ޚަބަރު
ތިނަދޫއިން ބޭލި މީހުންނަށް އިންސާފް ލިބެންޖެހޭނެ: ޖާބިރު

1962 ވަނަ އަހަރު ގދ. ތިނަދޫ އިން ބޭލި ތިނަދޫގެ ރައްޔިތުންނަށް އިންސާފް ލިބެންޖެހޭނެކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ޖާބިރު މިހެން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖުލީހުގެ މިއަދުގެ ޖަލްސާގައި ހައުސިންގް މިނިސްޓަރު މުހައްމަދު އަސްލަމް އާއި ޖާބިރު ކުރެއްވި ސުވާލުތަކަށް މިނިސްޓަރަށް ޖަވާބުދާރީ ނުވެވުމުންނެވެ.

މިނިސްޓަރުގެ އަރިހުން ޖާބިރު ކުރެއްވި ސުވާލަކީ ތިނަދޫ ބަޤާވާތުގައި އެރަށުން ބޭލި މީހުންގެ ގޯތި ދިނުމަށް މިނިސްޓްރީން މިހާތަނަށް އެއްވެސް މަސައްކަތެއް ކުރެއްވިތޯއެވެ. މި ސުވާލުގެ ޖަވާބަކަށް މިނިސްޓަރު ވިދާޅުވީ އެއީ ހައުސިންގް މިނިސްޓްރީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ނޫންކަމަށެވެ.

ޖާބިރުގެ ދެވަނަ ސުވާލަކަށްވީ ހުވަދު އަތޮޅުގައި އަޅަން ހަމަޖެހިފައިވާ ބްރިޖްގެ ވާހަކައެވެ. އެހެންނަމަވެސް މިސުވާލަށް މިނިސްޓަރު ޖަވާބު ދެއްވާފައި ނުވުމުން ޖާބިރު ކޯފާ އިސްކުރައްވާ މަޖިލީހުގެ ތަޅުމުގައި އަޑުގަދަ ކުރަން ފެށިއެވެ.

ރާއްޖޭގެ ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި ހިންގި “ބަޤާވާތުގައި” ތިނަދޫއިން މީހުން ބާލާ އެމީހުންގެ މުދަލާއި ގެދޮރު ވަނީ ގެއްލިފައެވެ. އެމީހުންނަށް ބޯހިޔާވަހިކަމެއް މިސަރުކާރުން ފޯރުކޮށްދޭން ޖެހޭނެ ކަމަށާއި އެމީހުންނަށް އިންސާފު ލިބެންޖެހޭ ކަމަށް ބުނެ ޖާބިރުވަނީ ހުތުރު ބަހުން މިނިސްޓަރ އަސްލަމް އާ މުޚާތަބުކޮށްފައެވެ.

އެހެންކަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ހަޑިހުތުރު ބަހުން މުއާމަލާތް ކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫންކަމަށާއި ފުރުސަތު ނުދެއްވަނީސް ވާހަކަ ނުދެއްއްކެވުމަށް ޖާބިރު އަރިހުގައި އެދިވަޑައިގަތެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިނިސްޓަރު އަސްލަމް އާއި މެމްބަރުން ސުވާލު ކުރައްވަމުން ގެންދެވީ އެކި ރަށްރަށުގެ ނަރުދަމާގެ މައްސަލަތަކާއި ގުޅިގެންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!