެ. ހަޤީޤަތަކީ މައިންނަށް ނަފްސާނީ ހަމަޖެހުމާއި އެކަހެރިކަން ލިބެނީ ވަރަށް މަދުންނެވެ އެއްވެސް ކަހަލަ ބައުންޑަރީއެއް ނެތެވެ. ވަޒީފާގެ މަސްއޫލިއްޔަތުތަކާ ހަނގުރާމަ ކުރަމުން ދަނީ ބިރުވެރި ހުވަފެނެއް ފަދައިންނެވެ.
އެހެންކަމުން ކޮވިޑް-19 ގެ ސަބަބުން ޖެންޑާ ޑައިނަމިކްސް އާއި ޕޭރެންޓިންގެ ރޮނގުންދިގު މުއްދަތެއްގެ ބަދަލުތަކެއް ގެނެވިދާނެއެވެ. ގިނަ ދުވަސް ވަންދެން ނޭގިތިބުމަށްވުރެ ދިރިއުޅުމުގައި މިއަދު ފިރިހެނުން ތަޖުރިބާ ހޯދަންޖެހެވެ. ކަންކަންކުރަން އެގުމަކީ މުހިންމުކަމެކެވެ. މިހާރު ފިރިހެނުންނަށް މަޖުބޫރުވެފައި އޮތީ، ކުދިން ބަލަހައްޓާބުރައިން ބައެއް އުފުލައި ވޭނާއި ތަކުލީފުތަކާ ދޭތެރޭގައި މިހާރަށްވުރެ ބޮޑަށްއަހުލުވެރިވުމެވެ.