ޚަބަރު
ސީ ޕްލޭންދަތުރުކުރާ ރޫޓު ބަދަލުކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އަށް ސީ ޕްލޭން ދަތުރުކުރާ ރޫޓަށް މިއަދު ބަދަލު ގެނެސްފިއެވެ.

މީގެ ކުރިން ވީއައިއޭއަށް ދަތުރުކުރާ ސީ ޕްލޭންތައް ދަތުރު ކުރަމުން ދަނީ ހުޅުމާލޭ މަތިންނެވެ. އެހެންނަމަވެސް މިއަދު މިގެނެވުނު ބަދަލާއެކު މިރޫޓް މިވަނީ ބަދަލުކޮށްފައެވެ.

އެމްއޭސީއެލް އިން ވިދާޅުވީ ސީ ޕްލޭންގެ ރޫޓަށް މިގެނައި ބަދަލާއެކު މި މަހުން ފެށިގެން ސީޕްލޭންތައް އެއާޕޯޓަށް ޖައްސާނީ ހުޅުމާލޭ އިރުމަތީ ފަޅުން ނުވަތަ ބީޗާ ދިމާލުން ކަމަށާއި ސީޕްލޭންތައް ނައްޓާލާނީ ކުރިންވެސް ނައްޓާލައި ދިމާލުން ކަމަށެވެ. އަދި ހުޅުމާލެ މަތިން ސީ ޕްލޭން ދަތުރުކުރުން މިވަނީ މަނާކޮށްފައެވެ.

ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ދަތުރުކުރާ އެ ސީޕްލޭންތައް އާންމުކޮށް ދަތުރުކުރަނީ އުތުރަށް އަދި އުތުރުދެކުނަށެވެ. ކަނޑު ގަދަ، އަދި ވައި ގަދަ ދުވަސްވަރު ސީޕްލޭންތައް ނައްޓާލަނީ ހުޅަނގުން އިރަށެވެ.

އެމްއޭސީއެލުން އިތުރަށް ވިދާޅުވީ މިބަދަލު ގެނެވުނީ ރާއްޖޭގެ މޫސުން މިދުވަސްވަރު ގޯސްވުމާއި ގުޅިގެން ސީޕްލޭނުން ކުރާ ދަތުރުތަކުގެ ސަލާމަތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމުގައެވެ.

 

Comment