ައަތްކަންކުރަން ނުވަތަ ރަންރިހިން ގަހަނާފަދަ ތަކެތި ހެދުމަށް ދަސްކޮށްދިނުމުގެ ކޯހަކާއި އެކު އެމްއައިޓީގެ 2022 ވަނަ އަހަރު ފެށުމަށް ހަމަޖެހިފައިވާ ތަފާތު ކޯސްތަކުގައި ބައިވެރިވުމުގެ ފުރުޞަތު އެމްއައިޓީ އިން ހުޅުވައިފިއެވެ.
މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) އަކީ ޒުވާނުން ތަފާތު މަސައްކަތްތެރިކަމުގެ ދާއިރާއަށް ތަމްރީނު ދިނުމުގެ މަޤްސަދުގައި އުފައްދައި 2005 ވަނަ އަހަރުން ފެށިގެން ތަފާތު މަސައްކަތްތެރިކަމުގެ ޕްރޮގްރާމްތައް ހިންގަމުން އަންނަ އިންސްޓިޓިއުޓެކެވެ.
އެމްއައިޓީ އިން ހިންގާ ކޯސްތަކުގެ ތެރޭގައި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލްކުރާ ފެންވަރުގެ ތަފާތު ލެވެލް 1 އިން ފެށިގެން ލެވެލް 6 އާއި ދެމެދުގެ ތަފާތު ކޯސްތައް ހިމެނިގެން ދެއެވެ. އަހަރަކު ދެ ސެމެސްޓަރ އަށް ބަހާލައިގެން ހިންގޭ ޕްރޮގްރާމްގެ ތެރޭގައި އެންޖިނިއަރިން ދާއިރާގެ ޕްރޮގްރާމްތަކުން ފެށިގެން އެޑްމިނިސްޓްރޭޝަން ދާއިރާ އަދި ޓުއަރިޒަމް ދާއިރާގެ ޕްރޮގްރާމްތައް ހިމެނެއެވެ.
2022 ވަނަ އަހަރުގެ ޖެނުއަރީ މަހު ފެށުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްތަކުގެ ތެރޭގައި ތަފާތު 12 ދާއިރާއެއް ހިމެނެއެވެ.
- އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކްސް އެންޖިނިއަރިން
- ސިވިލް އެންޖިނިއަރިން
- މެކޭނިކަލް އެންޖިނިއަރިންގ
- ރެފްރިޖަރޭޝަން އެންޑް އެއަރ ކޮންޑިޝަނިންގ
- ލޭންޑް ސަރވެއިންގ
- އިލެކްޓްރިކަލް އިންސްޓަލޭޝަން
- މެކޭނިކަލް ޓެކްނީޝަން
- އައިޓީ އެންޑް ކޮމިއުނިކޭޝަންސް
- ބިޒްނަސް އެންޑް އޮފީސް އެޑްމިނިސްޓްރޭޝަން
- ބިލްޑިންގެ ކޮންސްޓްރަކްޝަން އެންޑް މެއިންޓަނަންސް
- ޓްރާންސްޕޯޓް ސެކްޓަރ
- ވޯޓަރ އެންޑް ސެނިޓޭޝަން ދާއިރާ
މިޕްރޮގްރާތަކުގެ ތެރޭގައި އެމްއައިޓީން މުޅިން އަލަށް ތަޢާރަފްކޮށްފައިވާ އަތްކަން ކުރުމުގެ ކޯސް ޚާއްސަގޮތެއްގައި ފާހަގަކޮށްލެވެއެވެ. މިކޯހަކީ މިފަހަކަށް އައިސް، ދިވެހި ޒުވާނުންގެ މެދުގައި ވަރަށްބޮޑު މަޤްބޫލްކަމެއް ހޯދަމުންއަންނަ އެއް ޕްރޮގްރާމެވެ. 2022ގެ ޖެނުއަރީގައި ފެށުމަށް ހަމޖެހިފައިވާ ޕްރޮގްރާމްތަކުގެ ތެރޭގައި، ރަންރިހިން ގަހަނާ ފަރުމާކުރުމާއި އުފައްދަން ދަސްކޮށް ދިނުމުގެ ޕްރޮގްރާމްވެސް ހިމެނި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވާނެއެވެ.
ޕްރޮގްރާމްތަކާއި ބެހޭ މައުލޫމާތު އެމްއައިޓީގެ ވެބްސައިޓް www.mit.edu.mv އިން ނުވަތަ އެމްއައިޓީގެ ނަންބަރު 3308644 އާއި ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
ތިރީގައިވާ ލިންކުގައި ވާ ގޫގުލް އެޕްލިކޭޝަން ފޯމް މެދުވެރިކޮށް ކޯސްތަކަށް ބައިވެރިވުމުގެ ފުރުސަތު ލިބިވަޑައިގަންނަވާނެއެވެ.
https://docs.google.com/forms/d/e/1FAIpQLSfvFLmMslSn4ikYgD_HjHpipf-MgARFZm6NTevnnBd7WeoAtw/viewform