ދިފާއީ ނިޒާމު ބަލިކަށި މީހުންނާއި ހައި ރިސްކު މީހުންނަށް ދޭ ކޮވިޑް-19 ގެ ބޫސްޓާ ޑޯޒް ޖެހޭ އުމުރު ދަށްކޮށް، 50 އަހަރުން މަތީ މީހުންނަށް ބޫސްޓާ ޑޯޒް ދޭން ނިންމައިފި އެވެ.
މީގެ ކުރިން ބޫސްޓަރ ޑޯޒް ދެމުން އައީ ޢުމުރުން 60 އަހަރުން މަތީގެ މީހުންނަށެވެ. އެޗްޕީއޭއިން ބުނީ އެ ނިންމުން ބަދަލުކޮށް އަންނަ ހޮނިހިރު ދުވަހުން ފެށިގެން ޢުމުރުން 50 އަހަރުން މަތީގެ މީހުންނަށް ބޫސްޓަރ ޑޯޒް ދިނުމަށް ނިންމާފައިވާކަމަށެވެ.
ބޫސްޓަރ ޑޯޒް ދިނުމުގައި ބަލާ ކަންކަމުގެ ތެރޭގައި:
- – ފްރަންޓްލައިންގައި މަސައްކަތްކުރާ ސިއްހީ ހިދުމަތްތެރިން
- – ހަށިގަނޑުގެ ގުނަވަނެއް ބަދަލުކޮށްފައިވާ މީހުން
- – ހަށިގަނޑުގެ ދިފާއީ ބާރު ދެރަކުރާ ފަދަ ބޭސްތައް ބޭނުންކުރާ މީހުން
- – ދިގު މުއްދަތަކަށް ސްޓެރޮއިޑްސް ބޭނުންކުރާ މީހުން
- – ގަވާއިދުން ޑަޔަލިސިސް ހަދާ މީހުން
- – ކެންސަރަށް ފަރުވާ ކުރާ މީހުންނާއި ފަރުވާ އަށް ފަހު އެއް އަހަރު ނުވާ މީހުން
- – އިސްކޮޅާ އަޅާ ބަލާއިރު ބަރުދަން މަތި މީހުން
- – އޮކްސިޖަން ތެރެޕީ ނަގާ މީހުން
- – ފުއްޕާމޭގެ އެކި ބަލިތަކަށް ފަރުވާ ކުރާ މީހުން
- – ފުރަމޭގެ ބައްޔެއްގައި ފަރުވާދީފައިވާ މީހުން
- – ހަކުރުބަލީގެ ސަބަބުން ގުނަވަނަކަށް ގެއްލުންވެފައިވާ މީހުން
- – ބަލީގެ ސަބަބުން އެނދުމަތިކޮށްފައިވާ މީހުން
- – ހިތުގެ ބަލިތަކަށް ފަރުވާކުރާ މީހުން
އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 191 މީހަކު ވަނީ ބޫސްޓަރ ޑޯޒް ޖަހާފައެވެ. މީގެތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ބޫސްޓަރ ޝޮޓް ޖަހާފައިވާ 113 މީހަކާއި އަތޮޅުތެރެއިން ވެކްސިންގެ 3 ވަނަ ޑޯޒު ޖަހާފައިވާ 78 މީހެކެވެ. މިއާއެކު ބޫސްޓަރ ޑޯޒް ޖެހި މީހުންގެ ޢަދަދު ވަނީ 5390އަށް އަރާފައެވެ.