ޚަބަރު
މިސްޓަރ ބީން މަރުވީތަ؟

މަޝްހޫރު ފަރާތްތަކާއި ގުޅުވައިގެން ތަފާތު ހަޤީޤަތާއި ޚިލާފު ވާހަކަތަށް މީޑިޔާގައި ތަފާތު އެކިފަހަރުމަތިން ފެތުރިފައިވެއެވެ. މިފަދަ ޚަބަރަކަށް ގިނަ ސަޕޯޓަރުން ސިއްސުވާލައި، މުޅި އިންޓަރނެޓްގައި ވައިރަލްވެގެން ގޮސްފައިވާ އެއް ޚަބަރަކަށް ވެގެން ގޮސްފައިވަނީ މިސްޓަރ ބީންގެ ނަމުން ގިނަބަޔެއް ހެއްވާލައި މަޝްހޫރުކަން ހޯދާފައިވާ، ކުޅަދާނަ އެކްޓަރ ރޯވަން އެޓްކިންސަންގެ މަރުގެ ޚަބަރެވެ.

އެމެރިކާގެ މަޝްހޫރު ނިއުސް ޗެނެލެއް ކަމުގައިވާ ފޮކްސް ނިއުސްގެ ޓްވިޓާ ހޭންޑްލް އާއި ދާދި އެއްގޮތް އައިޑީއަކުން، މިސްޓަރ ބީންގެ މަރުގެ ޚަބަރު ފެތުރުމުން މިޚަބަރު ވަނީ އިންޓަރނެޓްގައި ވައިރަލްވެ، މިސްޓަރ ބީންގެ އެތަކެއް ހާސް ފޭނުންނަށް ވަރަށް ބޮޑު ސިހުމެއް ކުރިމަތި ކޮށްފައެވެ.

މިސްޓަރ ބީންގެ މަރުގެ ޚަބަރު ފަތުރާފައިވާ ޓްވިޓާ ހޭންޑްލް އިން ބުނެފައިވާ ގޮތުގައި މިސްޓަރ ބީން ވަނީ އުމުރުން 58 އަހަރުގައި ކުރިމަތިވި ކާރު އެކްސިޑެންޓެއްގައި މަރުވެފައެވެ. ނަމަވެސް މިސްޓަރ ބީންގެ އުމުރަކީ 58 އަހަރެއް ނޫނެވެ. މިސްޓަރ ބީންގެ އަސްލު އުމުރަކީ 62 އަހަރެވެ. މިޓްވީޓް އާންމު ވުމާއެކު، މިސްޓަރ ބީންގެ އުމުރާއި ގުލޭގޮތުން ގެނެސްފައިވާ މައުލޫމާތު ސައްޙަ ނޫންކަން ވަނީ ފޭނުން ހާމަކޮށްފައެވެ.

ފޮކްސް ނިއުސް އަދި މިސްޓަރ ބީންގެ އާއިލާއިންވެސް ވަނީ، މިއީ ދޮގު މައުލޫމާތެއްކަން ކަށަވަރު ކޮށްދީފައެވެ.

މިސްޓަރ ބީން އަކީ ތަފާތު އުމުރުފުރާގެ މީހުންގެ ވަރަށްބޮޑު މަގުބޫލުކަމެއް ހޯދައި، އެތަކެއް ހާސް ބައެއްގެ މޫނަށް ހިނިތުންވުން ގެނައުމުގެ ކުޅަދާނަކަން ލިބިފަިވާ އަދި މަޝްހޫރު އެތަށް އެޕިސޯޑެއް ކުޅެފައިވާ ހުނަރުވެރި ކޮމިޑީ އެކްޓަރެއްކަން ފާހަގަކޮށްލެވެއެވެ.

މިފަދަ ދޮގު ޚަބަރުތައް މީޑިޔާގައި މަޝްހޫރު ސެލިބްރިޓީންނާއި ގުޅުވައިގެން ދެއްކުމަކީ ވަރަށް ބޮޑަށް އާންމުވެފައިވާ ކަމެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!