ރިޕޯޓް
ޙަސަން ޝައްމޫން: ޤައުމީ މުބާރާތުގައި ވާދަކުރާތާ 19 އަހަރު, 2002 އަދި 2021 ގެ 1ވަނަ

އުމުރުން 15 އަހަރުގަ ގައުމީ އެތުލެޓިކްސް މުބާރާތުގައި ވާދަކުރަން ފެށި ހަސަން ޝައްމޫން އަކީ ޝޮޓްޕުޓް ތުރޯއިން އަދި ޑިސްކަސް ތުރޯއިންގެ ޤައުމީ ރެކޯޑް ހޯލްޑަރ އެވެ. ޝައްމަޫން އެންމެ ފުރަތަމަ ބައިވެރިވި ޤައުމީ މުބާރާތުގައި ވެސް އޭނާ ވަނީ ޑިސްކަސް އުކުމުން ގައުމީ ރެކޯޑް ހަދާފައެވެ.

އެގޮތުން 2002 ވަނަ އަހަރު މާލޭގައި ބޭއްވުނު 15 ވަނަ ޤައުމީ އެތްލެޓިކްސް މުބާރާތުގައި ގދ.އަތޮޅު ނަމުގައި ވާދަކޮށް ޝޮޓްޕުޓް އަދި ޑިސްކަސް ތުރޯއިންގ އިން ޝަމްޢޫން ގޯލްޑް މެޑަލް ހޯދި އިރު ގދ.އަތޮޅުން ބައިވެރިވި ޓީމުން ވަނީ އެފަހަރުގެ މުބާާތުން ރަންވަނަތަކެއް ހޯދާފައެވެ.

ގދ.އަތޮޅު މަދަރުސާއިން ތައުލީމު ހާސިލްކުރި ޝަމްޢޫންގެ އެތްލެޓިކްސް ކެރިއަރ ފެށިގެއައީ 2000 ވަނަ އަހަރު ޏ.ފުވައްމުލަކުގައި ބޭއްވުނު 05 އެޓޯލް އިންޓަރ ސްކޫލް އެތްލެޓިކްސް މުބާރތުންނެވެ. އުމުރުން އެންމެ 13 އަހަރުގައި 16 އަހަރުން ދަށުގައި ވާދަކޮށް ޝޮޓްޕުޓް އަދި ޑިސްކަސް އުކުމުން ގޯލްޑް މެޑަލް ހޯދިއިރު އެ މުބާރާތުގައި 10.13 މީޓާރަށް 5 ކިލޯގެ ޝޮޓްޕުޓް އުކައިގެން ޝަމްޢޫން ހަދާފައިވާ ރެކޯޑް އަދިވެސް އެހެން އެތްލީޓަކަށް ބުރޭކް ނުކުރެވެއެވެ.

އޭގެ ފަހުން 2002 ވަނަ އަހަރު އައްޑު އަތޮޅު ހިތަދޫގައި ބޭއްވުނު 07 ވަނަ އެޓޯލް އިންޓަރ ސްކޫލް އެތްލެޓިކްސް މުބާރާތުގައި 19 އަހަރުން ދަށުގައި ވާދަކޮށް ޝޮޓްޕުޓް އަދި ޑިސްކަސް އުކުމުން ގޯލްޑް މެޑަލް ހޯދުމުގެ އިތުރުން އެ ދެ އިވެންޓުގެ އުމުރު ފުރާގެ ރެކޯޑް ހެދިއިރު ހަމަ އެއަހަރު މާލޭގައި ބޭއްވުނު 09 ވަނަ އިންޓަރ ސްކޫލް މުބާރާތުގައި 21 އަހަރުން ދަށުގެ ކެޓަގަރީގައި ވާދަކޮށް ޝޮޓްޕުޓް އަދި ޑިސްކަސް އުކުމުން ގޯލްޑު މެޑަލް ހޯދުމުގެ އިތުރުން އެ އުމުރު ފުރައިން ވެސް ޝަމްއޫން ވާނީ ދެ އިވެންޓުން ރެކޯޑް ހަދާފައެވެ.

2004 ވަނަ އަހަރު ސިފައިންގެ ހިދުމަތާއި ގުޅުމަށްފަހު މިހާތަނަށް ސިފައިންގެ ކުލަބާއެކު 10 ފަހަރެއްގެ މަތިން ޤައުމީ މުބާރާތުގެ ޗެންޕިއަންކަން ހޯދާފައި ވާއިރު 2002 އަހަރުގެ ޤައުމީ މުބާރާތާއި އެކު ޖުމްލަ 11 ފަހަރު ޤައުމީ މުބާރާތުގައި ވާދަކޮށް 27 އިންޑިވިޖުއަލް މެޑަލް އެ މުބާރާތުގައި ހޯދާފައިވާއިރު 2014 ވަނަ އަހަރު ޝަމްޢޫން ވަނީ ޑިސްކަސް އުކުމުގެ ޤައުމީ ރެކޯޑް ދެވަނަ ފަހަރަށް އައުކޮއްފައެވެ. އަދި 2015 ވަނަ އަހަރު ފުރަތަމަ ފަހަރަށް ޝޮޓްޕުޓް އުކުމުން ޤައުމީ ރެކޯޑް ހެދިއިރު 2016 އަހަރު ޤައުމީ މުބާރާތުގެ އެންމެ މޮޅު ފިރިހެން އެތްލީޓްގެ މަޤާމް ހޯދާފައި ވެއެވެ.

ނިމިގެން ދިޔަ 30 ވަނަ ގައުމީ އެތުލެޓިކްސް މުބާރާތުގައި ތިން ރަން މެޑަލް ހޯދައި ދިވެހި ސިފައިންގެ ކްލަބު (ޑީއެސްސީ) އާއި އެކު 2016 ގައި އޭނާ ހޯދި ކާމިޔާބީ މިއަހަރު ވެސް ޝަމްޢޫން ވަނީ ތަކުރާރުކޮއްފައެވެ. މި އަހަރުގެ މުބާރާތުގައިވެސް ޝަމްއޫން ވަނީ ޝޮޓްޕުޓް, ޑިސްކަސް އަދި ޖެވެލިން ތުރޯއިން އެއްވަނަ ހޯދައިފަ އެވެ. އެހެންކަމުން މިފަހަރުގެ މުބާރާތުގައި ހޯދި 3 ރަން މެޑަލްއާ އެކު ގައުމީ މުބާރާތުގައި އޭނާ ހޯދި މެޑަލްގެ އަދަދު 27 އަށް އެރީ އެވެ. އެއާއެކު އޭނާ ވެފައި ވަނީ ޤައުމީ މުބާރާތުގެ ތާރީޚްގައި ފީލްޑް އިވެންޓްގައި އެންމެ ގިނަ މެޑަލް ހޯދި އެތުލީޓަށެވެ.

ޙަސަން ޝައްމޫން ހޯދާފައިވާ ބައެއް ކާމިޔާބީތައް:

27 އިންޑިވިޖުއަލް މެޑަލް

15 ގޯލްޑް މެޑަލް

12 ސިލްވާ މެޑަލް

03 ގައުމީ ރެކޯޑް ( ޝޮޓްޕުޓް ތުރޯއިން އަދި ޑިސްކަސް ތުރޯއިން )

2002 ވަނަ އަހަރު 15 ވަނަ ޤައުމީ އެތްލެޓިކްސް މުބާރާތުގައި ޑިސްކަސް ތުރޯއިންގ ޤައުމީ ރެކޯޑް

2014 ވަނަ 24 ވަނަ އަހަރު ޤައުމީ އެތްލެޓިކްސް މުބާރާތުގައި ޑިސްކަސް ތުރޯއިންގ ޤައުމީ ރެކޯޑް

2015 ވަނަ އަހަރު 25 ވަނަ ޤައުމީ އެތްލެޓިކްސް މުބާރާތުގައި ޝޮޓްޕުޓް ތުރޯއިން ޤައުމީ ރެކޯޑް

2016 ވަނަ އަހަރު 26 ވަނަ ޤައުމީ އެތްލެޓިކްސް މުބާރާތުގެ އެންމެ މޮޅު ފިރިހެން އެތްލީޓް

އެތްލީޓެއްގެ އިތުރުން 2015 ވަނަ އަހަރު ޝަމްޢޫން ވަނީ ވޯލްޑް އެތްލެޓިކްސް ކޯޗިން ލެވެލް އެކެއް އަދި ވޯލްޑް އެތްލެޓިކްސް ޓެކްނިކަލް އޮފިޝަލް ލެވެލް އެެކެއް އަދި 2017 ވަނަ އަހަރު އިންޑޮނޭޝިޔާ އިން ވޯލްޑް އެތްލެޓިކްސް ލެވެލް ދޭއް ތުރޯއިން ކޯޗިންގކޯސް ފުރިހަމަ ކޮށްފައެވެ.

Comment

  1. Dhuvaa meehun dho migaumugai meehunah vanee. Shammoon akee ves hama thari ey nikan eynage massakayves apriciate kohbala

    • ދުވާ މީހުން ކުރާވަރަށް އޭނާ މަސައްކަތް ކުރަން ޖެހޭބާ…