މިސަރުކާރުގެ ވޭތުވެދިޔަ 3 އަހަރު އެމްޓީސީސީއިން 263 މިލިއަން ރުފިޔާގެ މަޝްރޫއުތައް ހިންގައިފި ކަމަށް އެކުންފުނިން ބުނެފިއެވެ.
އެކުންފުނިން ކުރެއްވި ޓުވީޓެއްގައި ބުނެފައިވާ ގޮތުގައި، ވޭތުވެދިޔަ ތިން އަހަރުތެރޭ އެކުންފުނިން މިހާތަނަށް 253 މިލިއަން ރުފިޔާގެ މަޝްރޫއުތަކެއް ހިންގަމުންދާ ކަމަށާއި، އެގޮތުން ޖުމްލަ 21 މަޝްރޫއެއް އެކުންފުންޏާއި ހަވާލުކޮށްގެން ސަރުކާރުން ކުރިއަށް ގެންދާ ކަމަށެވެ.
އަދި އޭގެ ތެރެއިން މިހާތަނަށް 13 މަޝްރޫއެއްގެ މަސައްކަތް އެއްކޮށް ނިމިފައިވާ ކަމަށެވެ. އަދި ސަރުކާރުން އެެކުންފުންޏާއި ހަވާލުކޮށްގެން ގެންދާ މަސައްކަތްތަކުގެ ތެރޭގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގަމުންދާ ކަމަށާއި، އޭގެ ތެރޭގައި ކޯޒްވޭ އެޅުމާއި، އިމާރާތް ކުރުމުގެ މަސައްކަތްތައްވެސް ހިމެނޭ ކަމަށެވެ.
During the past 3 years we have progressed work on 21 various other development projects such as causeways & building construction etc., out of which 13 projects have been completed. The total value of such projects assigned to MTCC during the past 3 years stands at MVR 263 mil. pic.twitter.com/zqBoHeLLQI
— MTCC Plc (@MTCCPlc) November 23, 2021
އެމްޓީސީސީއިން މިއަދު ނެރުނު ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި، އެކުންފުނިން މިސަރުކާރުގެ ނިމިދިޔަ 3 އަހަރުތެރޭ ހިންގަމުންދާ ޕްރޮޖެކްޓް ތަކުގެ ތެރޭގައި، ސަރުކާރުގެ 5 އިމާރާތެއް ހެދުމުގެ މަޝްރޫއުތަކުގެ ތެރެއިން 2 މަޝްރޫއެއް ނިމިފައިވާ ކަމަށާއި، ފެނާއި ނަރުދަމާގެ 1 މަޝްރޫއު ކުރިއަށްދާ ކަމަށެވެ.
އަދި ކޯޒްވޭ ހެދުމުގެ ދެ މަޝްރޫޢުއެއް ކުރިއަށްދާއިރު، ފާލަން ހެދުމުގެ އެއް މަޝްރޫއު ހިންގަމުންދާ ކަމަށާއި، ސާރވޭ އަދި ޑިޒައިނިންގގެ 8 މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި އެހެނިހެން 4 މަޝްރޫއުއެއް ހިންގައި އެތަނުން 3 މަޝްރޫއު މިހާތަނަށް ނިމިފައިވާ ކަމަށްވެސް އެކުންފުނިން ބުންޏެވެ.