ޚަބަރު
ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި ހުކުމް އިއްވުން އަންނަ މަހު

މަރާލާފައިވާ ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހުންގެ މައްޗަށް ހުކުމް ކުރުމާ މެދުގައި ގޮތެއް ނިންމުމަށް ބާއްވާ އަޑުއެހުން އަންނަ މަހު ބޭއްވުމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފިއެވެ.

މިއަދު ކްރިމިނަލް ކޯޓުގައި ވަނީ މި މައްސަލާގެ ޚުލާސާ ބަޔާން އިއްވާފައެވެ. ޚުލާސާ ބަޔާނުގައި ދައުވާ އުފުލިފައިވާ ފަރާތްތަކުގެ ނުކުތާތަކާއި ދައުލަތުގެ ނުކުތާތައް ފާހަގަކޮށް ނިމުމުން މައްސަލަ މިހާރު ހަވާލުވެ ހުންނެވި ގާޒީ އަލީ އާދަމް ވިދާޅުވީ 30 ދުވަހުގެ ތެރޭގައި މައްސަލައިގެ ހުކުމް އިއްވާނެކަމަށެވެ. މި ގޮތުން ހުކުމް އިިއްވުމުގެ އަޑުއެހުން އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި އިއްވާނެ ކަމަށް ގާޒީ ވިދާޅުވިއެވެ.

ޔާމީން އުޅުނު ގޭގެ ސިޑި ކައިރީގައި 2017 ވަނަ އަހަރުގެ އޭޕްރީލް މަހު، ތޫނު އެއްޗެހިން ހަމަލާދީ އަނިޔާވެރި ގޮތަކަށް އޭނާ މަރާލި މައްސަލާގައި ދައުލަތުން ހަ މީހެއްގެ މައްޗަށް ވަނީ ދައުވާ އުފުލައިފައެވެ. އެއީ މ. އަންނާރުމާގޭ އިސްމާއީލް ހައިޝަމް ރަޝީދާއި، މ. ކޮޅުފުށީ އީސްޓް ހުސައިން ޒިޔާދާއި، މ. ތާއިފް އިސްމާއީލް ރަޝީދާއި، މ. ކުދެހިގޭ ހަސަން ޝިފާޒާއި، ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި، މ. އިރާސްމިކުގެ އަހުމަދު ޒިހާން އިސްމާއީލްގެ މައްޗަށެވެ.

ދައުލަތުގެ ފަރާތުން ޚުލާސާ ބަޔާން އިއްވަވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ ވީޑިއޯ ފުޓޭޖުތަކުން ފެންނަ ކަންކަމާއި ސިއްރު ހެކިވެރިންގެ ހެކި ބަސްތަކުގައިވާ ކަންކަމާއި، ވީޑިއޯ އެނަލިސިސް ރިޕޯޓްގައި ހިމެނޭ ކަންކަމުން ފެށިގެން ވަށައި ގުޅައިލެވެން އެބަ އޮތް ކަމަށެވެ. އަދި މިއީ ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއަށް ވެފައި، އިސްލާމީ ޝަރީއަތުގައި ގަސްދުގައި މީހަކު މެރުމުގެ އަދަބަކީ މަރުގެ އަދަބު ކަމުގައި ދައުލަތުގެ ވަކީލު ފާހަގަ ކުރެއްވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!