ޚަބަރު
މިލިއަނަކަށްވުރެ ގިނަ ވޯޑްޕްރެސް އެކައުންޓްތަކަށް ސައިބަރ ހަމަލާއެއް

ވެބް ހޯސްޓު ގޯޑެޑީގެ ސާވަރުތަކަށް ސައިބާ ހަމަލާއެއް ދިނުމުގެ ސަބަބުން މިލިޔަނަކަށްވުރެ ގިނަ ވޯޑްޕްރެސް އެކައުންޓްތަކުގެ މައުލޫމާތު ހާމަވެގެންދާނެ ކަމަށް އެކުންފުނިން ބުނެފިއެވެ.

ގޯޑެޑީ ކުންފުންޏަކީ 20 މިލިޔަނަށްވުރެ ގިނަ މީހުން ބޭނުންކުރާ ވެބް ހޯސްޓިން ޚިދުމަތް ފޯރުކޮށްދޭ ކުންފުންޏެކެވެ. ރާއްޖޭގައިވެސް ގިނަ ވެބްސައިޓްތައް ހޯސްޓުކުރަނީ ގޯޑެޑީ ކުންފުނިންނެވެ.
އެކުންފުނިން ހާމަކުރާ ގޮތުގައި މިހިގާ ނޮވެމްބަރ މަހު 17 ވަނަ ދުވަހު އެކުންފުނީގެ ސިސްޓަމްތަކުގެ ތެރެޔަށް ތިންވަނަ ފަރާތަކުން ވަދެފައިވާކަމަށް ފާހަގަވީއިރު އެފަރާތުން ދިޔައީ 6 ސެޕްޓެމްބަރ 2021 އިން ފެށިގެން އެސިސްޓަމްތައް ބޭނުން ކުރަމުން ކަމަށެވެ. އަދި އެމީހުންނަށް މިކަން ކުރެވުނީ ކުރީގެ ޕާސްވޯޑެއް ބޭނުންކޮށްގެން ކަމަށާއި ސިސްޓަމްތަކުން އެމީހުން މިހާރު ބޭރުކޮށްފައިވާ ކަމަށް ގޯޑެޑީ ކުންފުނިން ވަނީ ހާމަކޮށްފައެވެ.

މިމައްސަލަ މިހާރު ވަނީ ކަމާ ބެހޭ ފަރާތަށް ހުށަހެޅި މައްސަލައިގެ ތަހުޤީގުވަނީ ފެށިފައެވެ.

މިފަދަ ސައިބާ އެޓޭކެއްގެ ސަބަބުން ލިބުނު ގެއްލުންތައް މިހާރު އެކުންފުނިން ދަނީ ބަލަމުންނެވެ.

މިހާތަނަށް ބެލި ބެލިބެލުމުން ގޯ ޑެޑީގައި ރެޖިސްޓަރކޮށްފައިވާ ވޯޑް ޕްރެސް އެކައުންޓުތަކުގެ މަޢުލޫމާތު ހާމަވެފައިވާއިރު، އޮޅުވާލައިގެ މަޢުލޫމާތު ހޯދުމަށް ބޭނުންކުރާ ލިންކުތައް ފޮނުވާ މީހުންނަށް އެމެއިލްތައް ލިބި، އެކަމުގެ ފައިދާ ބަޔަކު ނެގުމުގެ ފުރުސަތު އޮތް ކަމަށް ގޯޑެޑީން ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން ވޯޑް ޕްރެސް އެކައުންޓުތަކުގެ ލޮގިން، ޕާސްވޯޑް އަދި ބައެއް ޑޭޓާ ބޭސް މައުލޫމާތު ހާމަވެގެން ދިޔަކަމަށް އެކުންފުނިން ބުނެއެވެ. އެހެންކަމުން އެކުންފުނީގެ ކަސްޓަމަރުންގެ ޕާސްވޯޑް އަދި ޕްރައިވެޓް ކީތައް ދަނީ ރީސެޓް ކުރެވެމުންނެވެ.

އެހެންނަމަވެސް މިއެޓޭކުގެ ސަބަބުން ކުންފުންޏަކުން ޙިދުމަތް ދިނުމަށް ބޭނުންކުރާ ވެބްސައިޓަކަށް ވަދެ އޮޅުވާލުމުގެ ފުރުސަތު އޮންނާނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!