ވެކްސިން ފުރިހަމަ ކޮށްފައިވާނަމަ، މޮނިޓަރިންގައި އޮންނަ ރަށްރަށަށް ކަރަންޓީނު ނުވެ ދެވޭނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އިން ވިދާޅުވެއްޖެއެވެ.
ރަށްރަށުގެ ކައުންސިލްތަކަށް ފޮނުވާފައިވާ ސާކިއުލާގައި ވިދާޅުވެފައިވަނީ ވެކްސިންގެ ދެ ޑޮޒު ފުރިހަމަކޮށް، 14 ދުވަސް ފުރިހަމަ ވެފައިވާނަމަ، ދަތުރު ކުރުމުން ކަރަންޓީނުވާން ނުޖެހޭނެ ކަމަށެވެ.
ދަތުރު ކުރުމުން ކަރަންޓީނުވާން ނުޖެހޭނެ ކަމަށެވެ. އަދި އެފަރާތްތަކަށް ދަތުރު ކުރެވޭނީ 72 ގަޑިއިރު ނުވާ ނައްސި ޕީސީއާރު ޓެސްޓަކާ އެކު ކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން އެފަދަ ފަރާތްތަކާއި އެކުގައި ދަތުރު ކުރާ، ވެކްސިން ނުޖެހޭ އުމުރުގެ ކުދިން، 72 ގަޑިއިރުނުވާ ޕީސީއާރު ނައްސި ނަތީޖާއާއި އެކު ދަތުރު ކުރާނަމަ، ކަރަންޓީނުވާކަށް ނުޖެހޭ ކަމަށް ވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
އެގޮތުން ވެކްސިން ނުޖަހާ އުމުރުގެ ކުދިންނާއި އެކުގައި ދަތުރު ކުރެވޭ ކުދިންގެ ގޮތުގައި ބަލާނީ މައިންބަފައިން ނުވަތަ އާއިލާއާއި އެކު ދަތުރު ކުރަން ޖެހިފައިވާ ކުދިން ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.