މަޢުލޫމާތު
ކަނބަލުންގެ ހަށިގަނޑު ޒީނަތްތެރިކުރުމުގައި ޚާއްޞަވެގެންވާ ޙުކުމްތައް

1. ފިޠުރަތުގައި ވާ އެންމެހައި ކަންތައްތަކެއް އަންހެނުންނަށް އެކަށޭނެ ގޮތުގައި އަދި ލާއިޤުވެގެންވާ ގޮތުގައި ކުރުމަށް އަންހެނާގެ ކިބައިން އެދެވިގެންވެ އެވެ. އެގޮތުން ނިޔަފަތި ކެނޑުމަށް އަމުރުވެގެންވާ ދުވަސްތަކުގެ ތެރޭގައި ނިޔަފަތި ކެނޑުންވެ އެވެ. ސަބަބަކީ ނިޔަފަތި ކެނޑުމަކީ އެންމެހައި ޢިލްމުވެރިން އިޖްމާޢުވެގެންވާ ގޮތުގައި ސުންނަތެކެވެ. އަދި އެއީ ޙަދީޘްގައި ވާރިދުވެގެންވާ ފިޠުރަތުގެ ތެރެއިން ހިމެނިގެންވާ ކަންތަކުގެ ތެރެއިން ކަމެކެވެ. ނިފަތި ކެނޑުމަކީ އޭގެ ސަބަބުން ސާފްތާހިރު ކަމާއި ރީތިކަން ފާޅުކޮށްދޭ ކަމެކެވެ. އަދި ނިޔަފަތި ނުކަނޑައި ދޫކޮށްލުމަކީ މުޑުދާރުކަމާއި ވަލުޖަނަވާރުންނާ އެއްގޮތްވެވޭ ކަމެކެވެ. ނިޔަފަތި ދިގުކޮށްފައި ބެހެއްޓުމަކީ އޭގެ ސަބަބުން ނިޔަފަތި ދަށުގައި މުޑުދާރުތަކެކި ޖަމަޢަވެ، އޭގެ ދަށަށް ފެން ވާޞިލްވުން މަނާކުރާނެ ކަމެކެވެ. ބައެއް މުސްލިމް އަންހެނުންވަނީ ނިޔަަފަތިތައް ދިގުކުރުމުގެ މި ފިތުނަވެރިކަމުގައި ޖެހިފައެވެ. އެއީ ކާފަރު އަންހެނުންނަށް ތަޤްލީދު ކުރުމާއި، ސުންނަތުގެ މައްޗަށް ޖާހިލުވެގެން ވުމުންނެވެ.

އަންހެނުންނަށް އެބައިމީހުންގެ ކިހިލިފަތުގެ އިސްތަށިތަކާއި ކުރިމަތިފަރާތުގެ އިސްތަށިތައް ނައްތާލުން ސުންނަތްވެގެންވެ އެވެ. އެއީ އެގޮތުން ވާރިދުވެގެންވާ ޙަދީޘްއަށް ޢަމަލުކުރުމަށްޓަކައެވެ. އަދި އޭގެ ސަބަބުން ރީތިކަން ފާޅުވުމެވެ. އެންމެ ހެޔޮގޮތަކީ ކޮންމެ ހަފްތާއަކު މިފަދައިން ޢަމަލު ކުރުމެވެ. އަދި ގިނަވެގެން 40 ދުވަހަށްވުރެ ގިނަ ދުވަސް ހޭދަނުކުރުމެވެ.

2. އަންހެނުން އެބައިމީހުންގެ ބޮލުގެ އިސްތަށިގަނޑަށް ޢަމަލުކުރުން އެދެވިގެންވާ ކަންތައްތަކާއި، މަނާކުރެވިގެންވާ ކަންތައްތަކާއި އަދި ބުމައިގެ އިސްތަށިތަކަށް ޢަމަލުކުރަންޖެހޭ ގޮތް އަދި ހީނާފަތް އެޅުމާއި އިސްތަށީގައި ކުލަ ޖެއްސުމުގެ ޙުކުމް :

ހ . ބޮލުގެ އިސްތަށިގަނޑު ދޫކޮށްލާފައި (ނުކޮށައި) ބެހެއްޓުމަށް މުސްލިމް އަންހެނާގެ ކިބައިން އެދެވިގެންވެ އެވެ. އަދި ޒަރޫރީ ޙާލަތެއްގައި ނޫނީ ބޮލުގެ އިސްތަށިތައް ބޭލުން ހުއްދައެއް ނުވާނެ އެވެ. ސަޢުދީ ޢަރަބިއްޔާގެ މުފްތީ الشيخ محمد بن إبراهيم آل الشيخ رحمه الله ވިދާޅުވެފައިވެ އެވެ. “އަދި އެ ކަނބަލުންގެ ބޮލުގެ އިސްތަށިގަނޑު ބޭލުން ހުއްދައެއް ނުވާނެ އެވެ. އެއީ النسائي ސުނަނުގައި علي رضي الله عنه އަރިއަހުން ރިވާކުރައްވާފައިވެ އެވެ. އަދި البزار މުސްނަދުގައި عثمان رضي الله عنه އަރިއަހުން ރިވާކުރައްވާފައިވެ އެވެ. އަދި ابن جرير ފުރިހަމަ ސަނަދެއްގައި عكرمة رضي الله عنه އަރިއަހުން ރިވާކުރައްވާފައިވެ އެވެ. (ރިވާކުރައްވާފައިވާ މި އެންމެހައި ޞަޙާބީން) ވިދާޅުވެފައިވެ އެވެ. (نهي رسول الله صلى الله عليه وسلم أن تحلق المرأة رأسها) “ﷲ ގެ ރަސޫލާ صلى الله عليه وسلم، އަންހެނުން އެކަނބަލުންގެ ބޮލުގެ އިސްތަށިގަނޑު ބޭލުން ނަހީކުރެއްވި އެވެ.” ނަބިއްޔާ صلى الله عليه وسلم ގެ އަރިއަހުން ނަހީއެއް ބަޔާންވުމުން އެއިން ދަލީލު ކުރެވެނީ ޙަރާމްވެގެންވާ ކަމެއް ކަމުގައެވެ. އެއީ އެޙުކުމާ ދެކޮޅުވާނެ އެހެން ދަލީލެއް ވާރިދުވެގެން ނުވުމުންނެވެ.

ملا على قاري رحمه الله ލިޔުއްވާފައިވާ ފޮތް المرقاة شرح المشكاة ގައި ވިދާޅުވެފައިވެ އެވެ. “ޙަދީޘްގައިވާ ބަސްފުޅު (نهي أن تحلق المرأة رأسها) “އަންހެނުން ބޮލުގެ އިސްތަށި ބޭލުން ނަހީކުރެއްވި އެވެ.” އެއީ، ސަބަބަކީ އަންހެނުން އެކަނބަލުންގެ ބޮލުގެ އިސްތަށިގަނޑު ދިގުކޮށްފައި ބެހެއްޓުމަކީ ފިރިހެނުންގެ ތުނބުޅި ފަދައިން އަންހެނުންނަށް ހައިބަތާއި ޒީނަތްތެރިކަމުގައިވާ އެއްޗެކެވެ.”

ޒީނަތްތެރިވުމަށް ނޫންގޮތެއްގައި ޙާޖަތެއް މެދުވެރިވެގެން ބޮލުގެ އިސްތަށިތައް ކޮށުން، މިޘާލަކަށް ބެލެހެއްޓުމަށް އުނދަގޫވެ ނުވަތަ އިސްތަށިގަނޑު ވަރަށް ދިގުކަމުން އެކަން އެއީ ބުރަ އުނދަގޫ ކަމެއްގެ ގޮތުގައިވުމުން، އެ ޙާޖަތުގެ މިންވަރަށް ކޮށުން ހުއްދަވާނެ އެވެ. ނަބިއްޔާ صلى الله عليه وسلم އަވާހާރަވުމަށްފަހު އެ ނަބިއްޔާ ގެ އަނބިއަނބިކަނބަލުން އެފަދައިން ޢަމަލުފުޅު ކުރައްވާފައިވެ އެވެ. އެއީ ނަބިއްޔާ އަވަހާރަވުމަށްފަހުގައި ޒީނަތްތެރިކަން ދޫކޮށްލެއްވުމާއި އިސްތަށިގަނޑު ދިގުކުރެއްވުމަށް ޙާޖަތްޖެހިވަޑައިގެންފައި ނުވުމުންެނެވެ.

އެހެނަސް އަންހެނާގެ ބޮލުގެ އިސްތަށިގަނޑު ކޮށުމުގެ ޤަޞްދަކީ އެއީ ކާފަރު އަންހެނުންނާއި ފާސިޤު އަންހެނުންނާ އެއްގޮތްވުމަށް ކަމަށްވެ ނުވަތަ ފިރިހެނުންނާ އެއްވައްތަރުވުމަށް ކަމުގައިވާނަމަ ފަހެ އެއީ އެއްވެސް ޝައްކެއް ނެތް ގޮތުގައި ޙަރާމްވެގެންވާ ކަމެކެވެ. ސަބަބަކީ ޢާންމުކޮށް ކާފަރުންނާ ތަޝައްބުހުވުން ނަހީކުރައްވާފައި ވުމުންނެވެ. އަދި އަންހެނުން ފިރިހެނުންނާވެސް ތަޝައްބުހުވުން ނަހީކުރައްވާފައިވުމުންނެވެ. އަދި އެ ކަމުގެ ޤަޞްދަކީ ޒީނަތްތެރިވުން ކަމުގައިވާނަމަ، ފަހެ ދަލީލުތަކުން ފާޅުވާގޮތުގައި އެއީ ހުއްދަވެގެންވާ ކަމެއް ނޫނެވެ.

އަހަރުމެންގެ ޝެއިޚް محمد الأمين الشنقيطي رحمه الله ލިޔުއްވާފައިވާ ތަފްސީރު ފޮތް أضواء البيان ގައި ވިދާޅުވެފައިވެ އެވެ. “ހަމަކަށަވަރުން ވަރަށްގިނަ ޤައުމުތަކުގައި އާދަކާދައެއް ކަމުގައިވެފައިވާ، އަންހެނުންގެ ބޮލުގެ އިސްތަށިގަނޑު، އެ އިސްތަށީގެ ބުޑާ ހަމައަށް ކޮށުމަކީ، ފަރަންޖީންގެ ސުންނަތެކެވެ. އެއީ މުސްލިމް އަންހެނުންނާއި އަދި އިސްލާމްދީނުގެ ކުރީގައި ޢަރަބި އަންހެނުން އުޅުނު ގޮތާ ޚިލާފު ވެގެންވާ ކަމެކެވެ. ފަހެ މިއީ ދީނުގައި މީސްތަކުން ފިތުނަވެރިވެ އެކަން ޢާއްމުވެފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނިފައިވާ ކަމެކެވެ. އަދި މިއީ ޙައްޤުމަގުން އެއްކިބާވެގެންވާ، އަޚުލާޤީ ގޮތުންނާއި، ދީނީ ގޮތުން އަދި ބޭރުފުށުން އަދި އެހެނިހެން ގޮތްގޮތުން ފާޅުވެގެންވާ ކަމެކެވެ.” އެއަށްފަހުގައި ޙަދީޘްއަށް ޖަވާބުދެއްވި އެވެ. (أن أزواج النبي صلى الله عليه وسلم يأخذن من رؤوسهن حتى تكون كالوفرة) “ހަމަކަށަވަރުން ނަބިއްޔާ صلى الله عليه وسلم އަނބިއަނބިކަނބަލުން އެ ކަނބަލުން އިސްތަށިފުޅު ކޮށްޓެވިއެވެ. އެގޮތުން ކަންފަތްޕުޅު ފޫޅާހަމަށް ކޮށްޓެވިއެވެ.” އެހެނީ، ހަމަކަށަވަރުން ނަބިއްޔާ صلى الله عليه وسلم އަނބިކަނބަލުން އެ ކަނބަލުން އިސްތަށިފުޅު ކޮށްޓެވީ، ނަބިއްޔާ صلى الله عليه وسلم އަވަހާރަވުމަށް ފަހުގައެވެ. ސަބަބަކީ އެކަނބަލުން ނަބިއްޔާގެ ޙަޔާތްޕުޅުގައި، ނަބިއްޔާއަށް ޒީނަތްތެރިވެވަޑައިގަތުމުގައި ދެމިތިއްބެވިއެވެ. އަދި އެންމެ ރިވެތިވެގެންވާ ޒީނަތްތެރިކަމުގެ ތެރޭގައި އިސްތަށިގަނޑު ހިމެނެއެވެ. އެހެނަސް ނަބިއްޔާ صلى الله عليه وسلم އަވަހާރަވުމަށް ފަހުގައި، އެކަނބަލުންނަށް ޚާއްޞަ ޙުކުމްތަކެއްވިއެވެ. މި ބިންމަތީގައިވާ އެއްވެސް އެހެން އަންހެނަކު އެ ޙުކުމްގައި އެކަނބަލުންނާ ބައިވެރިއެއް ނުވާނެ އެވެ. އެއީ، ކައިވެނިފުޅު ބެއްލެވުމުގެ އުއްމީދު އެކުއެކީގައި ކެނޑިގެންދިއުމެވެ. އަދި ކައިވެނިފުޅަށް ބޭނުންފުޅުވެވަޑައިގެންނެވުން އެކުއެކީގައި ކެނޑިގެންދިއުމާއި އެކަމަށް ބޭނުންފުޅުވެވަޑައިގެންނެވުން އެކުއެކީގައި ނެތިގެން ދިއުމެވެ. ފަހެ، އެކަނބަލުންތަކަކީ ނަބިއްޔާ صلى الله عليه وسلم އަވަހާރަވުމަށްފަހުގައި، ޢިއްދައެއްގައި ހިފެހެއްޓިގެންވާ އަންހެނުންތަކެއް ފަދައެވެ. ﷲ ވަޙީކުރައްވާފައިވާ ފަދައިންނެވެ. ﴿ مَا كَانَ لَكُمْ أَن تُؤْذُوا رَسُولَ اللَّهِ وَلَا أَن تَنكِحُوا أَزْوَاجَهُ مِن بَعْدِهِ أَبَدًا إِنَّ ذَلِكُمْ كَانَ عِندَ اللَّهِ عَظِيمًا﴾ “ﷲ ގެ ރަސޫލާއަށް ތިޔަބައިމީހުންގެ އުނދަގޫ ކުރުމެއް، އަދި އެ ރަސޫލާއަށްފަހު ދުވަހަކުވެސް އެ ނަބިއްޔާގެ އަނބިއަނބިކަނބަލުންނާ ކައިވެނި ކުރުމެއް ތިޔަބައިމީހުންނަށް ހުއްދަވެގެންނުވެ އެވެ. ހަމަކަށަވަރުން އެކަމަކީ، ﷲ ގެ ޙަޟުރަތުގައި ބޮޑުވެގެންވާ ކަމެއް ކަމުގައި (ބޮޑުވެގެންވާ ފާފައެއް ކަމުގައި) ވެއެވެ.”

ކައިވެންޏަށް ބޭނުންވުމުގެ އުއްމީދު އެކުއެކީގައި ކެނޑިގެންދިއުމަކީ، އެހެން އެއްވެސް ސަބަބެއް ނެތި އެ ސަބަބަށްޓަކައި، ޒީނަތްތެރި ވުމުގެ ގޮތުން ކުރުމަށް އެކަށީގެން ނުވާ ކަންތައްތައް ކުރުން ހުއްދަވެ، ޙަލާލުވެގެންވާ ސަބަބެއް ކަމުގައިވެގެންދިއުމެވެ.”

ފަހެ، އަންހެން ކަނބަލުން އިސްތަށިގަނޑު ރައްކައުތެރިކޮށް އެ އިސްތަށިގަނޑު ބެލެހެއްޓުން ހުއްޓެވެ. އަދި އިސްތަށިގަނޑު ބައިބައިކޮށް ގަތާފައި ބެހެއްޓުން ހުއްޓެވެ. ބޮލުގެ މައްޗަށްވާ ގޮތަށް ހުރިހައި އިސްތައްޓެއް ޖަމަޢަކޮށް ބެހެއްޓުން ނުވަތަ ބޮލުގެ ފުރަގަހަށްވާ ގޮތަށް (ފުއްކިބަ އަށް) އިސްތަށިގަނޑު ޖަމަޢަކޮށްފައި ބެހެއްޓުން ހުއްދައެއް ނުވާނެ އެވެ.

شيخ الإسلام ابن تيمية رحمه الله ލިޔުއްވާފައިވާ ފޮތް مجموع الفتاوى (145/22) ގައި ވިދާޅުވެފައިވެ އެވެ. “އިސްތަށިގަނޑު އެއްކޮށް ގަތާފައި ދެ ކޮނޑު ދޭތެރެއަށްވާ ގޮތަށް ތިރިއަށް އެއްލާލައިފައި ބަހައްޓަނީ ޒިނޭކުރާ ބައެއް އަންހެނުންނެވެ. (މިއީ ޒިނޭކުރާ ބައެއް އަންހެނުން ކުރާ ކަމެކެވެ.)”

ސަޢުދީ ޢަރަބިއްޔާގެ މުފްތީ الشيخ محمد بن إبراهيم آل الشيخ رحمه الله ވިދާޅުވެފައިވެ އެވެ. “މި ޒަމާނުގައި މުސްލިމް ބައެއް އަންހެނުން ޢަމަލުކުރާ ގޮތްކަމުގައިވާ، ބޮލުގެ އިސްތަށިގަނޑު ދެފަރާތުން ގެނެސް، ހުރިހައި އިސްތައްޓެއް ބޮލުގެ ފުރަގަހަށް (ފުއްކިބަ) ޖަމަޢަކޮށް ބެހެއްޓުމާއި ނުވަތަ ބޮލުގެ މައްޗަށްވާ ގޮތަށް ޖަމަޢަކޮށް ބެހެއްޓުމަކީ ފަރަންޖީ އަންހެނުން ގެ ޢަމަލުތަކުގެ ތެރެއިންވާ ކަމެކެވެ. ފަހެ، މިއީ ހުއްދަވެގެންވާނެ ކަމެއްނޫނެވެ. އެއީ ކާފަރު އަންހެނުންނާ އެއްގޮތްވުމެކެވެ. أبو هريرة رضي الله عنه އަރިއަހުން ރިވާކުރެވިގެންވާ ދިގު ޙަދީޘެއްގައިވެ އެވެ. ﷲ ގެ ރަސޫލާ ޙަދީޘް ކުރެއްވި އެވެ. (صنفانِ من أهلِ النارِ لم أرَهما قومٌ معهم سياطٌ كأذنابِ البقرِ يضربون بها الناسَ ونساءٌ كاسياتٌ عارياتٌ مميلاتٌ مائلاتٌ رؤوسُهنَّ كأسنِمَةِ البختِ المائلةِ لا يدخلْنَ الجنةَ ولا يجدْنَ ريحَها وإن ريحَها لتوجدُ من مسيرةِ كذا وكذا) “ނަރަކައިގައިވާނެ ދެބާވަތެއްގެ މީހުންވެ އެވެ. ތިމަން ނަބިއްޔާ އެ ދެބައިމީހުން ނުދެކެމެވެ. (އެއް ބަޔަކީ) ގެރީގެ ނިގޫފަދަ ތަކެއްޗެއް އެބައިމީހުންގެ އަތްތަކުގައިވެ އެއިން އެބައިމީހުން މީސްތަކުންގެ ހަށިގަނޑުގައި ތަޅަމުންދާ މީހުންނެވެ. އަދި (ދެވަނަ ބަޔަކީ) ހެދުން ލައިގެން އޮރިޔާން ޙާލުގައިވާ އަންހެނުންނެވެ. ހިނގާފައި ދިޔުމުގައި މީސްތަކުން ލަންބުވާ އަދި ލެނބިގެންދާ އަންހެނުންނެވެ. އެ މީހުންގެ އިސްތަށިގަނޑު ވަނީ އެއްއަތަށް ޖެހިފައިވާ، ޖަމަލުތަކެއްގެ ގޮންގަނޑު ފަދައިންނެވެ. އެބައިމީހުންނަކީ ސުވަރުގެ ވަންނާނެ ބައެއް ނޫނެވެ. އަދި ސުވަރުގޭގެ ވަސްވެސް ނުދުވާނެ އެވެ. އަދި ހަމަކަށަވަރުން ސުވަރުގޭގެ ވަހާ އެބައިމީހުންނާ ދެމެދުގައި އެވެނިމިވެނި މިންވަރެއްގެ ރާސްތާއެއްވެއެވެ.” ބައެއް ޢިލްމުވެރިން (مميلاتٌ مائلاتٌ) “ހިނގާފައި ދިޔުމުގައި މިސްތަކުން ލަންބުވާ އަދި ލެނބިގެންދާ އަންހެނުންނެވެ.” ތަފްސީރުކުރައްވާ ވިދާޅުވެފައިވެ އެވެ. މީސްތަކުންގެ ހިތްތައް ދަމައިގަންނަފަދަ ގޮތަކަށް ބޯ އޮމާކޮށް ލަންބުވަމުން ހިނގުމެވެ. އެއީ : ޒިނޭ ކުރާ އަންހެނުން ބޯ ޒީނަތްތެރި ކޮށްފައިވާ ގޮތެވެ. އެގޮތަށް އެނޫން އަންހެނުން ބޯ ޒީނަތްތެރިކޮށްފައި ވުމެވެ. މިއީ ފަރަންޖީ އަންހެނުންނާއި އެމީހުންނާ އެއްފަދައަކުންވީ މުސްލިމް އަންހެނުން ބޯ ޒީނަތްތެރިކޮށްފައި ހުންނަ ގޮތެވެ.”

މުސްލިމް އަންހެނުންނަށް ބޮލުގެ އިސްތަށި ޙާޖަތެއްނެތި ބޭލުން ނުވަތަ ކޮށުން މަނާވެގެންވާ ފަދައިން، ހަމަކަށަވަރުން އެބައިމީހުންނަށް އިތުރު އިސްތަށިގަނޑެއް ބޮލުގައިޖަހައި، އިސްތަށިގަނޑު އެގޮތަށް ދިގުކުރުން މަނާކުރެވިގެންވެ އެވެ. އެގޮތުން البخاري އަދި مسلم ގައި ޙަދީޘް ވާރިދުވެގެންވެ އެވެ. (لعن رسول الله الواصلة والمستوصلة) “ﷲ ގެ ރަސޫލާ އިސްތަށިގަނޑު ޖަހާ އަންހެނާއަށް އަދި އިސްތަށިގަނޑު ޖަހައިދޭ އަންހެނާއަށް ލަޢުނަތްލެއްވިއެވެ.”

الواصلة އަކީ އަމިއްލަ އިސްތަށިގަނޑުގެ މައްޗަށް އެހެން އިސްތަށިގަނޑެއް ޖަހައި ދިގުކުރާ އަންހެނާ އެވެ. އަދި المستوصلة އަކީ އަންހެނަކަށް އެ ޢަމަލު ކޮށްދޭ އަންހެނާއެވެ. މި ޒަމާނުގައި އިސްތަށިގަނޑު ޖަހައި އިސްތަށިގަނޑަށް ބޭނުންކޮށްފައިވާ ވިގަކީ ޙަރާމްވެގެންވާ އެއްޗެކެވެ.

البخاري އަދި مسلم އަދި އެނޫން އަހުލުވެރިން ރިވާކުރަށްވާފައިވެއެވެ. “معاوية މަދީނާއަށް ވަޑައިގަތުމަށްފަހުގައި މީސްތަކުންނަށް ޚުތުބާއެއް ދެއްވިއެވެ. އަދި  ހަދާފައިއޮތް އިސްތަށިގަނޑެއް ނެންގެވުމަށްފަހުގައި މީސްތަކުންނަށް ވިދާޅުވިއެވެ. “ތިޔަބައިމީހުންގެ އަނބިންތައް އެބައިމީހުންގެ ބޯތަކުގައި މިފަދަ އެއްޗެއް އަޅަނީ ކީއްވެހެއްޔެވެ؟ އަހަރެން ﷲ ގެ ރަސޫލާ ޙަދީޘް ކުރައްވަނިކޮށް އަޑު އެހީމެވެ. “އަންހެނުންގެ ތެރެއިން އެއްވެސް އަންހެނަކު، އޭނާގެ އިސްތަށިގަނޑު ނޫން އެހެން އިސްތަށިގަނޑެއް ބޭނުންކޮށްފި ހިނދުގައި އެ އަންހެނާ އަކީ ދޮގުހެކިދީފައިވާ އަންހެނެކެވެ.” ވިގަކީ : ހަދާފައިވާ އިސްތަށިގަނޑެކެވެ. ބޮލުގެ އިސްތަށިގަނޑާ އެއްފަދަ އެއްގޮތް އިސްތަށިގަނޑެއްގެ ގޮތުގައިވުމުން، އެފަދަ އިސްތަށިގަނޑެއް ބޭނުން ކުރުމަކީ ދޮގުހެކި ދިނުމެވެ.

ށ . ބުމައިގެ ހުރިހައި އިސްތައްޓެއް ނުވަތަ ބައެއް އިސްތަށިތައް ބޭލުން މުސްލިމް އަންހެނާއަށް ޙަރާމްވެގެންވެ އެވެ. އަދި އެއްވެސް ވަޞީލަތެއް ބޭނުން ކޮށްގެން ބޭލުމާއި ކޮށުމަކީ (ޙަރާމްވެގެންވާ) ކަމެކެވެ. އަދި އިސްތަށިތައް ބޭލުމަށް ބޭނުން ކުރާ އެއްޗެއް (ހެއަރ ރިމޫވާ) ބޭނުންކުރުން (ޙަރާމްވެގެންވެ) އެވެ. ސަބަބަކީ، އެ ޢަމަލެއް ކުރުމުން ނަބިއްޔާ صلى الله عليه وسلم އެބަޔަކަށް ލަޢުނަތް ލައްވާފައިވި ނަމްޞު ކުރުމަކީ މިއެވެ. ހަމަކަށަވަރުން ނަބިއްޔާ صلى الله عليه وسلم النامصة އަށް އަދި المتنمصة އަށް ލަޢުނަތް ލެއްވި އެވެ. النامصة އަކީ އަމިއްލައަށް އޭނާގެ ބުމައިގެ އިސްތަށިތައް ޒީނަތްތެރިވުމަށް އުފުރާ އަންހެނާ އެވެ. އަދި المتنمصة އަކީ އެ މަސައްކަތްކޮށްދޭ އަންހެނާ އެވެ. މި ޢަމަލަކީ ﷲ އިންސާނާ ހައްދަވާފައިވާ ގޮތް ބަދަލުކުރުމެކެވެ. ޝައިޠާނާ އިންސާނުންނަށް އޭނާ އަމުރުކުރާނެ ކަމަށް ﷲ ޙަޟުރަތުގައި އަޙުދުކޮށް ބުނެފައިވާ ގޮތެވެ. އެ ޝައިޠާނެ ބަސްތައް ބަޔާންކުރައްވާ ﷲ ވަޙީކުރައްވާފައިވެ އެވެ. ﴿ وَلَآمُرَنَّهُمْ فَلَيُغَيِّرُنَّ خَلْقَ اللَّهِ ﴾  “އެބައިމީހުންނަށް ތިމަން އަމުރުކުރާ ހުށީމެވެ. އަދި ﷲ ހެއްދެވި ހެއްދެވުން ބަދަލުކުރުމަށްވެސް އެބައިމީހުންނަށް ތިމަން އަމުރުކުރާ ހުށީމެވެ.” އަދި الصحيح ގައި ابن مسعود އަރިއަހުން ރިވާކުރެވިގެންވެ އެވެ. ابن مسعود ވިދާޅުވި އެވެ. “ޓެޓޫ ޖަހާ އަންހެނުންނަށް، ޓެޓޫ ޖަހައިދޭ އަންހެނުންނަށް އަދި ބުމައިން އިސްތަށި އުފުރާ އަންހެނުންނަށާއި އުފުރައިދޭ އަންހެނުންނަށާއި، ޒީނަތްތެރިވުމަށްޓަކައި ދެދަތް ދެމެދުގައި ހުސްޖާގަ ހެދުމުގައިވާ އަންހެނުން، ﷲ ޚަލްޤުކުރައްވާފައިވާ ޚަލްޤު ކުރެއްވުން ބަދަލުކުރާ މީހުންނަށް ﷲ ލަޢުނަތް ލެއްވި އެވެ.” އެއަށްފަހުގައި ވިދާޅުވި އެވެ. “ރަސޫލާ صلى الله عليه وسلم ލަޢުނަތް ލައްވާފައިވާ ބަޔަކަށް އަހަރެން ލަޢުނަތް ނުދޭންވީ ކީއްވެގެން ހެއްޔެވެ. އެއީ ﷲ ގެ ފޮތުގައި ބަޔާންވެގެންވާ ކަމެކެވެ.” ޔަޢުނީ ﷲ ގެ ވަޙީބަސްފުޅެވެ. ﴿ وَمَا آتَاكُمُ الرَّسُولُ فَخُذُوهُ وَمَا نَهَاكُمْ عَنْهُ فَانْتَهُو﴾ “އަދި ރަސޫލާ ތިޔަބައިމީހުންނަށް ގެނެސްދެއްވި ކޮންމެ ކަމެއްގައި ތިޔަބައިމީހުން ހިފާށެވެ. އަދި އެ ރަސޫލާ ތިޔަބައިމީހުންނަށް ނަހީކުރެއްވި ކޮންމެ ކަމަކުން ތިޔަބައިމީހުން ދުރުވާށެވެ.” މިފަދައިން (2/359) ޛިކުރުކޮށްފައިވެ އެވެ.

ހަމަކަށަވަރުން މިދުވަސްތަކުގައި މި ބޮޑުފާފައިގައި، ނުރައްކައުތެރި އާފާތުގައި އެތައް އަންހެނުންތަކެއް ވަނީ ފިތުނަވެރިވެފައެވެ. އެގޮތުން ބުމައިން އިސްތަށި އުފުރުމަކީ ކޮންމެ ދުވަހެއްގައި ކުރަންޖެހޭ ޒަރޫރީ ކަމެއްގެ ގޮތުގައިވަނީ ވެފައެވެ. އަންހެނާއަށް އޭނާގެ ފިރިމީހާ މިކަމަށް އަމުރުކުރި ކަމުގައިވީ ނަމަވެސް އެކަމުގައި ކިޔަމަންވެގެން ނުވާނެ އެވެ. ސަބަބަކީ މިއީ ﷲ އަށް އުރެދުމެކެވެ.

ނ . މުސްލިމް އަންހެނުން ޒީނަތްތެރިވުމަށްޓަކައި ދަތުގެ ދެމެދުގައި ހުސްޖާގަ ހެދުންް ހުއްދައެއް ނުވާނެ އެވެ. އެގޮތުން ދަތުގެ ދެމެދުގައި ޖާގަ ހެދުމަށް ބޭނުންކުރާ އެއްޗެއް ބޭނުންކޮށްގެން، ޒީނަތްތެރިވުމުގެ މަޤްޞަދުގައި ވަރަށް ކުޑަ ހުސްޖާގައެއް ހެދުމެވެ. އެހެނަސް ދަތްތަކުގައި ޢައިބެއް ހުރުމުގެ ސަބަބުން އެ ޢައިބު ފިލުވުމަށް މަސައްކަތް ކުރުމަކީ މައްސަލައެއް އޮތް ކަމެއް ނޫނެވެ. ނުވަތަ ދަތް ހަލާކުވެ ދިޔުމުގެ ސަބަބުން، އެކަން އިޞްލާޙުކޮށް ފިލުވުމަށްޓަކައި މަސައްކަތް ކުރުން މައްސަލައެއް ނޫނެވެ. ސަބަބަކީ މިއީ ބޭސްފަރުވާގެ ތެރެއިން ކުރެވޭ ކަންކަމެވެ. އަދި ޢައިބު ފިލުވުމަށްޓަކައި ކުރެވޭ ކަންތަކެވެ. އަދި މިކަންތައް ކުރުންވަނީ، އެކަމަށް ޚާއްޞަވެގެންވާ ޑޮކްޓަރުންގެ ކިބައިންނެވެ.

ރ . އަންހެނުންގެ ހަށިގަނޑުގައި ޓެޓޫޖެހުން ޙަރާމްވެގެންވެ އެވެ. ސަބަބަކީ ނަބިއްޔާ صلى الله عليه وسلم އެކަމަށް ލަޢުނަތް ލައްވާފައި ވުމެވެ. (لعن الواشمة والمستوشمة) “ޓެޓޫ ޖަހާ އަންހެނާއަށާއި އަދި ޓެޓޫ ޖަހައިދޭ އަންހެނާއަށް ލަޢުނަތް ލެއްވި އެވެ.” الواشمة އަކީ: އެއީ އަތުގައި ނުވަތަ މޫނުގައި ކައްޓެއް ބޭނުންކޮށް ހަށިގަނޑަށް އެ ކަށިތައް ހަރާ މީހާ އެވެ. އެއަށްފަހުގައި އަނދުން ބޭނުންކޮށް ނުވަތަ ދެލި ބޭނުންކޮށްގެން އެތަނުގައި ކުރަހަ އެވެ.  المستوشمة އަކީ : އެކަންކޮށްދޭ މީހާ އެވެ. މިއީ ޙަރާމްވެގެންވާ ޢަމަލެކެވެ. އަދި މިއީ ބޮޑު ފާފަތަކުގެ ތެރެއިން ހިމެނިގެންވާ ބޮޑު ފާފަ އެކެވެ. ސަބަބަކީ ނަބިއްޔާ صلى الله عليه وسلم ވަނީ އެކަން ކުރާ މީހާއަށާއި އެކަން އެހެންމީހަކަށް ކޮށްދޭ މީހާއަށް ލަޢުނަތް ލައްވާފައެވެ. ބޮޑެތި ފާފަތަކުގެ ތެރެއިންވާ ބޮޑު ފާފައަކަށް މެނުވީ ލަޢުނަތް އައިސްފައި ނުވާނެއެވެ.

ބ . އަންހެނުން ހީނާފަތް އެޅުމާއި، އިސްތަށީގެ ކުލަ ބަދަލު ކުރުމާއި ރަނުގެ ގަހަނާ ބޭނުން ކުރުމުގެ ޙުކުމް.

2 . ކުލަޖެއްސުން:  الإمام النووي رحمه الله ލިޔުއްވާފައިވާ ފޮތް المجموع (1/324) ގައި ވިދާޅުވެފައިވެ އެވެ. “ފަހެ، ދެ އަތާއި ދެ ފައިގައި ހީނާފަތް އަޅައިގެން ކުލަޖެއްސުން ކައިވެނިކޮށްގެން ތިބޭ އަންހެނުންނަށް މުސްތަޙައްބުވެގެންވެ އެވެ. މަޝްހޫރު ޙަދީޘްތައް މިކަމުގެ މައްޗަށް ވާރިދުވެގެންވެ އެވެ.”

މިތަނުގައި އިޝާރާތްކޮށްފައިވަނީ أبوداود ރިވާކުރައްވާފައިވާ ޙަދީޘްއަށެވެ. (أن امرأة سألت عائشة رضي الله عنها عن خضاب الحناء، فقالت لا بأس به، ولكني أكرهه، كنا حبيبي رسول الله يكره ريحه) “ހަމަކަށަވަރުން عائشة رضي الله عنها  އަރިއަހަށް އަންހެނަކު އައިސް ހީނާފަތްއަޅައި ކުލަޖެއްސުމުގެ ޙުކުމާ މެދުގައި ސުވާލުކުރެއްވި އެވެ. ފަހެ، عائشة رضي الله عنها ވިދާޅުވި އެވެ. މައްސަލައެއް ނެތެވެ. އެހެނަސް އަހަރެން ހިތްހަމަޖެހޭ އެއްޗެއް ނޫނެވެ. އަހަރެން ލޯބިވާ ރަސޫލާ صلى الله عليه وسلم އަށް އޭގެ ވަހާއި މެދު ހިތްޕުޅާވެވަޑައިނުގަންނަވަ އެވެ.” رواه النسائي އަދި عائشة رضي الله عنها ވިދާޅުވެފައިވެ އެވެ. “ފަރުދާއެއްގެ ފުރަގަހުން އަންހެނަކު އަތްނެރެ، އެ އަތުން ފޮތެއް ރަސޫލާ صلى الله عليه وسلم އަށް އެރުވިއެވެ. އަދި ނަބިއްޔާ صلى الله عليه وسلم އަތްޕުޅުން އެ ފޮތް ހިއްޕެވި އެވެ. އަދި ޙަދީޘް ކުރެއްވި އެވެ. (ما أدري أيد رجل أم امرأة) “އެއީ އަންހެނެއްގެ އަތް ކަމެއް ނުވަތަ ފިރިހެނެއްގެ އަތް ކަމެއް ނޭނގެ އެވެ.” عائشة ވިދާޅުވި އެވެ. “އެއީ އަންހެނެއްގެ އަތެވެ.” ޙަދީޘް ކުރެއްވި އެވެ. “އަންހެނެއް ކަމުގައިވާނަމަ އަތުގެ ނިޔަފަތީގެ ކުލަހުންނާނީ ނަދަލުކޮށްފައެވެ.” ޔަޢުނީ : ހީނާފަތް އަަޅައިގެންނެވެ. أخرجه أبوداود و النسائي. އެހެނަސް އަންހެނާގެ ނިޔަފަތީގައި ކުލަޖެއްސުމުގައި އެ ނިޔަފަތީގެ މައްޗަށް ހިކި، ގަނޑުވެ، ޠަހާރަތުން މަނާކުރެވޭ އެއްޗެހި ބޭނުންކުރުން މަނާވެގެންވެ އެވެ.

3. ބޮލުގެ އިސްތަށީގައި ކުލަޖެއްސުން : ބޮލުގެ އިސްތަށިތައް ނުރައަށް ބަދަލުވެފައިވާ ނަމަ، ފަހެ، ކަޅުކުލަ ނޫން ކުލައަކުން ކުލަޖެއްސުން ހުއްޓެވެ. އެއީ، ނަބިއްޔާ صلى الله عليه وسلم ކަޅުކުލައިން ކުލަޖެއްސުން ޢާއްމުކޮށް ނަހީކުރައްވާފައިވުމުންނެވެ. الإمام النووي رحمه الله ލިޔުއްވާފައިވާ ފޮތް رياض الصالحين  ޞަފްޙާ (626) ގައި ވިދާޅުވެފައިވެ އެވެ. “ބާބު : އަންހެނުންނާއި ފިރިހެނުންގެ އިސްތަށިތައް ކަޅުކުލައިން ކުލަޖެއްސުން ނަހީކުރެވިގެންވުން” އަދި المجموع (1/324) ގައި ވިދާޅުވެފައިވެ އެވެ. “އަންހެނުންނާއި ފިރިހެނުން ކަޅުކުލައިން ކުލަޖެއްސުން މަނާކުރެވިފައިވުމުގެ އެއްވެސް ތަފާތެއްނެތެވެ. މިއީ އަހަރުމެންގެ މަޛްހަބެވެ.”

އަދި އަންހެންނުން އެކަނބަލުންގެ ބޮލުގެ އިސްތަށިގަނޑު ކަޅުކުލައިގައިވާ ޙާލުގައި، އެހެން ކުލައަކަށް ބަދަލުކޮށް ކުލަޖެއްސުމުގައި، އަހަރެން ދެކޭގޮތަކީ އެއީ ހުއްދަވެގެންވާ ކަމެއް ނޫނެވެ. ސަބަބަކީ އެއީ އެކަމަށް އެއްވެސް ބޭނުމެއް، ޙާޖަތެއް އޮތް ކަމެއްނޫނެވެ. އަދި ސަބަބަކީ އިސްތަށިގަނޑަށް ކަޅުކުލައަކީ ޒީނަތްތެރިކަމެކެވެ. އަދި އެއީ ޢައިބުވެގެންވާ އެއްޗެއް ގޮތުގައިވެ ބަދަލުކުރަން ޙާޖަތްޖެހިފައިވާ ކަމެއް ނޫނެވެ. އަދި ސަބަބަކީ އެއީ ކާފަރު އަންހެނުންނާއި އެއްގޮޮތް ވެވޭ ކަމެކެވެ.

4. ޢާދަކާދައިގެ ގޮތުން ޒީނަތްތެރިވުމަށް ބޭނުންކުރާ މިންވަރަށް ރަނާއި ރިހީގެ ގަހަނާ ބޭނުންކުރުން އަންހެނުންނަށް ހުއްދަވެގެންވެ އެވެ. މިއީ ޢިލްމުވެރިން އިޖްމާޢުވެގެންވާ ކަމެކެވެ. އެހެނަސް އަންހެންމީހާއަށް އޭނާގެ ހަށިގަނޑުގައިވާ ގަހަނާ މަޙްރަމުން ނޫން އެހެން ފިރިހެނުންނަށް ފާޅުކުރުން ހުއްދައެއް ނުވާނެ އެވެ. އަދި ކިޔެއްހެއްޔެވެ. ފަރުދާކޮށް ނިވާކުރުން ހުއްޓެވެ. އަދި ޚާއްޞަކޮށް ގެއިން ބޭރަށް ނުކުންނަ ވަޤުތުގައި އަދި ފިރިހެނުންނަށް ފެންނަ ތަންތަނުގައިވާ ޙާލުގައެވެ. ސަބަބަކީ އެއީ ފިތުނަވެރިކަމެކެވެ. ހަމަކަށަވަރުން އަންހެނުންގެ ފައިގައި އަޅާފައިހުންނަ ގަހަނާ ފޭރާމުގެ އެތެރޭގައިވާ ޙާލުގައި އޭގެ އަޑު ފިރިހެނުންނަށް އިވުން ނަހީކުރެވިފައިވެ އެވެ. ފަހެ، އެހެންކަމުގައިވާނަމަ ފާޅުވެ ހުންނަ ގަހަނާގެ ޙާލަތަކީ ކޮބައިތޯ އެވެ؟

***
ފަތުވާ ނަގާފައިވަނީ : تنبيهات على أحكام تختص بالمؤمنات ص 13-21
މަސްދަރު: ސަލަފް.އެމްވީ

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!