މާލެ އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ހުދުސަމާލު ނެރެފިއެވެ.
އެގޮތުން އެސަރަހައްދަށް ހުދުސަމާލު ނެރެފައިވަނީ، ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައިޖެހި ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކޮށްފައެވެ.
އެގޮތުން ހުދުސަމާލު ނެރެފައި ވަނީ މިއަދު މެންދުރު 12:00 އިން ހަވީރު 18:00 އަށެވެ.
ވައިގަދަވެ ކަނޑުތައް ގަދަވުމާއި ގުޅިގެން ކަނޑު ދަތުރުކުރާ ފަރާތްތަކުން ސަލާމަތީ ކަންކަމަށް ސަމާލުކަން ދީގެން ދަތުރު ކުރުމަށް މޫސުމާއިބެހޭ ގައުމީ އިދާރާއިން އިލްތިމާސް ކުރެއެވެ.