ވިޔަފާރި
އެމްޓީސީސީ “ކަށަވަރު ޕްރޮމޯ 2021” ފަށައިފި

“ކަށަވަރު ޕްރޮމޯ”ގެ ނަމުގައި އެމްޓީޓީސީން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ޕްރޮމޯޝަން އިއްޔެ ފަށައިފިއެވެ.

މި އަހަރުގެ ކަށަވަރު ޕްރޮމޯ އިފްތިތާހު ކޮށްދެއްވީ އެކުންފުނީގެ ޗީފް އޮޕަރޭޓިން އޮފިސާ ހުސައިން ޝާހިދު ހުސައިން މޫސާއެވެ.

މި އަހަރުގެ ކަށަވަރު ޕްރޮމޯ ކުރިއަށްދާނީ މިއަދުން ފެށިގެން އަންނަ މަހުގެ 30 ގެ ނިޔަލަށެވެ. އެމްޓީސީސީން ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދާ މި ޕްރޮމޯޝަން މިދިޔަ އަހަރު ކޮވިޑާ ގުޅިގެން ވަނީ މެދުކަނޑާލާފައެވެ.

މި ޕްރޮމޯޝަނަކީ އެ ކުންފުނީގެ ކަސްޓަމަރުންނަށް ލުއި ގޮތްތައް ހޯދައިދިނުމަށް ކޮންމެ އަހަރަކު ކުރިއަށްގެންދާ ހަރަކާތަތްތަކުގެ ތެރެއިން ހަރަކާތެއް ކަމަށް އެމްޓީސީސީން ބުންޏެވެ. ކަށަވަރު ޕްރޮމޯޝަނުގެ އިތުރުން އޮޑި ދޯނިފަހަރު ގެންގުޅޭ މީހުންނަށް ޓްރެއިންނިން ޕްރޮގްރާމްތައް ވެސް އެ ކުންފުނިން ކުރިއަށްގެންދެ އެވެ.

މި ޕްރޮމޯޝަން ހާއްސަކުރީ ފައިސާ ދައްކައި، ތަކެތި ގަންނަ ފަރާތްތަކަށެވެ. މި ޕްރޮމޯގެ ދަށުން އެކުންފުނިން ވިއްކާ ޕްރޮޑަކްޓްތަކުގެ ތެރޭގައި ޔަންމާ އާއި ސުޒުކީ އިންޖީނުގެ ސްޕެއާ ޕާޓްސް، ކާސްޓްރޯލް އަޑީތެޔޮ، ޕީޕީޖީ ކޯޓިންގް، ސްކޮޓް ބާޑާ ފައިބަރު ސާމާނު، އިންޑަސްޓްރިއަލް ގޭސް އަދި މެރިން ލައިޓް އަށް ބޮޑު ޑިސްކައުންޓް ލިބޭނެއެވެ.

މި ޕްރޮމޯގެ މުއްދަތުގައި ކުރާ ކޮންމެ 5000ރ. ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ އެވެ. ޕްރޮމޯޝަންގައި ބައިވެރިވެ ގުރުއަތުން ހޮވޭ ފަރާތްތަކަށް 89,000ރ. ގެ ސުޒުކީ 25 ހޯސްޕަވަރުގެ އިންޖީނެއް ލިބޭނެ އެވެ.

މި ޕްރޮމޯޝަންގެ މުއްދަތުގައި ރާވައިފައިވާ އިތުރު ހަރަކާތްތަކުގެ ތެރޭގައި، މާލޭ ބަނދަރުމަތީގައި އަޅާފައިވާ އޮޑިފަހަރަށް ޒިޔާރަތް ކުރުމާއި ކ. ތިލަފުއްޓައި ކ. ގުޅި ސްލިޕްވޭ އާއި ކ. ހިންމަފުށި އަދި ދިއްފުށީގެ ބޯޓް ޔާޑައި ޑޮކް ޔާޑަށް އެމްޓީސީސީގެ ޓީމްތައް ދިއުން ހިމެނެ އެވެ.

އެމްޓީސީސީ ކަށަވަރަކީ ރާއްޖޭގެ މަސްވެރިކަމާއި، ޓޫރިޒަމް ދާއިރާގެ އިތުރުން އާންމު ދަތުރުފަތުރުގެ ތެރެއިން ފަސިންޖަރުންނާއި، މުދާ އުފުލުމުގައި ބޭނުންކުރާ އޮޑި ފޯނިފަހަރު ގެންގުޅޭ ފަރާތްތަކުގެ މެދުގައި ނަން މަޝްހޫރު ޝޯ ރޫމެކެވެ. މިއީ ދޯނިފަހަރުގައި އަޅާ އިންޖީނާއި، މިފަދަ އުޅަނދު ބަނެ، މަރާމާތުކުރުމަށް ބޭނުންވާ ތަކެއްޗާއި، ހިދުމަތްތައް ފޯރުކޮށްދޭ، އާންމުންގެ މެދުގައި މަގުބޫލު ތަނެކެވެ.

އަދި އެމްޓީސީސީ ކަށަވަރުން ލިބޭ ހިދުމަތްތަކާއި، ތަކެތި ބޭނުންކުރާ ކަސްޓަމަރުންނަށް އެމްޓީސީސީ ކަށަވަރުން އަބަދުވެސް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކާއި، ޕްރޮމޯޝަންތައް އަދި ހާއްސަ ސާވިސް ކެމްޕެއިންތައް ކުރިޔަށް ގެންދެ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!