ޚަބަރު
ރާއްޖެ އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފި

ވައިގެ މަގުން ބްރެޒިލް އިން ރާއްޖެ އައި އެގައުމުގެ ރައްޔިތެއްގެ އަތުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފިއެވެ.

ކަސްޓަމްސް އިން ބުނީ މަސްތުވާތަކެތި އަތުލައިގެންފައިވަނީ މިމަހުގެ 2 ވަނަ ދުވަހު ރާއްޖެއައި އުމުރުން 28 އަހަރުގެ ބްރެޒިލް ފިރިހެނެއްގެ އަތުން ކަމަށާއި، މަސްތުވާތަކެތި ފެނިފައިވަނީ އޭނާގެ އަމަލުތައް ހުރި ގޮތުން ޝައްކޔ ކުރެވިގެން، އޭނާގެ ލަގެޖް ބަލައި ފާސްކުރިއިރު، ލަގެޖް ގެ ތެރެއިން ކަމަށެވެ.

އަދި ފުރަތަމަ މަރުހަލާގައި އަތުލައިގެންފައިވާ މަސްތުވާތަކެތި ކަސްޓަމްސް އިން ޓެސްޓް ކުރި އިރު އެތަކެތި ވަނީ މަސްތުވާތަކެތީފެ ބާވަތެއް ކަމަށްވާ ހެރޮއިންއަށް ޕޮޒިޓިވްވެފައި ކަމަށްް ކަސްޓަމްސް އިން ބުންޏެވެ.

އެމީހާގެ އަތުން އަތުލައިގެންފައިވާ މަސްތުވާތަކެތީގެ ބަރުދަނުގައި 18.857 ކިލޯގްރާމް ހުރި ކަމަށާއި، އެތަކެތީގެ މަގުމަތީ އަގު 94 މިލިއަން ރުފިޔާއަށް އަރާކަމަށްވެސް ކަސްޓަމްސް އިން ބުނެފައިވެއެވެ.

އަދި މިމައްސަލައިގައި ޝާމިލްވާ މީހާއާއި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރުވަނީ މޯލްޑިވްސް ޕޮލިސް ސަރވިސް އާއި ހަވާލު ކުރެވިފައި ކަމަށް ކަސްޓަމްސް އިން މައުލޫމާތު ދެއްވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!