ހަނދު އެރީހެން ސާދަވަނަރޭ ހީވިޔޭ ތިޔަ ފެނިލުމުން
ތަދު ހިތަށް އެވަގުތުކުރީ ކުރެވުނު އެފޮނި އިޙްސާސަކުން
ކޫރުމެއް އެޅިފައިނުވާ ހިތުގައި އުފެއްދީ ފުންޒަޚަމް
ޙޫރު ލޮލުގައިވާ އަސަރު ހޭލެއްވި ހިނދު ޖަޒުބާތަކުން
ހަންއޮމާން ފިނިފެންމަލެއްފަދަ ރީތި ނަލަނަލަ ސޫރައަށް
އަންތަރީސްވެވި ހުރެވުނީ އެވަގުތު ނަޒަރު ހުއްޓުނުގޮތުން
ރީތި ނަލަ ކަނދުރާ އޮމާން ފެނުމުންއެވީގޮތަކުންހިތަށް
ބީހިލަން ބޭނުންވިޔޭ އެއްފަހަރު ނަމަވެސް މިދެއަތުން
ނާރުތަކުގައި ލޭ ހިނގާ ހުއްޓުންއެރީ ފެނުމުންނެމޫނު
ބާރުބާރަށް ހިތްތެޅެން ފެށުމާއެކީ ކުރި އަސަރަކުން
ކަޅު ދިހުންކުލައިން ވިދާ އިސްތަށިގަނޑުން އޮފްދާރުވީ
ކުޅެލަމުން އިސްތަށި ވަޔާ މޫނަށްި އަސަރު ގެނުވާ ގޮތުން
ޢިޝްޤު އޭގައިނެތް ހިތަށް ޢިޝްޤުގެ އަސަރުވެރިކޮށްފިޔޭ
އިސްޖެހޭކަށްވެސްނެތޭ ފުރި އުތުރިދާ ޖަޒުބާތަކުން
ރޭގަނޑުގެ ނިންޖާ އަރާމާ ޢާޝިގާގެ ހަނދާނުގައި
ނޭނގިފައިވީ ވާނުވާ ޢިޝްޤީ ބަލިން އަދު ފޯވުމުން
ދޭނުހޭ މިހިތަށް އުފާ ލޯބިންފުރޭ ނާޒުކު އަތުން
ވޭނުގައި ގިސްލާ ހިތަށް ފަރުވާއަކަށް އެދެމޭ ރޮމުން