ޚަބަރު
ދާންދޫ މީހަކަށް ކުރި ހުކުމާމެދު ޕީޖީ ޝަމީމް ކަންބޮޑުވުން ފާޅުކޮށްފި

މަސްތުވާ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކޮށް ދައުވާ އުފުލާފައިވާ ގއ.ދާންދޫ މީހަކު އުމުރު ދުވަހުގެ ޖަލު ހުކުމަކުން ސަލާމަތްކޮށް މައްސަލަ ނިންމި ގޮތާމެދު ޕްރޮސެކިއުޓަރު ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ގއ.ދާންދޫ، މިސްކިތްމަގުގެ އިބްރާހިމް މުހައްމަދުގެ ގެ ފުލުހުން ބަލާ ފާސްކުރުމުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ތަކެތީގެ ލިސްޓެއް ދީފައިނުވާތީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ހަސަން ސައީދު ނިންމީ އެ މައްސަލަ ކުރިއަށް ނުގެންދިއުމަށެވެ. ފަނޑިޔާރު ހަސަން ސައީދު ވިދާޅުވި ގޮތުގައި ފުލުހުން ފާސްކުރިކުރުމުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ތަކެތީގެ ލިސްޓެއް ދީފައިނުވުމަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނާ ޚިލާފު ކަމެއް ކަމަށެވެ.
ހަސަން ސައީދުގެ މި ނިންމުމާއި ގުޅޭގޮތުން ޝަމީމް ވިދާޅުވީ ޖިނާއީ އިޖުރާއާތުގައި ހުންނަނީ ރަނގަޅުކުރެވޭ ކަންކަމާއި ރަނގަޅު ނުކުރެވޭ ކަންކަން ކަމަށާއި މުޅި މައްސަލައިގެ މައުޟޫއަށް އަސަރު ނުކުރާނަމަ އެއީ ބަލައިގަނެވޭނެ ކަމެއް ކަމަށް ސުޕްރީމް ކޯޓުން ކުރީން ނިންމާފައިވާ ކަމަށެވެ. މީގެ އިތުރުން އިބްރާހިމް މުހައްމަދުގެ ގެއިން މަސްތުވާ ތެކެތި ފެނިފައިވާކަން ޝަމީމް ވަނީ ފާހަގަކޮށްފައެވެ.

އިބްރާހިމް މުހައްމަދު މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމަށް ލިބުނު މައުލޫމާތާއި ގުޅިގެން މަގުމަތިން އޭނާ ހުއްޓުވައި ފާސްކުރިއިރު އޭނާ ދުއްވި ސައިކަލުން މަސްތުވާތަކެތި ފެނިފައިވާ ކަމަށާއި އެ ތުހުމަތަށް އޭނާ ދިރިއުޅޭ ގެ ބަލާ ފާސްކުރިއިރު އެ ގެއިންވެސް މަސްތުވާތަކެއްޗާއި އެ ތަކެތި ބަންދުކުރާ އާލަތްތަކާއި ކިރުމަށް ބޭނުން ކުރާ އާލަތް ފެނިފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ކަން މިހެން އޮތުމާއެކު ޝަމީމްވަނީ މިކަމާ ކަންބޮޑުވުން ފާޅުކޮށް ކްރިމިނަލް ކޯޓުގެ މިނިންމުން އިސްއިތުނާފް ކުރާނެ ކަމަށް ވިދާޅުވެފައެވެ.

ފަނޑިޔާރު ހަސަން ސައީދު މީގެ ކުރިންވެސް ނިންމާފައިވާ ބައެއް ނިންމުން ތަކާމެދު ޝަމީމް ކަންބޮޑުވުން ފާޅުކުރައްވާފައިވާއިރު އެފަދަ ކަމާއި ގުޅިގެން މަތީ ކޯޓުގެ ހުކުމެއްގައި އެކަން ފާހަގަކޮށް ޕީޖީގެ އަމަލު ކުށްވެރިކޮށްފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!