ޚަބަރު
ކުޑައިރު ދޮނެއް ދިން ކުއްޖާ 30 އަހަރު ފަހުން އަނބިމީހާއަށް

ގިނަ މީހުންނަކީ ނަސީބު ޤަބޫލުކުރާ ބައެއް ނޫނެވެ. ނަމަވެސް މަދުން ނަމަވެސް، ކޮންމެވެސް ސަބަބަކާއި ގުޅިގެން ހީވެސް ނުކުރާ ގޮތްގޮތަށް އަހަރަމެންގެ ދިރިއުޅުމުގައި ޚާއްސަ ފާރާތްތަކާއި ބައްދަލުވެ، ހިތްކިޔައި، ހަޤީޤީ ލޯބި ހާޞިލް ވެއެވެ. މިލިޔުމުގައިވެސް ހިމެނިފައިވަނީ އެފަދަ ޚާއްސަ ދެ ފަރާތެކެވެ.

މަގެއްގެ އެއްފަރާތެއްގައި، ކުޑަ ފިރިހެން ކުއްޖަކު، ކުޑަ އަންހެން ކުއްޖެއްގެ މޫނަށް ދޮނެއް ދޭ މަންޒަރު ދައްކުވައިދޭ ފޮޓޯއެއް ސޯޝަލް މިޑިޔާގައި ވަނީ ދައުރުވެފައެވެ.

އޭގެ އެތަކެއް އަހަރުތަކެއްގެ ފަހުން މިދެކުދިންނަކީ އެކަކު އަނެކަކަށްޓަކައި އުފަންވެފައިވާ ޚާއްސަ ދެކުދިން ކަން ވަނީ އެނގިގެން ގޮސްފައެވެ.

މިދެކުދިން މިފަދަ ގޮތަކަށް ބައްދަލުވިތާ 30 އަހަރު ފާއިތުވީ ފަހުން، މިދެކުދިންގެ ނަސީބުވަނީ މިދެކުދިން އެއްތަނަކަށް ދެވަނަ ފަހަރަށް ގެނެސް، ދެފަރާތުގެ ހަޤީޤީ ލޯބި ކާވެންޏަކާއި ހަމަޔަށް ގެންގޮސްދީފައެވެ.

ކުޑައިރުގެ ދޮންދިން ފޮޓޯ އާއި އެކު މިދެފަރާތުގެ ކައިވެނީގެ ރަސްމިއްޔާތުގެ ފޮޓޯ ސޯޝަލް މީޑިޔާގައި ހިއްސާކުރުމުން، މިފޮޓޯ އިންޓަރނެޓްގައި ވައިރަލްވެ ގިނަ ބަޔެއްގެ ސަމާލުކަން މިފޮޓޯއަށް ހުއްޓިގެން ގޮސްފައި ވެއެވެ. ގިނަބަޔަކު ސިފަކުރާ ގޮތުގައި މިއީ ވަރަށްވެސް ޚާއްސަ ލޯބީގެ ގުޅުމެކެވެ.

މީގެ 30 އަހަރުކުރިން، މަގުމަތިން ހިގާފައި އަންނަމުން، ކުޑަ ފިރިހެން ކުއްޖަކު، މަގުގެ އެއްފަރާތުގައި މަންމަ ކައިރީގައި ހުރި ދާދި އެއް އުމުރެއްގެ އަންހެން ކުއްޖަކާއި ކައިރިވެ މޫނަށް ދޮނެއް ދިނުމަށްފަހު ހަމަޖެހިލައިގެން ދެއެވެ. އަދި އެވަގުތަށް ފަހު ފާއިތުވީ 30 އަހަރުވެސް މިދެކުދިން ބައްދަލުވެފައި ނުވެއެވެ. ނަމަވެސް މިކަމެއް ހިގިތާ 30 އަހަރުފަހުން މަގުމަތިން ދޮންދިން އަންހެން ކުއްޖާ ދިރިއުޅުމުގައި ބައިވެރިޔަކަށް ވެދާނެކަމުގެ އެއްވެސް ވިސްނުމެއް މީގެ ކުރިން ނާދެއެވެ. ލޯބީގެ ޖާދޫވީކަން މިގުޅުމުންވެސް އެނގިގެން ދެއެވެ.

މި ދެލޯބިވެރިންގެ އާދަޔާޚިލާފު ލޯބި ރަމްޒުކޮށްދިން ކުޑައިރުގެ ފޮޓޯ އަދި އޭގެ 30 އަހަރުފަހުން، ނަގާފައިވާ ކައިވެނީގެ ފޮޓޯއަށް ވަނީ ގިނަ ބަޔެއްގެ ސަމާލުކަން ހުއްޓި ޝެއަރ ކޮށްފައެވެ. ގިނަ ބަޔަކު ކޮމެންޓް ކޮށްފައިވާ ގޮތުގައި، މިއީ ހަޤީޤީ ލޯބީގެ ޖާދޫއެވެ. ކުޑަ ކުދިންގެ ގޮތުގައި ތިބިއިރުވެސް، ދެކުދިންގެ ދެމެދުގައި އެ ހިތްދަމައި ގަންނަ ބާރު އަދި ބުނަންނޭގޭ އާދަޔާ ޚިލާފު ގުޅުމެއް އޮތްކަން ފޮޓޮއިން އެނގިގެން ދެއެވެ.

 

Comment