ޚަބަރު
“ރައްކާތެރި ނޫން ބީހުން” ކިޔާދޭ ކުޑަކުދިންގެ ވާހަކަފޮތެއް އިފްތިތާހުކޮށްފި

ޔުނިސެފް މޯލްޑިވްސް އާއި އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރަން (އާކް) ގުޅިގެން ކުޑަކުދިންނަށް ޚާއްސަކޮށްގެން ރައްކާތެރި ނޫން ބީހުން ކިޔައިދޭ ކުޑަކުދިންގެ ވާހަކަފޮތެއް މިއަދު ހެނދުނު ނެރެ އިފްތިތާޙް ކޮށްފިއެވެ.

“ބޮސް އޮފް މައި ބޮޑީ” ގެ ނަމުގައި ތައްޔާރުކުރެވުނު މިކުޑަކުދިންގެ ވާހަކަފޮތް ނެރެދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދެވެ. “ބޮސް އޮފް މައި ބޮޑީ” މި ފޮތަކީ ކުޑަކުދިންނަށް ކުރާ އަނިޔާތައް ހުއްޓުވުމަށް ބައިނަލްއަގްވަމީ ގޮތުން ފާހަގަކުރާ ދުވަހާ ގުޅުވައިގެން ތައްޔާރުކޮށްފައިވާ ފޮތެކެވެ.

މި ފޮތަކީ ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާއިން ރައްކާތެރިކުރުމާ ގުޅޭ ގިނަ މައުލާމުތުތަކެއް ހިމަނައިގެން އުމުރުން ހަތަރު އަހަރުން މަތީގެ ކުދިންނަށް އަމާޒުކޮށް ތައްޔާރު ކުރެވިފައިވާ ފޮތެކެވެ. މިފޮތް އިފްތިތާޙް ކޮށްފައިވަނީ މިއަދު ހެނދުނު ހުޅުމާލޭގައި ހުންނަ ފޮތް ގާޑިޔާގައެވެ.

މިފަދަ ފޮތެއް ތައްޔާރުކުރުމުގެ މަހްސަދަކީ ކުޑަކުދިންނަށް ރައްކާތެރި އަދި ރައްކާތެރި ނޫން ބީހުމާ ބެހޭ ގޮތުން މައުލޫމާތުތައް އެނގި، އެ ވާހަކަތައް އެހެންމީހަކާއި ހިއްސާކުރުމަށް އެހީތެރިވެދިނުމެވެ. މި ފޮތުގައި ރައްކާތެރި އަދި ރައްކާތެރި ނޫން ބީހުމާ ގުޅުންހުރި ގިނަ މައުލޫމާތުތަކެއް ހިމަނާފައިވާކަން ފާހަގަކުރެވެއެވެ. މި ފޮތުގައިވާ ގޮތުން ކޮންމެ ކުއްޖެއްގެ ބޭނުންތަކާއި އެކުއްޖަކު ދެކޭގޮތުގެ އިތުރުން ކޮންމެ އާއިލާއެއްގެ ވެސް ބޭނުންތަކާއި ދެކޭގޮތުގެ މައްޗަށް ބިނާކޮށް އެކިކުދިންގެ ވާހަކަތައް ތަފާތުވާނެއެވެ. އަދި މި ފޮތުގައިވާ ގޮތުން ފޮތުގައި ހިމެނޭ ބައެއް ބައިތަކަކީ ގިނަ ދުވަސްތަކެއް ވަންދެން ހިފަހައްޓާފައިވާ އިޖުތިމާޢީ އަދި ޢާއިލީ މިންގަނޑުތަކަށް ގޮންޖެހުންތަކެއް ހުރެދާނެ ބައިތަކެކެވެ.

މި ފޮތް އިފްތިތާހްކޮށްދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ މި ހަފްލާގައި ބައިވެރިވިކުދިންނަށް މި ފޮތް ވިދާޅުވެދެއްވާފައެވެ. އަދި އެކަމަނާ ވަނީ މިފަދަ ފޮތެއްގެ މުހިންމުކަން ފާހަގަކުރައްވާ އަނިޔާއާ ދެކޮޅަށް ކުދިން ބާރުވެރިކުރުވުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!