ފެންޑާ
އަނބިމީހާ މޭކަޕާއި ނުލައި ފެނުމުން، ކައިވެނި ކުރިތާ މަސްދުވަސް ނުވަނީސް ވަރިވަނީ

އަނބިމީހާ މޭކަޕް ނުކޮށް ހުރި އިރު، އަސްލު ސިފަ ފެނި، އެސިފަ ހުތުރުވެގެން ފިރިޔަކު އަންހެނުންނާއި، ގުޅުން ކަނޑާލައި ވަރިވާން ނިންމައިފިއެވެ.

އަނބިމީހާގެ އަސްލު ސިފަ މޭކަޕާއި ނުލައި ފެނުމުން، ސިފަ ހުތުރުވެގެން، ކައިވެނި ކުރިތާ މަސްދުވަސް ނުވަނީސް، މިސްރަށް ނިސްބަތްވާ ފިރިހެނަކު، އަނބިމީހާ ވަރިކުރަން ނިންމައިފިއެވެ. ކޮންމެޔަކަސް މިއީ ވަރަށް ތަފާތު، ޚިޔާލީ ވާހަކަތަކުގައި އަހައި އުޅޭކަހަލަ ވާހަކައެކެވެ. މި ޚަބަރާއި އެކު ތަފާތު ސުވާލުތަކެއް އުފެދިއްޖެއެވެ. ފުރަތަމަ އުފެދުނު ސުވާލަކީ، ދެމީހުން ކައިވެނިކުރީ އެކަކު އަނެކަކަށް ނުފެނި ހެއްޔެވެ؟ ދެން އުފެދޭ ސުވާލަކީ، މޭކަޕުން މީހާގެ ސޫރަ ބަދަލުވޭ ހެއްޔެވެ؟ ދެން މިހިސާބުން މިދެފަރާތް ލޯބީގެ ގޮތުން ގުޅި ކާވެނި ކުރެވުނު ގޮތަށް ބަލައިލަމެވެ.

މި ދެމަފިރިން، ފުރަތަމަ ބައްދަލުވެފައި ވަނީ ފޭސްބުކް ސޯޝަލް މިޑިޔާ އިންނެވެ. އޭގެފަހުން ދެފަރާތް ލޯބިވެރިންނަށް ބަދަލުވެގެން ދިޔައެވެ. ފިރިހެން މީހާ ބުނެފައިވާގޮތުން، އެދުވަސްވަރު، ލޯބިވެރިޔާ އޭނާގެ ތަފާތު ރީތި ފޮޓޯތައް ފޭސްބުކަށް ކޮންމެ ދުވަހަކު ލަމުން ގެންދިޔަ ކަމަށާއި، އެ ފޮޓޯތަކުގެ ސަބަބުން، ލޯބިވެރިޔާ ދެކެ އިތުރަށް ލޯބިވެ، ބައްދަލު ކުރަން ބޭނުންވި ކަމަށެވެ. މިގޮތުން ލޯބިވެރިޔާއެކު ދެތިން ފަހަރަކު ޑޭޓްކޮށް ބައްދަލުކުރި ކަމަށެވެ. އޭގެ ފަހުން ދެ ލޯބިވެރިން ކައިވެނި ކުރުމަށް އެއްބަސްވެ، ކައިވެނީގެ ގޮތުން ގުޅުނެވެ.

ހިތްހަމަ ނުޖެހިފައި ހުރި ފިރިހެން މީހާ، ފެމިލީ ކޯޓުގައި ބުނެފައިވާގޮތުން، މޭކަޕާއި ނުލައި އަންހެނުންގެ އަސްލު ބުރަ ސޫރަ ފެނުމުން، އޭނަޔަށް އަންހެނުންގެ ސިފަ ގަޔާނުވުމުގެ އިތުރުން، އެއްކޮށް އުޅެން މަސައްކަތްކުރުމުންވެސް އެކަން ވަނީ ކާމިޔާބު ނުވެފައެވެ. އޭނާ ބުނެފައިވާ ގޮތުން، ފުރަތަމަ ފަހަރަށް އަނބިމީހާ މޭކަޕާއި ނުލައި ފެނުމުން ވަރަށްބޮޑު ހައިރާންކަމެއް އޭނާއަށް ލިބުނު ކަމަށެވެ. ކައިވެނީގެ ކުރިން ފޭސްބުކް އިން ފެނުނު ފޮޓޯތަކާއި، ބައްދަލު ކުރިއިރު، ފެނުނު މީހާގެ ބުރަސޫރަ މުޅިން ފެންނަނީ ތަފާތުކޮށްކަމަށެވެ. މޭކަޕުން މީހާގެ ސިފަ ބަދަލު ކުރެވިދާނެކަން މީގެ ކުރިން ޤަބޫލު ނުކުރެވުނު ނަމަވެސް މިހާރު ޤަބޫލުކުރެވިއްޖެ ކަމުގައި ފިރިހެން މީހާ ބުނެފައި ވެއެވެ. ކޯޓުގައި ފިރހެން މީހާ ބުނެފަިވާ ގޮތުގައި، އަންހެނުން ހުތުރު ބުރަ ސޫރަ ފެނުމުން އެއްކޮށް އުޅުމަށް މަސައްކަތް އެއް މަސްދުވަސް ވަނެދެން ކުރެވުނު ކަމަށާއި، ނަމަވެސް އެކަން ވަނީ ކާމިޔާބު ވާގޮތް ނުވެފައެވެ.

ފިރިހެންމީހާ ބުނާގޮތުގައި، ކޮންމެ ދުވަހަކު ހެނދުނު ހޭލާއިރު، އަންހެނުންގެ އެއްވެސް ތަރުތީބެއް ނެތި ހޫރިފައިވާ އިސްތަށިގަނޑާއި، އެ ހުތުރު ބުރުސޫރަ ފެންނަ ކަމަށާއި، މޭކަޕާއި އެކު، ހުންނަ ރީތިކަމާއި، ހިތްދަމައިގަންނަ ރީތި ކަން ގެއްލުމުގެ އިތުރުން، ނުވެސް ދަންނަ އޭލިޔަނެއްގެ ސިފައިގައި އަންހެނުން ސިފަކުރެވޭ ކަމަށެވެ.

މިބާވަތުގެ ވަރިތަކުން ސަލާމަތް ވުމަށް އަންހެން ވެރިން އުޅެންވީ 24 ގަޑިއިރު މޭކަޕް ކޮށްގެން ބާވައެވެ؟ ނުވަތަ މޭކަޕް ކުރުން ހުއްޓާލައި، މީހާގެ އަސްލު ގުދުރަތީ ސިފައަށް ލޯބިކުރާ މީހަކު ހޯދާނީ ބާއޭ؟ މިއީ ގޮތެއް ނިންމާލުން ރަނގަޅު ކަމެކެވެ. ގައިގައި ނެތް ރީތިކަމެއް ނުވަތަ ސިފައެއް މޭކަޕުން ނަމަވެސް ދައްކަން މަސައްކަތް ކުރުމަކީ އަސްލު އޮޅުވާލުމެވެ.

އޭ އުޚްތާއެވެ. ލޯބި ވެރިޔަކު އިޚްތިޔާރުކުރުމުގައި، ތިބާގެ މޭކަޕަށް ލޯބިވާ މީހަކު އިޚްތިޔާރު ކުރުމުގެ ބަދަލުގައި ތިބާގެ ގުދުރަތީ ރީތިކަމާއި، ތިބާގެ ކިބާގައިވާ ރަނގަޅު ސިފަތަކަށް ލޯބިކުރާ، ޚުލްޤު ހެޔޮ، ތަޤްވާވެރި، ދީނަށް ލޯބިކުރާ ފާރާތެއް ބައިވެރިޔަކު ގޮތުގައި އިޚްތިޔާރު ކުރުމަށް ތިބާ އިސްކަން ދޭށެވެ. މިހެން މިކަން ވެއްޖެ ނަމަ، ހެނދުނު ހޭލާއިރު، އިސްތަށިގަނޑު ހޭވިފައި ހުރެގެން ވަރިޔާ ހަމަޔަށް ދާކަށް ނުޖެހޭނެއެވެ.

ސިފަ ރީތިކުރަން އެދޭނަމަ، އުނގުޅަންވީ މޭކަޕެއް ނޫނެވެ. އިތުރު ކުރަންވީ، އީމާންތެރި ކަމާއި، ތަޤުވާވެރިކަމާއި، މަގުފުރެދުމަކަށް ނުވާ ކޮންމެ ކަމެއްގައި ފިރިމީހާއަށް ކިޔަމަންތެރިވެ، އަދަބު އަދާކުރުމެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!