ޚަބަރު
ޤައުމީ 4 ރެކޯޑާއި އެކު 30 ވަނަ ޤައުމީ އެތްލެޓިކްސް މުބާރާތް ފަށައިފި

ޤައުމީ 4 ރެކޯޑާއި އެކު 30 ވަނަ ޤައުމީ އެތްލެޓިކްސް މުބާރާތް ފަށައިފިއެވެ.

މާލޭގަ ކުޅިވަރު އެކުވެނީ ޓްރެކް ދަނޑުގައި އިއްޔެ މެންދުރުފަހު ފެށި މި އަހަރުގެ މުބާރާތުގައި 20 ޓީމަކުން ޖުމްލަ 219 އެތްލީޓުން ބައިވެރިވެފައިވެއެވެ.

މިމުބާރާތުގައި ހަތަރު ކެޓަގަރީ އަކުން 36 އިވެންޓް ކުރިޔަށް ގެންދާއިރު 3 ދުވަހުގެ މުއްދަތަށް ކުރިޔަށް ދާ މުބާރާތުގެ އިވެންޓްތަށް ކުރިޔަށް ދާނީ ނޮވެންބަރު 18,19,20 މި ތިން ދުވަހުގެ މެންދުރު ފަހު 14:30 ފެށިގެން 19:00 ހަމައަށެވެ.

މުބާރާތުގެ އިވެންޓްތައް އިއްޔެ ނިމިގެން ދިޔައިރު 4 ޤައުމީ ރެކޯޑު ވަނީ ހަދާފައެވެ. ޤައުމީ ރެކޯޑް ހޯދާފައިވާ ހަތަރު ކުދިންނަކީ:

  • މަރިޔަމް ރޫޔާ ޢަލީގެ 12.54ސ ( އަންހެން 100މ ދުވުމުގެ ޔޫތު ގައުމީ ރެކޯޑް)
  • ޢާއިޝަތު އައިނީ މުޙައްމަދުގެ 28.30މ ( ރާއްޖޭގެ އަންހެން ޑިސްކަސް ތްރޯ ގައުމީ ރިކޯޑް)
  • ޢިބާދުﷲ އާދަމްގެ 6.09މ ( ފިރިހެން ލޯންގް ޖަމްޕް ޖޫނިއަރ ގައުމީ ރިކޯޑް/ އަދި 10.95ސ 100މ ދުވުމުގެ ޖޫނިއަރ ގައުމީ ރިކޯޑް)
  • ޢާއިޝަތު ހިމްނާ ޙަސަންގެ 12.42ސ ނަތީޖާ އަކީ މުބާރާތުގެ 100މ ދުވުމުގެ މީޓް ރިކޯޑް.

ކްލަބް ރައިވެރިޔާގެ 4.20.90 އަކީ މުބާރާތުގެ 4*400މިނިޓް ރިކޯޑް އަދި ދިވެހި ސިފައިންގެ ކްލަބްގެ ޢަބްދުއް ޞަމަދު ވަނީ ވެޓަރަންސް 100މ ދުވުމުގެ މުބާރާތުގެ ރިކޯޑް ހަދާފައެވެ.

ފާއިތުވި 29 މުބާރާތަށް ބަލާއިރު, މުބާރާތުގެ ފިރިހެން އެންމެ ފަހުގެ 14 އަހަރުގެ ޗެމްޕިއަން ދިވެހި ސިފައިންގެ ކުލަބެވެ. އެކްލަބް މުބާރާތަށް ނުކުމެ ވާދަ ކުރަމުން ދަނީ ތަށި ޖެހިޖެހިގެން 15 ފަހަރަށް ކާމިޔާބުކުރުމަށެވެ

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!