ޚަބަރު
ބިދޭސީ އަންހެނަކު ލައްވާ ހަށިވިއްކުވި މައްސަލައިގައި ހިތަދޫ މީހަކު ޖަލަށްލާން ހުކުމްކޮށްފި

ކެންޔާގެ އަންހެނަކު ލައްވާ ހަށި ވިއްކުވި މައްސަލައިގައި ހިތަދޫ މީހެއްގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ 7 އަހަރުގެ ޖަލު ހުކުމަށް ހައިކޯޓުން ތާއީދުކޮށްފިއެވެ.

2016 ވަނަ އަހަރު “ވަން އެން އޯލް” ގެސްޓު ހައުސްގެ ކޮޓަރިއެއްގެ ތެރޭގައި ބިދޭސީ އަންހެނަކު ލައްވާ ހަށިވިއްކުވި މައްސަލައިގައި ޖަލަށް ލާން ހުކުމް ކޮށްފައިވަނީ ސ.ހިތަދޫ ސައުތުކްރޯސް މޫސާ މުންތަސިމްއެވެ.

2017 ވަނަ އަހަރު ކްރިމިނަލް ކޯޓުން މުންތަސިމްގެ މައްޗަށް 7އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު އެހުކުމް ތަންފީޒް ކުރުމަށް މުންތަސިމްގެ ފަރާތުން ވަނީ ހައިކޯޓަށް ހުށަހަޅާފައެވެ. އެހެންނަމަވެސް އިއްޔެ ހައިކޯޓުން ވަނީ ކްރިމިނަލް ކޯޓުގެ މިހުކުމަށް ތާއީދުކޮށް މުންތަސިމް ޖަލަށް ލާން ހުކުމްކޮށްފައެވެ.

ހައިކޯޓުގައި އިސްތިއުނާފު ކުރަމުން މުންތަސިމްގެ ފަރާތުން ފާހަގަކުރި އެއް ނުކުތާއަކީ، ހަށިވިއްކި މީހާގެ ހެކިބަސް މައްސަލައިން ބަލައިގަނެ، އެ ފަރާތަކީ މައްސަލައިގެ ވިކްޓިމެއް ކަމަށް ކަނޑައެޅުން ގޯސް ކަމަށާއި އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ދައުވާ ސާބިތު ނުވާ ކަމަށެވެ.

ނަމަވެސް ރާވައި އިންތިޒާމު ކުރެވިގެން ހިންގާ ބޮޑެތި ކުށްތަކުގައި ގިނަ ފަހަރަށް ހެކި ނުވަތަ ގަރީނާ ލިބެން ނެތުމުން، ކުށުގެ ބައިވެރިންގެ ހެކިބަހަކީ އެ ހެކިބަހުން އެކަނި ޖިނާއީ މައްސަލަ ސާބިތުކުރުމަށް ފުދޭ ދަލީލެއް ކަމުގައި ނުވިޔަސް، އެ ހެކިބަހަށް ތާއީދު ލިބޭ އެހެން ދަލީލުތަކާއި ގަރީނާތަކާ އެކު ޖިނާއީ މައްސަލަ ސާބިތުކުރުން ހުއްދަކުރާ ކަމަށް ހައިކޯޓުން ވަނީ ބުނެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!