ކޮލަމް
ސްކޫލް، ދަރިން ވިހާ މަޔަކަށް ބަދަލުވުން – އިޖުތިމާޢީ ބޮޑު މައްސަލައެއް

ދިރިހުރި އިންސާނެކޭ އެއްފަދައިން ސްކޫލަކީ، ދަރިން ވިހާ މަޔެކޭ ބުނެފިނަމަ، ގިނަ ބަޔަކަށް ހީވާނީ ހަމަ ކޮސް ގޮވަނީ ކަމުގައެވެ. ނަމަވެސް ދަންނަވާލަން ޖެހެނީ މިއީ ހަޤީޤީ ތެދު ވާހަކައެއް ކަމުގައެވެ.

ގާތް އެކުވެރި މުދައްރިސަކު ބުންޏެވެ. އަޅެ ހެޔޮނުވާނެއެވެ. ސްކޫލްތަށް ދަރިން ވިހާ މަޔަކަށް ބަދަލުވެފައިވާ ވާހަކަ ލިޔެލަ ބަލާށެވެ. ކޮންމެ އަކަސް ގާތް އެކުވެރިޔާ ދައްކަން މިއުޅެނީ ކޮން ވާހަކައެއްބާއޭ ހިތައް އެރިއެވެ. އެކުވެރިޔާ އިތުރަށް މިވާހަކަ ކިޔައިދިނުމުން މިއީ ތެދު ވާހަކައެއްކަމުގައި ޚުދު އަހަންނަށްވެސް އެއްބަސް ވެވުނެވެ. ދިވެހި އިޖުތިމާޢީ ފޭރާން ވީދި، ގިނަ އިޖުތިމާއީ މައްސަލަތައް ކުރިމަތިވަނީ މިކަމުގެ ސަބަބުން ކަމުގައި އޭނާ އަހަންނަށް ޤަބޫލުކުރެވޭހެން ކިޔަދިނެވެ. އަސްލުވެސް ތެދެކެވެ. ސްކޫލް ދަރިން ވިހާ މަޔަކަށްވެ ނިމިއްޖެއެވެ. އެވެސް އެންމެ ކުއްޖެއް ނޫނެވެ. އެތައް ސަތޭކަ ކުދިންނެވެ.

އަހަރަމެން ދިވެހިންގެ ވިސްނުމަށް މިހާބޮޑު ބަދަލެއް އަންނަން ޖެހުނީ ކޮން ސަބަބަކާއި ހުރެކަން މިހާރު ބަލަން އެބަޖެހެއެވެ. މިއީ ބަވަނަވަމުންދާ ދުނިޔެއާއި ގުޅިފައިވާ ތަރައްޤީ ބާވައެވެ. ކުރީގެ ދިވެހިންގެ އާދަ ކާދައިން މިބާވަތުގެ ވާހަކައެއް އަޑެއް ނީވެއެވެ.

ހާދިސާ އަކާއި ގުޅުވައިގެން ޑައިލޮގުކޮޅެއް މީގެ ކުރީގެ ހާލަތަކާއި އެހާލަތު މިޒަމާނުގެ ނަޒަރަކުން ގެނެސްދެވޭތޯ ބަލާލަމެވެ.

ޑައިލޮގް 1:

ކުއްޖަކަށް ގޮތެއްވެފައިވާ މަންޒަރު ފެނުމުން:

“އަސްތާ މަގޭ ދަރި. (މަންޒަރު ފެނުނު މީހެއް). މުޙައްމަދާ އަވަހަށް އާދެބަލެ މިކޮޅަށް، ދަލޭކަ ގޯތި އާދަނު އެބައޮތް  ބިޑިއެއް ތުންޖަހައިގެން މިގޭ އަދަރާރަ ގޮނޑި މައްޗަށް ބޯކޮޅު ވަތަށް ދެމިފަ. އަޅިތަށްވެސް ހުރެ ފައިބަނީ ލޮލަށް. މުޙައްމަދާ އަވަހަށް އާދެބަލަ މިކޮޅަށް  އަވަހަށް އޭނަ ނަގަން. އިބްރާޙިމް އަވަހަށް ފުނުވަބަލަ ދަލޭކަ އާއި އިބްރާހިމް ފުޅަށް މިކަން އަންގަން.”

މިހާދިސާ މިޒަމާނަށް ފައްތައިގެން ޑައިލޮގެއް ލިޔެލާނަމެވެ.

ޑައިލޮގް 2:

“މިދެން ކިހާ ބޮޑުވެއްޖެކަމެއް. މިވެސް އެސްކޫލުގެ ދަރިވަރެކޭ. ބޯހަލާކުވޭ އެ ސްކޫލް ކުދިން މިހާރު އުޅޭ ވައްތަރެއް. ޔަޤީނޭ ކޮނެމެވެސް އެއްޗެއް ބޮއިގެންކަން އެއޮތީ. ތިޔަ ސްކޫލަށް ދިޔައީމަ ވާގޮތް މީ. ޕްރައިމަރީގަ އުޅުނުއިރު ނުލާހިކު ބަސްއަހާނެ އެކުދިން. ސްކޫލް ކުދިން އުޅޭ ފާޑެއްދޯ ލަދުން ބޯފަޅައިގެންދާ ވަރުވޭ. ނުބެހޭ ކަންކަމާ ބެހޭނެ ކަމެއް ނެތް. އަވަހަށް މިތަނުން ދާން ހިނގާ”

އެއް ހާދިސާއެއް ދެޒަމާނަކަށް ފައްތައިގެން ގެނެސް، ތަހުލީލުކޮށްލުމުން، ވެގެން އުޅޭގޮތް ކޮންމެވެސް ވަރަކަށް ސާފުވެގެން ދާނެއެވެ.

ޑައިލޮގް 1 ގައި، ކުއްޖަކަށް ގޮތެއްވެފައިވާތަން ފެނުމުން މަންޒަރު ދުށް ފަރާތުގެ ފުރަތަމަ ބަހަކަށްވީ ކުރީގެ ހާލަތުގައި ބުނެވުނީ “އަސްތާ މަގޭ ދަރި”، މިއިން ދޭހަވަނީ، އަމިއްލަ ދަރިއެއް ނޫން ނަމަވެސް، އެހެން ފަރާތެއްގެ ދަރިޔަކަށް ވިޔަސް، ލޯތްބާއި ކުލުނު  ހުރިކަން ދަށްކުވައިދެއެވެ. އަދި އެކުއްޖާއެއް ދެރަގޮތެއް ވާން ނޭދޭކަން އެނގެއެވެ. އެއީ ސްކޫލް ކުއްޖެއްތޯ، ނުވަތަ ކޮން އެދުރުގެއަކަށް ކިޔަވަންދާ ކުއްޖެއްތޯ ނުބަލައެވެ. ނަމަވެސް ޑައިލޮގް ކޮޅުން މުޖުތަމަޢުގެ އެކަކު އަނެކަކު ދަންނަ ކަމާއި، ގާތް ގުޅުމެއް އޮންނަކަން ދޭހަވެއެވެ.

ޑައިލޮގް 2 ގައި، އެހާދިސާ، މިޒަމާނަށް ފައްތައިގެން ގެނެވިފައިވާ ޑައިލޮގުން، ފުރަތަމަ ބަހަކަށްވެސް ބުނެވުނީ، “މިދެން ކިހާ ބޮޑުވެއްޖެ ކަމެއް؟” މިބަހުން ދޭހަވަނީ، މިއީ މިމުޖުތަމަޢުގައި އާކަމެއް ނޫންކަމެވެ. އަދި ގޮތެއް ވެފައި އޮތް ކުއްޖާއަށް އެއްވެސް ލޯތްބެއް ކުލުނެއް ނުވަތަ އަޅާލުމެއް ހުރި ކަން އެއްވެސް ގޮތަކަށް ދޭހަ ނުވެއެވެ. ދެން އައީ މުޅިން ތަފާތު ވާހަކައެކެވެ. “މިވެސް އެސްކޫލްގެ ދަރިވަރެކޭ. ބޯ ހަލާކުވޭ މިހާރު އެ ސްކޫލްގެ ކުދިން އުޅޭ ވައްތަރެއް.” ކުރީގެ ޑައިލޮގުގައި އައިސްފައިވާ، ކާކުގެ ދަރިއެއް ތޯ ބަލައި މައިންބަފައިންނަށް ކުއްޖާއަށް ވެފައިވާގޮތުގެ އެއްވެސް މަޢުލޫމާތެއް ދިނުން މުހިންމު ކަމުގައި ނުވަތަ އެއީ ކާކުގެ ދަރިއެއްތޯ އެނގޭ ހެންވެސް ހީނުވެއެވެ.

ނަމަވެސް، ދެވަނަ ޑައިލޮގުން އެހެން ކަމެއް ފާހަގަކުރެވިއްޖެއެވެ. ގޮތެއް ވެފައި އޮތް ކުއްޖާ ސްކޫލަށް ނިސްބަތް ކުރަންޖެހުނީ ކީއްވެ ހެއްޔެވެ؟. އެކުއްޖާގެ މައިންބަފައިން ނެތީ ހެއްޔެވެ؟. ކުއްޖާ ވިހެއީ ސްކޫލް ހެއްޔެވެ؟. ކުދިން ވިހައި، ބަލައި ބޮޑުކޮށް ތަރުބިއްޔަތު ކުރުމުގެ ޒިންމާވެސް ސްކޫލުން ކުރިޔަށް ގެންދަނީތޯ ސުވާލު އުފެދިއްޖެއެވެ.

ކުއްޖަކަށް ގޮތެއްވެފައި އޮތް އިރު، އެކުއްޖާއަށް އެހީތެރިކަމުގެ އަތެއް ދިއްކުރުމުގެ ބަދަލުގައި، މަންޒަރު ފެންނަ ފަރާތުން، އެކަމާ ކަންބޮޑުވާހެންވެސް ހީނުވެއެވެ. ބަދަލުގައި ގޯސްވެ ހުރިހާ ފަތިވަރެއް ގޮވީ ދަރިވަރުގެ ސްކޫލަށެވެ. މިފަދަ ބޮޑު ބަދަލެއް އަހަރަމެންގެ ވިސްނުމަށް އަންނަން ޖެހުނު ސަބަބަކާއިމެދު ސުވާލު ބޮޑުކޮށް އުފެދިއްޖެއެވެ. ތަރައްގީއާއި ތަހުޒީބާއެކު، އަހަރަމެންގެ ވިސްނުން ކޮށިވަނީ ބާވައެވެ؟ ދަރިން ވިޔާނުދާ ކޮށް އުޅުމުގެ ޒިންމާ ސްކޫލްގެ ނަންބޯޑުގެ ބޮލުގައި އަޅުވާލައިގެން ފަރުޖެއްސިދާނެ ހެއްޔެވެ؟

ދެވަނަ ޑައިލޮގްގައި، ފަހުން އައިސްފައިވަނީ މާ މޮޅު ވާހަކައެކެވެ. ކުރިން ޕްރައިމަރީގައި އުޅުނު އިރު ބަސްއަހާ ކުއްޖާ ލަފާކުރެވޭ ގޮތުން ސެކަންޑްރީ ގްރޭޑަށް ކިޔަވައިދޭ ސްކޫލަކަށް ބަދަލުވުމުން އަޚްލާޤް ގޯސްވާ ވާހަކައެވެ. މިވެސް މުޖުތަމަޢު އިން އިވޭ އަޑުތަކެވެ. ޑައިލޮގުން ދޭހަވާ ގޮތުގައި، ވަކި ސްކޫލަކަށް ދިޔުމުން ގޯސް ކަންތައްތަކެއް ދަސްކޮށްދީ، ކުދިން މަގުފުރައްދަނީހެން ވެސް ހީވެއެވެ. އެފަދަ ސްކޫލެއް ރާއްޖޭގައި ވާނަމަ، އެތަނެއް ބަންދުކުރަން މިހާރު ލަސްވެސް ވެއްޖެއެވެ. ދިވެހިންނަކީ އަޑުއުފުލައިގެން ކަންކަން އިސްލާހުކުރުމަށް ފަރިތަ ބައެކެވެ. ނަމަވެސް މިއީ އެކަހަލަ މައްސަލައެއް ހީނުވެއެވެ. އުމުރުން އަންނަ ބަދަލާއި އެކު، ދަރިވަރުގެ ވިސްނުމާއި، އުޅުމާއި ގުޅުމަށް ބަދަލު އާދެއެވެ.

ޕްރައިމަރީގައި ގްރޭޑްތަކުގައި ކުދިންގެ ވިސްނުމާއި ސިކުނޑިއަށް ނާންނަ ބޮޑެތި ބަދަލުތައް ސެކަންޑްރީ އުމުރަށް ކުދިން އެޅުމުން އެކުދިންނަށް އާދެއެވެ. މިއީ ވަކި ސްކޫލަކަށް ވެގެން އޮތް ކަމެއް ނޫނެވެ. ސްކޫލަށް އިނިގިލި ދިއްކުރާއިރު، ޕްރައިމަރީ ސްކޫލް ނިމެނެދެން ދެއިރު ދަޅަޔަށް ކުއްޖާ އަތު ހިފައިގެން ހިގި މަންމަވެސް، އެކުއްޖާގެ އަތް ދޫކޮށްލައިފިއެވެ. ކުއްޖާ ބޮޑު ކުއްޖަކަށް ހަދައި، އެކަނި ސްކޫލަށް ގޮސް އައިސް ހެދުމަށް ދޫކޮށްލައިފިއެވެ. މިހުރިހާ ކަމެއް މިހެން ހުރި އިރުވެސް، މައިންބަފައިންނަކީ ކޮން ބައެއްތޯވެސް ބަލާލުމެއް ނެތި، އަމިއްލަ ފަރުދީ ޒިންމާއެއް އޮތް ކަމެއް ނުދެކި، ކުދިން ގޯސްވުމުގެ ޒިންމާ މިއަޅުވަނީ ސްކޫލްގެ ބޮލުގައެވެ.

އަހަރެމެންގެ ހާލަތަކީ މިފަދަ ހާލަތްތަކުގައި، މިފަދަކަންކަންވެސް ސިޔާސީކޮށް، ނުވަތަ ސްކޫލެއްގެ ނަންބޯޑުގެ ބޮލު އަޅުވައި، ހަޤީޤީ ޒިންމާނަގަންޖެހޭ ފަރާތްތައް ޒިންމާއިން އެކަހެރި ވެވެނީއެވެ. ކުއްޖަކު ގޯސް ގޮތަކަށް އުޅުމުން އެއަމަލު ކުއްވެރި ކުރާނެ، ފަރާތެއް މުޖުތަމަޢުގައި އުފެދިފައި ނެތެވެ. ކުއްޖަކަށް ރަނގަޅު ނަސޭހަތެއް ދޭނެ ދުލެއް ނެތެވެ. ކޮންމެ މީހަކީ އެމީހެއް ޑެއިލީ ޝެޑިއުލްގައި ބިޒީ، އަމިއްލަ ކަންކަމާއި ނޫން އެހެން ކަންކަމަށް ފާޑުކިޔައި ގޮތް ކިޔަން ބޭނުންނުވާ މީހެކެވެ. ކުޑައިރު ސްކޫލް ދޮށަށް ދަރިފުޅު އަތުގައި ހިފައިގެން ހިނގި މައިންބަފައިން، މާއަވަހަށް ދަރިން ބޮޑުކޮށް، މުޖުތަމަޢުގެ ވަކިތަކުން އެކުދިން ސަލާމަތްކޮށް ކުދިން ސަލާމަތްކޮށް އެންމެ ބޮޑަށް އަޅާލަންޖެހޭ ވަގުތު، އެކުދިންގެ އަތުން ދޫކޮށްލުން ވެފައިވަނީ، ކުދިން ގޯސް މަގުން ދިޔުމަށް އެޅޭ ބާރަކަށެވެ. ނަމަވެސް މިހުރިހާ ކަމެއް މިހެން ހުރިއިރުވެސް، ގިނަ މީހުންގެ ނަޒަރުން ގޯސްވަނީ ސްކޫލެވެ.

މުޖުތަމަޢުގެ ތަފާތު ފަރުދުން ދެކޭގޮތުގައި ކުދިން ނިސްބަތްވާ ފަރާތަކީ، ސްކޫލެވެ. މީޑިޔާތަކާއި، ޚަބަރު ފަތުރާ ވަޞިލަތްތަކުގެ ހާލަތުވެސް ހުރީ މިހެންނެވެ. މިސާލެއްގެ ގޮތުގައި، ބައެއް ނޫސް ސުރުޚީތަކުގައި އަންނަ ކަހަލަ މިސާލެއް ހިމަނާލަމެވެ. “މަޖީދިއްޔާ ސްކޫލްގެ ދަރިވަރަކު ގެއްލިއްޖެ”،  “ދަރުމަވަންތަ ދަރިވަރަކު މާރާމާރީއެއް ހިންގައިފި”، “ހުރަވީ ސްކޫލް ދެދަރިވަރަކު މަގުމަތީގައި ސިނގިރެޓް ބޮއެފި”. މިފަދަ ސުރުޚީ ތަކަކީ، ގިނައަދަދަކަށް ފެންނަ، އަދި އަބަދު ކަންފަތައް އަޑުއިވޭ ވާހަކަ ތަކެވެ.

އެކުވެރިޔާ ބުނީ ހަމަ ރަނގަޅަށެވެ. ސްކޫލަކީ ދަރިން ވިހާ ތަނަކަށް ވެ ނިމިއްޖެއެވެ. މައިންބަފައިންގެ ދަރިން ސްކޫލަށް ނިސްބަތްވެގެން ދިޔުމަކީ، އަޅުގަނޑުމެންނަށް ކުރިމަތިވެފައިވާ ހައްލު ހޯދަންޖެހިފައިވާ އިޖުތިމާއީ މައްސަލައެވެ. ދަރިންގެ ކަންކަމުގައި، ޒިންމާ ނަގަންޖެހޭ ފަރާތްތައް ހުރިހާ ޒިންމާއެއް ސްކޫލް ބޮލަށް ޖަހައި ނިންމާލީ ބާވައެވެ؟ މިއީ އުފެދޭ ވަރަށްބޮޑު ސުވާލެކެވެ.

 1. ޙަީބ

  މިލިޔުމަކީ މިހާރު ބޮޑުވެފައިވާ، ދަރިވަރުން ނުކުރުވާ ޒިންމާ، ބެލެނިވެރިން ކުރުވުމުގެ ބޮޅަށް އެޅި އިތުރު ދަރެކެވެ. ޙަގީގަތަކީ މިހާރު މިއޮތް ކިޔަވައި ދިނުމުގެ ނިޒާމުގައި ދަރިވަރުންގެ ޒިންމާއެއް ނެތްކަމެވެ. ޢެޒިންމާ ދަރިވަރުންނަށް ނުދެނީ ބެލެނިވެރިން އެކަންޏެއް ނޫނެވެ. ސްކޫލެންވެސް މެއެވެ.
  ނިކަން ހޯރމް ވާރކަށް ބަލަމާހެއްޔެވެ. ދަރިވަރާ ނުކުޅަދާނަވާ ވަރަށް ދޭ ހޯރމްވާރކް ނެހެދިއްޖެއްޔާ ބެލެނިވަރިޔާ ޒިންމާ ވާން ޖެހެނީ ބެލެނިވަރިޔާއަށް ވީތީ އެ ހަދަން ޖެހެނީ ބެލެނިވަރިޔާއެވެ. ޜޭގަނޑު މެންދަމު ވައިބަރ ގްރޫޕަށްލާ މެސެޖު ނުފެނި ހެދުނު ސްކޫލަށް ފޮނުވަން ޖެހޭތަކެތި ނުފޮނުވިގެނަ ބެލެނިވެރިޔާ ކުއްވެރިވެފައިވަނީ ކިތައް ދުވަހުތޯ ބަލަމާ ހެއްޔެވެ.
  މިހާރު މުޖުތަމަޢުން މިފެންނަ ގިނަ މައްސަލަތަކުގެ އަސްލަކީ ސްކޫލު ސިސްޓަމެވެ. މިފެންންނީ ޒިންމާދާރު މީހުން އުފެއްދުމުގައި ސިސްޓަމް ފެއިލްވެފައިވާ ކަމުގެ އަލިގަދަ ހެއްކެވެ. މިއީ ސްކޫލުން ބެލެނިވެރިންގެ ބޮލުގައި އަޅުވާއި ސަލާމަތް ވެވެން އޮތް އޮތްވަރަށްވުރެ މާ ފުޅާ މައްސަލައެކެވެ. މިއަކަށް ޢެކަކާ އެކެއް އެއްކުރީމަ ދޭއް އަންނަފަދަ ސިމްޕަލް ޖަވާބެއް ނެތެވެ.
  ޢަދިވެސް އެހެން ކަމެއް ބުނެލާނަމެވެ. މިސްކޫލު ސިސްޓަމު އައުމުގެ ކުރިން ދިވެއްސަކަށް ވީތީ ފަޚުރުވެރިވެވެއެވެ. ޢެހެނަސް މިހާރު ބަލައިލި ކޮންމެ ދިމާއަލުން ފެންނަނީ ދިވެހި ފަސްގަނޑުގައި ދިވެހިން ބީރައްޓެހި ވެފައިވާ މިންވަރެވެ. ނުވަތަ ދިވެހިން ބިކަވެފައިވާ މިންވަރެވެ.
  މި މަޢުޟޫއަށް ވަރަށް އަވަހަށް މަގޭ ޚިޔާލު ހުވަދޫއަށް ފޮނުވައިދޭނަމެވެ.

  • Mi liyun v ranghalhu. .meega mi dhakkanee dharivarun zimma dhaaru nuvaa vaahaka eh noon .7 uduge veri rabbu mainbafainge bolugai elhuvi zimma adhaa nukoh e zimma school thakuge bolugai alhuvaa vaahaka.thiya vidhaalhuvaa zimmadhaaru kameh vess feshigen annanee geytherein ..

 2. So lets talk on this topic. When we were school kids we use to get punishment if we go beyond the rules and regulation. But now the education system says that no school is allowed to give punishment to the students no matter what the crime is. Now the parents yell on teachers keeping their child infront of them while back in years the parents will never to such an act. For me the issue is from both side. However, we need to a research based study on such a topic according to Maldivian context rather than relaying on internationaly conducted researches.