ބ. ދަރަވަންދޫގައި ކުޑައަންހެން ކުއްޖަކު ފޮރުވުމަށްފަހު އެކުއްޖާގެ ބައްޕައަށް ބިރުދެއްކި މައްސަލައެއް ފެންމަތިވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ބ ދަރަވަންދޫގައި ކުޑަ އަންހެން ކުއްޖަކު ފޮރުވުމަށްފަހު އެއަންހެން ކުއްޖާގެ ބައްޕަ އަށް ތޫނު އެއްޗަކުން ބިރުދެއްކި މައްސަލައެއް ފެންމަތިވެފައިވަނީ މިރޭގެ ވަގުތެއްގައެވެ.
މިމައްސަލައާ ގުޅިގެން ދަރަވަންދޫގައި ގިނަ ބަޔަކުވަނީ މިކަމާ ދެކޮޅަށް އަޑުއުފުލައި އެކަން ކުރި ކުއްޖާ ރަށުން ބޭރު ކުރުމަށް ގޮވާލާފައެވެ.
އަދި މިހާރު މިމައްސަލައިގައި ތުހުމަތު ކުރެވޭ ކުޑަކުއްޖާ ވަނީ ހައްޔަރު ކުރުމަށްފަހު ފުލުހުންގެ ލޯންޗުގައި ގެންގޮސްފައެވެ. އެކުއްޖާ ހައްޔަރު ކޮށްގެން ފުލުހުންގެ ލޯންޗަށް ގެންދިޔައިރު އެރަށުގެ ގިނަ ބަޔަކު އެސަރަހައްދަށް އެއްވެފައިވާ ކަމުގެ މައުލޫމާތު ވެސް ލިބިފައިވެއެވެ.
މިކަމާ ގުޅިގެން އަދި މިހާތަނަށް ފުލުހުންގެ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.