ފެންޑާ
ޓިކްޓޮކް ތަރި ޝާނާގެ ތަފާތު ރޯލެއް “ބީވުން” ސީރީޒްގައި

ބްލޫ ވޭވް އެންޓަރޓެއިންމެންޓް އަދި މޭޓް ސްޓޯޑިޔޯގެ އުފެއްދުމެއް ކަމަށްވާ “ބީވުން” ވެބް ސީރީޒްގައި ޓިކްޓޮކްގެ މަޝްހޫރު ތަރި ޝާނާ ސައީދު ފެނިގެންދާނީ ވަރަށް ވަރުގަދަ ތަފާތު ރޯލަކުންނެވެ.

މިސީރީޒްގެ ލީޑް ރޯލެއް ކުޅެފައިވަނީވެސް ޓިކްޓޮކްއިން މަޝްހޫރުކަން ހޯދި ތަރިއެއް ކަމަށްވާ މަރިޔަމް ޝިފާއެވެ. އެހެންކަމުން މިސީރީޒްގައި ޝާނާއަށް ފުރުސަތު ހޯދަދިނުމުގައި އެންމެ މުހިންމު ރޯލެއް އަދާކޮށްފައިވަނީ ޝިފާއެވެ.

ޕޮރޮޑަކްޝަން ޓީމުން ހާމަކުރި ގޮތުގައި މިސީރީޒްގައި ޝާނާ ފެނިގެންދާނީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ޒުވާނެއްގެ ރޯލެއް ކަމަށާއި ޝާނާގެ އެކްޓިން ވަރަށް ފުރިހަމަ ވެފައި ހިތްހަމަޖެހޭ ކަމަށެވެ.

މިއީ އަސަރުގަދަ ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް އަލީ ރަޝީދު (ގޮޅާ އައްޔަ) ކެމެރާކޮށް ޑައިރެކްޓް ކުރާ ސީރީޒްއެކެވެ.

ޑައިރެކްޓަރ އަލީ ރަޝީދު ބުނާގޮތުގައި ޝާނާއަކީ ގަޑިޔަށް ފަރުވާތެރި އެކްޓިންއަށް އެހާ މޮޅު ކުއްޖެކެވެ. އަދި މިސީރީޒްގައި ތަފާތު ރޯލެއް ކުޅެން ޖެހުމުންވެސް ފަސްނުޖެހި ޝާނާ ވަނީ އޭނަގެ އެކްޓިންގ ހުނަރު ދައްކާފައި ކަމަށްބުނެ ޑައިރެކްޓަރު ވަނީ ޝާނާއަށް ތައުރީފްކޮށްފައެވެ.

މިސީރީޒްގެ 80 އިންސައްތަ މިހާރުވަނީ ޝޫޓްކޮށް ނިންމާލާފައެވެ. އަދި “ބީވުން” ސީރީޒްގެ ދެޓްރެއިލާ މިހާތަނަށް ވަނީ ނެރެފައެވެ. މިސީރީޒްއިން ޝިފާ އަދި ޝާނާގެ އިތުރުން ދެން ފެނިގެން ދާނީ ހުނަރުވެރި އެކްޓަރ އަޙްމަދު ޝާރިފް، ޢަލީ ޝަމީލް، ފާޠިމަތު ލަޠީފާ، ޔޫޝަޢުގެ އިތުރުން މަރްޔަމް ޙަލީމްއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!