ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ކާށިދޫގެ ދަނޑުތަކަށް ޓެކްނިސަމްރީޖަނަލް މެނޭޖަރ ތިބައޫލްޓް ފާއިވްރީ ޒިޔާރަތްކުރައްވައިފިއެވެ. މި ދަތުރުފުޅުގައި އޭނާއާ އެކު ޕްރައިމް މޯލްޑިވްސްގެ ޓީމެއް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ދަނޑުވެރިންވަނީ އެކި ވައްތަރުގެ ވައިރަލް ބަލިތައް ދަނޑުތަކަށް ހަމަލާދީ، ވައިރަލް ބަލިތަކާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ޕްރައިމް މޯލްޑިވްސްގެ ޓީމުން ވަނީ ދަނޑުވެރިންގެ ކަންބޮޑުވުންތައް އަޑުއަހާ، ބަލި ނެތް، ފެންވަރު ރަނގަޅު މުޑުވަށް ފޯރުކޮށްދޭނެ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުންޓްރޮޕިކަލް މާހައުލުތަކަށް އެކަށީގެންވާ ހައި ކިއުލިޓީ އަދި ޑިޒީޒް ފްރީ މުޑުވަށް ފޯރުކޮށްދިނުމަށް އަހައްމިއްޔަތުކަން ދޭކަމުގެ ޔަގީންކަން ދަނޑުވެރިންނަށް ޕްރައިމް މޯލްޑިވްސްގެ ޓީމުން ވަނީ ދެއްވާފައެވެ.
ޕްރައިމް މޯލްޑިވްސް އިން ދަނީ ބައިނަލްއަޤްވާމީ ޕާޓްނަރުންނާއި ގުޅިގެން ދަނޑުވެރިކަމުގެ މާކެޓްގައި ލިބެން ހުރި އެންމެ ފެންވަރު ރަނގަޅު އޮށްތައް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންނެވެ. މިގޮތުން 2021 ވަނަ އަހަރު މި ކުންފުނިންވަނީ ރާއްޖެއަށް ޓެކްނިސެމް ސީޑްސް ތަޢާރަފްކޮށްފައެވެ. ޓެކްނިސެމް އަކީ 1985 ވަނަ އަހަރުން ފެށިގެން ޓްރޮޕިކަލް ރީޖަންއަށް ބޭނުންވާ ތަރުކާރީގެ މުޑުވަށް އުފައްދައި ޑިސްޓްރިބިއުޓް ކުރުމަށް ހާއްސަ ކުންފުންޏެކެވެ. އެމީހުން ޓްރޮޕިކަލް ރީޖަންތަކަށް މުޑުވަށް ސަޕްލައި ކުރަމުން ދަނީ ހުޅަނގު އަފްރިއާ، މެދުތެރޭ އެފްރިކާ، މަޣްރިބް ޤައުމުތައް އިތުރުން މެދުއިރުމަތި އަދި ކެރިބީން ސަރަހައްދުގެ މާކެޓްތައް ހިމެނޭ ގޮތަށް ޓްރޮޕިކަލް ރީޖަންތަކަށެވެ.
ތިބައޫޓް ވަނީ ރާއްޖޭގެ ދަނޑުވެރިންނަށް މިހާރު ކުރިމަތިވެފައިވާ މައްސަލަތަކަށް ހައްލެއް ހޯދުމަށް ޓެކްނިސެމް ގެ އެހީތެރިކަން ލިބޭނެ ކަމުގެ ޔަގީންކަން ދީފައެވެ. މީގެ އިތުރުން ޕްރައިމް މޯލްޑިވްސް އާއި ޓެކްނިސެމް ގުޅިގެން ރާއްޖޭގެ ދަނޑުވެރިންގެ ހާއްސަ ބޭނުންތައް ފުއްދައިދިނުމަށް މަސައްކަތް ކުރާނެ ކަމަށް ޕްރައިމް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝިޔާޒު ވިދާޅުވި އެވެ.