ޚަބަރު
ސްޓެވޯ ބްރޭންޑްގެ ޖަނަރޭޓަރާއިއެކު ތިނަދޫ އައު އިންޖީނުގޭގެ ޚިދުމަތް ފަށައިފި

ސްޓެވޯ ބްރޭންޑުގެ ޖަނަރޭޓަރާއެކު، ވ. ތިނަދޫ އައު އިންޖީނުގެއިން ރައްޔިތުންނަށް ޚިދުމަތްދޭން ފަށައިފިއެވެ.

ސްޓެލްކޯއިން ވިދާޅުވާ ގޮތުގައި ތިނަދޫގެ ކަރަންޓު ޑިސްޓްރިބިއުޝަން ނެޓްވޯކްސް އަޕްގްރޭޑް ކުރުމަށްފަހު އައު އިންޖީނުގެއިން ޚިދުމަތް ދޭން ފަށާފައިވާ ކަމަށާއި ބާ އިންޖީނުގޭގައި ހުރި ޖަނަރޭޓަރުތައް މިހާރު އައު އިންޖީނުގެޔަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

ހަމައެއާއެކު ބާ އިންޖީނުގެއިން ދެމުން ދިޔަ ޚިދުމަތް މިހާރު ލިބެމުންދާނީ އައި އިންޖީނުގެއިން ކަމަށް ސްޓެލްކޯއިން ވިދާޅުވެފައިވެއެވެ. މީގެއިތުރުން ތިނަދޫ އިންޖީނުގޭގައި ސޯލާ އިންސްޓޯލް ކުރުމުގެ މަސައްކަތްވެސް މިވަގުތު ކުރެވެމުންދާ ކަމަށާއި، ތިނަދޫ އިންޖީނުގޭގައި 20kW ގެ ސޯލާ އިންސްޓޯލް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ސްޓެލްކޯއިން ހާމަކުރިއެވެ.

ސްޓެވޯ ބްރޭންޑުގެ ޖަނަރޭޓަރުތަކުގެ ތެރެއިން STW500 މޮޑެލްގެ މުޅިން އައު މިޖަނަރޭޓަރަކީ ސްޓެވޯއިން މިހާތަނަށް އެސެމްބަލްކުރި ޖަނަރޭޓަރު ތަކުގެ ތެރެއިން، ކޮމިޝަންކޮށް ބޭނުން ކުރަންފެށި ފުރަތަމަ ޖަނަރޭޓަރެވެ.

މިވަގުތު ތިނަދޫއަށް މި ޖަނަރޭޓަރުން ހިދުމަތް ދެމުންގެންދާއިރު، މި އައު ޖަނަރޭޓަރާއެކު، ތިނަދޫގެ ޖުމްލަ ކެޕޭސިޓީ 1136kW ވަނީ އިތުރުކުރެވިފައެވެ. މީގެ ކުރިން ތިނަދޫގެ ކެޕޭސިޓީއަކީ، 656kW އެވެ.

Comment