ޚަބަރު
ހާލުދެރަވެ ފަރުވާ ދެމުން ގެންދިޔަ ތިނަދޫ ޝައިހާ ނިޔާވެއްޖެ!

ކޮޗިންގެ އަމްރިތާ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް، ރޭ ފަތިހު ވަރަށް ބޮޑަށް ޙާލު ދެރަވެ، ޝައިހާ ވަނީ ނިޔާވެފައެވެ.

ކުއްލިގޮތަކަށް ހާލުދެރަވެ، ހޮސްޕިޓަލުގައި އެޑްމިޓް ކުރެވުނު ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ގްރޭޑް 7 ގައި ތަޢުލީމު ހާޞިލްކުރަމުން ދިޔަ އުމުރުން 13 އަހަރުގެ ތިނަދޫ ދަރިއެއް ކަމުގައިވާ، އާމިނަތު ޝައިހާ ޝަހީދު އަށް ވަނީ ލޭގެ ކެންސަރު ޖެހިފައެވެ. މިބަލީގެ އިތުރު ފަރުވާއަށް މާލެ ގެންދެވި އޭގެފަހުން ޝައިހާ ވަނީ އިންޑިޔާއަށް ގެންދެވިފައެވެ. ނަމަވެސް ޝައިހާގެ ހާލަތަށް މާބޮޑު ކުރިއެރުމެއް ނުލިބި، ރޭގެ ފަތިހުގެ ވަގުތެއްގައި، ޝައިހާގެ ފުރާނަ ވަނީ އަޅުގަނޑުމެންނާއި ވަކިވެ، ދެމިއޮތުމުގެ އާލަމަށް ދަތުރުކޮށްފައެވެ.

ޝައިހާއަށް ކުއްލިއަކަށް ކުރިމަތިވި މި ސިއްހީ ނުރައްކާތެރި ހާލަތު، އަދި އަޅުގަނޑުމެންނާއި ކުއްލިޔަކަށް ވަކިވެގެން ދިޔަ ދިޔުމަކީ މުޅި ތިނަދޫ ރައްޔިތުންނަށް ނުހަނު ހިތާމަޔާއި ހިތްދަތިކަން ކުރިމަތި ކުރުވި ކަމެކެވެ. ޝައިހާއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ޝައިހާ ތައުލީމު ހާޞިލްކުރަމުންދިޔަ ގދ. އަތޮޅު ތަޢުލީމީ މަރުކަޒުން އިސްނަގައިގެންނާއި، އަމިއްލަ ފަރާތްތަކުން ވަނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ކެމްޕެއިންތަށްވެސް ކުރިޔަށް ގެންގޮސްފައެވެ.

ޝައިގެ ހަށިގަނޑު އަނބުރާ ރާއްޖެއަށް ގެނައުމަށް އާއިލާއިން މިހާރު މި ދަނީ މަސައްކަތް ކުރަމުންނެވެ. މާލެ ގެނެވުނުހާ އަވަހަކަށް ޖަނާޒާގެ ކަންކަން ހަމަޖައްސައި އެކަން ޙިއްސާކުރާނެކަމަށް އާއިލާގެ ފަރާތުން މަޢުލޫމާތު ދެއެވެ. މި ފުރުޞަތުގައި އެކި ގޮތްގޮތުން ޝައިގެ ފަރުވާއަށް އެހީތެރިވެދިން ފަރާތްތަކާއި، ޝައިއަށް ހެޔޮ ދުޢާ ކޮށްދިން ފަރާތްތަކަށް އާއިލާގެ ފަރާތުން ޝުކުރު އަދާކުރެއެވެ.
އަދި ކުރީގެ ޙާލަތު މިގޮތަށް ބަދަލުވުމާއި ގުޅިގެން ޝައިހާގެ ފަރުވާއަށް މާލީ އެހީ ހޯދުމަށް އެދި ކޮށްފައިވާ ޕޯސްޓްތައް އިތުރަށް ޝެއަރ ނުކޮށް، އެ ޕޯސްޓްތައް ޑިލީޓް ކޮށްދެއްވުމަކީ އާއިލާގެ އިޚުލާސްތެރި އެދުމެކެވެ.

إنَّا لله وإنا إليه راجعون މި މަރުހޫމާ އަޅުގަނޑުމެންނާއި ވަކިވެދިޔުމުގެ ހިތާމައިގައި، ހުވަދޫ ނިއުސްގެ ފަރާތުން ބައިވެރިވެ ތަޢުޒިޔާ ދަންނަވަމެވެ. އަދި މި މަރުހޫމާގެ ފުރާނަޔަށް ކީރިތިﷲ ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކުރައްވައި، އާއިލާއަށް ކެތްތެރިކަން ދެއްވާށި. އާމީން!

  1. Innaalillahi vainnaa ilaiji raajioon maruhoomaa ah suvaruge minvarukurahvaashi aameen🤲😥

  2. މުސްލިމުންގެ ކަންކަމުގައި އިންޑިޔާ ދިއުން ރަގަޅެއް ނޫނެވެ. މުސްލިމުންނާ ނުހަނު އަދާވަތްތެރި ބަޔަކައް ވާތީއެވެ.އެގައުމުގައި ރައްވެހިވެފައިވާ މުސްލިމުން ދިރިހުއްޓާ ހުޅުޖަހަން ބުނާ މޯދީގެ ސަރުކާރު އޮއްވާ އެއްވެސް މުސްލިމަކައް އެކށީގެން ފަރުވާއެއް ދޭނެކަމަކައް ގަބޫލެއް ނުކުރަމެވެ.

    • މިފަދަ ކަންކަމުގަ ސިޔާސީ ފިކުރު އެކަހެރި ކޮށްފަ ވާހަކަ ދެއްކުން ވަރަށް މުހިންމު. ނޭނގި ނަމަވެސް ތި އެޅުވެނީ ބައެއްގެ ބޮލުގައި މީހަކު މެރުމުގެ ތުހުމަތު.
      އެތާގައި ފަރުވާ ދޭން ތިބީ ކޮން ދީނެއްގެ ބައެއް ކަމެއްވެސް ނޭނގޭ. އެ ވެދާނެ މުސްލިމުން ކަމަށްވެސް