މަޢުލޫމާތު
ރީތި ފިރިހެނަކު ފެނުމުން ހޭބަލިވާ އަންހެނެއް އިނގޭތަ؟

“ރީތި ފިރިހެނުން ފެނުމުން ހޭބަލިވާ އަންހެނެކޭ” މިއިބާރާތް އާންމުގޮތެއްގައި ބޭނުންކޮށް އުޅެނީ، މާގިނައިން ފިރިހެނުންނާއި ހެދި އުޅޭ، ގިނަ ފިރިހެނުންނާއި ގުޅުން ބާއްވާ، އުޅުން ގޯސް އަންހެނުންނަށެވެ. މި ލިޔުން އަމާޒު ކުރެވިފައިވަނީ ވެސް ރީތި ފިރިހެނަކު ފެނުމުން ހޭބަލިވާ އަންހެނަކަށެވެ. ނަމަވެސް އާންމު އުޞޫލުން މިއިބާރާތް ބޭނުންކުރާ ގޮތާއި މުޅިން ތަފާތުކޮށެވެ.

އިނގިރޭސި ވިލާތުގެ ޤައުމެއް ކަމުގައިވާ ޗެޝަޔަރގެ ނޯތުވިޗް ޓައުނަށް އުފަން އުމުރުން 30 އަހަރުގެ  ޒުވާން އަންހެނެއް ކަމުގައިވާ ކްރިސްޓީ ބްރައުން އަކީ “ކެޓަޕްލެކްސީ” ނަމަކަށް ކިޔާ ވަރަށް އާދަޔާ ޚިލާފު ސިއްޙީ މައްސަލައެއް ކުރިމަތިވެފައިވާ ފަރާތެކެވެ. އޭނާއަށް ކުރިމަތިވެފައިވާ މި ސިއްޙީ މައްސަލައިގެ ސަބަބުން އޭނާއަށް ބޮޑެތި އިހްސާސްތައް ކުރިމަތިވުމުން، އަމިއްލަ ހަށިގަނޑުގެ ކޮންޓްރޯލް ދޫވެ ހެޔަށް ގޮތްވެއެވެ. މިގޮތުން ކްރިސްޓީއަށް ރީތި ހިތްކިޔާ ފިރިހެނަކު ފެނުމުންވެސް، ހުރިތަނަކަށް ހުއްޓުން އަރައި ފްރީޒްވެ، ދެކަކޫމައްޗަށް ތިރިވެ ހޭނެތޭ ގޮތްވެއެވެ.

ކްރިސްޓީގެ ހެޔަށް ގޮތްވަނީ ހަމައެކަނި ރީތި ފިރިހެނުން ފެނުމުން އެކަނިއެއް ނޫނެވެ. ތަފާތު ގަދަ އަޑުތައް އިވުމުން، ރުޅި ގަދަވުމުން، ބިރުގަތުމުން އަދި ބައެއްފަހަރު މާގަދަޔަށް އުފާވެ ހީ ހެދުމުންވެސް މިފަދައިން އޭނާގެ ހަށިގަނޑުގެ ކޮންޓްރޯލް ގެއްލި ހެޔަށް ގޮތްވެއެވެ. އެހެންކަމުން، ދެކުދިންގެ މަންމައެއް ކަމުގައިވާ ކްރިސްޓީ މަގުމަތިން ހިގާފައި ދާއިރުވެސް، އެއްވެސް ފިރިހެނެއްގެ މޫނަށް ނުބަލައި ބިމަށް ބަލައިގެން ހިގުމާއި، އޭނާގެ އިހްސާސްތަކާއި ގުޅިފައިވާ ތަފާތު ކަންކަން ކޮންޓްރޯލް ކުރުމަށް ޚާއްސަ ސަމާލުކަމެއް ދެއެވެ.

ކްރިސްޓީ ބުނެފައިވާގޮތުގައި، އޭނާއަށް ކުރިމަތިވާ މިމައްސަލައިގެ ސަބަބުން ބައެއްފަހަރު ލަނދުވެސް ގަންނަން ޖެހޭކަމުގައެވެ. އެއްފަހަރަކު، ވިޔަފާރި ކުރުމަށް ނުކުމެ އުޅެނިކޮށް ޝޮޕިންގ ސެންޓަރެއްގެ ތެރެއިން ރީތި ފިރިހެނެކަށް ބަލާލެވުމުން، ހަރަކާތް ހުއްޓި، ދެކަކޫ މައްޗަށް ތިރިވި، ކުޑަކޮށް ހެޔަށް ގޮތްވެ، އެއްކޮށް ދިޔަ ކޮއްކެއެއްގެ އަތުގައި ހިފައި އެހީތެރިކަން ހޯދަން ޖެހުނުކަމުގައެވެ. ގިނަ މީހުންގެ ތެރޭގައި އުޅޭއިރު ކްރިސްޓީ އޭނާގެ އިމޯޝަންތައް ކޮންޓްރޯލްކޮށް، ލަނދު ގަންނަ ހާލަތެއް ކުރިމަތި ނުވެވޭތޯ އަބަދުވެސް މަސައްކަތް ކުރެއެވެ. އަދި މިފަދަ ހާލަތެއްގައި އަމިއްލަ ނަފުސަށް ކުރިމަތިވެދާނެ ނުރައްކަލަކަށް އަބަދުވެސް ލޯހުޅުވައި ވިސްނައިގެން އުޅުމަށް ކްރިސްޓީ ޚާއްސަ ސަމާލުކަމެއް ދެއެވެ.

ކްރިސްޓީ ބުނާގޮތުން އާންމުކޮށް ދުވާލަކު 5 ފަހަރަށް “ކެޓަޕްލެކްސީ”ގެ އެޕިސޯޑު ނުވަތަ މައްސަލަ އޭނާއަށް ކުރިމަތިވެއެވެ. އަދި އޭނާގެ އިހްސާސްތަކާއި ގުޅިފައިވާ މިމައްސަލައގެ ސަބަބުން ބައެއް ދުވަސްދުވަހު ގެއިން ބޭރަށް ނުދެވެއެވެ. ކްރިސްޓީ ބުނާގޮތުން މިމައްސަ ބޮޑަށް ގުޅިފައިވަނީ، ހަމަ ނިދި ނުލިބުމާއެވެ. އަދި މިއީ އޭނާގެ ހަށިގަނޑުގައިވާ ޖީންގެ ތެރެއިން މައްސަލައެއް ކުރިމަތިވެފައިވާ ޖީންއެއްގެ ސަބަބުން ކުރިމަތިވަ ކަމެކެވެ.

ކްރިސްޓީ ބުނާގޮތުން އޭނާއަށް ހަމަޔަށް ނިދި ނުލިބިއްޖެނަމަ، “ކެޓަޕްލެކްސީ”ގެ މައްސަލަތަށް އާދަޔާ ޚިލާފަށް ބޮޑުވެއެވެ. އިމޯޝަންތަކާއި ގުޅިފައިވާ މިމައްސަލަ ކުރިމަތިވުމުން، ސިކުނޑިއަށް ލޭ ހިނގުމުގައި މައްސަލަތަކެއް ކުރިމަތިވެ، ހަށިގަނޑުގެ ކޮންޓްރޯލް ކްރިސްޓީއަށް ގެއްލި، ބިންމައްޗަށް ތިރިވެ، ހެޔަށް ގޮތްވެއެވެ. އުސްތަންތަނަށް އެރުމުން ނާއި ސިޑިން އެރުމުންވެސް ކްރިސްޓީއަށް ތަފާތު ސީޒާރތައް ކުރިމަތިވެއެވެ. ކްރިސްޓި އަކީ އުސްތަންތަނަށް އެރުމަށް ބިރުގަންނަ މީހެކެވެ.

ކްރިސްޓީއަށް މިމައްސަލަ ފުރަތަމަ ކުރިމަތިވީ އުމުރުން 9 އަހަރުގައި ބޮލަށް ލިބުނު އަނިޔާއަކަށް ފަހުއެވެ. ރައްޓެހިންތަކަކާއެކު “ހޯސް ޗެސްޓްނަޓްސް” ބިނުމަށް ގަހަކަށް ގާއުކަނިކޮށް، އެއްލި ގާބުރިޔަކުން ކްރިސްޓީގެ ބޮލުގައި ޖެހި ބޮލަށް އަނިޔާ ވިއެވެ.  ނަމަވެސް “ކެޓަޕްލެކްސީ”ގެ މައްސަލަޔަކީ ޖެނެޓިކް މައްސަލައެއްގެ ސަބަބުން ކުރިމަތިވާ ކަމެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!