ޚަބަރު
ވަޒީފާއިން ވަކިކުރި ދެމީހަކަށް ވަޒީފާދޭން ހުކުމްކޮށްފި

ފެނަކަ ލ.ގަމު ބްރާންޗުތަކުގައި ވަޒީފާއިން ވަކިކޮށްފައިވާ ދެމީހެއްގެ ވަޒިފާ އަނބުރާ އިއާދަކުރުމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ޙުކުމް ކޮށްފިއެވެ.

ވަޒީފާއާ ބެހޭ ޓްރިބިއުނަލުން ދެމައްސަލައެއްގައި ބުނެފައިވަނީ ލ.ގަމު ތުނޑީ ބްރާންޗްގެ އެސިސްޓެންޓް އިންޖިނިއަރގެ މަޤާމުގައި ހުއްޓައި  2019 ވަނަ އަހަރު ޑިސެމްބަރ 4 ވަނަ ދުވަހު ވަޒީފާއިން ވަކިކޮށްފައިވާ ލ.ގަމު ތުނޑީ ޔަންމާ ޢަލީ ދާވޫދު އާއި ލ.ގަމު މަތިމަރަދޫ ބްރާންޗްގެ ސްޓޭޝަން މެނޭޖަރުގެ މަޤާމުގައި ހުއްޓައި 2019 ޑިސެމްބަރ 3ވަނަ ދުވަހު ވަޒީފާއިން ވަކިކުރި ލ.ގަމު މަތިމަރަދޫ ހަނދުވަރުދޭގޭ ޙުސައިން ޙަލީމް ވަޒީފާއިން ވަކިކޮށްފައިވަނީ ޤަވައިދާ ޚިލާފަށް ކަމަށްވާތީ އެދެމީހުންނަށް އަނބުރާ ވަޒީފާ ދިނުމަށް އަމުރުކޮށްފައިވެއެވެ.

ވަޒީފާ އާއި ބެހޭ ޓްރައިބިއުނަލްއިން އިތުރަށް ވިދާޅުވީ ޙުސައިން ޙަލީމާއި އަލީ ދާވޫދު ވަޒީފާއިން ވަކިކޮށްފައި ވަނީ ލ.ރީޖަނަލް އޮފީސް އުވާލުމާ ގުޅިގެން މަޤާމު އުވާލެވިފައި ވާތީކަމަށް މައްސަލަ ރައްދުވި ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ބުނެފައި ވީނަމަވެސް އެ ދެ ފަރާތް ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާޢީ ޢަދުލުވެރިކަން ޤާއިމްކޮށްފައި ނުވާ ކަމަށާއި އެ ދެ މީހުން ވަޒީފާއިން ވަކިކޮށްފައި ވަނީ ޤާނޫނާ ޚިލާފަށް ކަމުގައި ވުމުން އެއީ “ބޭއިންސާފު ވަކިކުރުމެއް” ގޮތުގައި ކަނޑައަޅާކަމަށެވެ.

އެހެންކަމުން އެ ދެ މީހުން ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން އަނބުރާ ވަޒީފާ ލިބޭ ދުވަހާ ހަމަޔަށް އެ ދެމީހުންނަށް ލިބެންޖެހޭ މުސާރައާއި އިނާޔަތްތައް ދިނުމަށް ވެސް ޓްރައިބިއުނަލުން ވަނީ އަމުރުކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!