ޚަބަރު
ކަލާނގެއެއް ވާނަމަ ކަލާނގެ ހުރިކަން ސާބިތުކޮށް ދިނުމަށް ޓީޗަރަކު ކުދިން ގާތުގައި ބުނެފި

ސ.އަތޮޅު މަދަރުސާގައި ކިޔަވައިދޭ އިންޑިޔާ ޓީޗަރަކު ފިލާވަޅެއް ކިޔައިދިނުމުގެ ތެރޭގައި ކަލާނގެއެއް ވާނަމަ ކަލާނގެ ހުރިކަން ސާބިތުކޮށް ދިނުމަށް ދަރިވަރުންގެ ގާތުގައި ބުނެފިއެވެ.

މައުލޫމާތު ލިބޭ ގޮތުގައި ގްރޭޑް 8 ގެ ދަރިވަރުންނަށް ކިޔަވައިދޭ މިޓީޗަރު ކްލާހުގައި ކިޔަވައިދެމުން “މިތް” އަކީ ކޮން އެއްޗެއްކަން ކުދިންނަށް ތަފްސީލް ކޮށްދިނުމަށް ވަނީ މަސައްކަތް ކޮށްފައެވެ. މިތް އަކީ ހަގީގަތެއް ނެތް ވާހަކަތައް ކަމަށާއި އެގޮތުން ކަލާނގެ ގޮތުގައި ގަބޫލުކުރާ ﷲ އަކީ މިތް އެއް ކަމަށް އެ ޓީޗަރު ބުނެފައިވާ ކަމަށް ދަރިވަރަކު ކިޔައިދިނެވެ.

އިންޑިޔާ ޓީޗަރު ބުނެފައިވަނީ ﷲ އަކީ ކަލާނގެ ކަމަށް ބުނެ “ޓެރަރިސްޓުން” ގޮތަށް ކުދިން އެންމެ ތުއްތު އިރުއްސުރެ ތިބެނީ ބްރެއިން ވޮޝްކޮށްފައި ކަމަށާއި ކީރިތި ޤުރުއާނުގައި ހުންނަނީ ހަޤީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ. އަދި ކީރިތި ޤުރުއާނަކީ އުޑުން ވެއްޓުނު ފޮތެއް ނޫން ކަމަށާއި އެއީ އިންސާނުން ލިޔެފައިވާ ޚިޔާލީ ވާހަކަތަކެއް ކަމަށް އޭނާ ވަނީ ކުދިންނަށް ކިޔައިދީފައެވެ.

އެސްކޫލުގެ ދަރިވަރަކުވަނީ މިމައްސަލަ ރިޕޯޓްކޮށްފައެވެ. އެހެންކަމުން މިހާރު މިމައްސަލަ ވަނީ އެޑިއުކޭޝަން މިނިސްޓްރީގެ ސަމާލުކަމަށް ގެނެވިފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ ސ.އަތޮޅު މަދަރުސާގައި ކިޔަވައިދޭ އިންޑިޔާ ޓީޗަރަކު އިސްލާމްދީނާއި ޚިލާފް ވާހަތަކެއް ދަރިވަރުންނަށް ކިޔައިދީފައިވާ ކަމުގެ މައްސަލައެއް ހުށަހެޅިފައިވާ ކަމަށާއި އެމައްސަލަ އިތުރަށް ތަހުޤީގު ކުރަމުންދާ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!