މިހާރު އޭލެވެލް ކިޔަވަމުންދާ ދަރިވަރުން އަންނަ މެއި/ޖޫން 2022 ގައި ހަދަން ހަމަޖެހިފައިވާ އިމްތިޙާންތައް އޮކްޓޯބަރ/ނޮވެމްބަރ 2022 އަށް ބަދަލުކޮށްފިއެވެ.
މިނިސްޓްރީއިން މިއަދު ސުކޫލްތަކަށް ފޮނުވި ސާރކިޔުލަރގައި ވާގޮތުން އޮގަސްޓުގައި ދިރާސީ އަހަރު ފެއްޓުމަށްފަހު މެއި/ޖޫންގެ އިމްތިޙާންތަކަށް ދަރިވަރުން ތައްޔާރުކުރުމަށް ދަތިތަކެއް ހުރި ކަމަށް ސުކޫލްތަކުން ވަނީ ފާހަގަ ކޮށްފައެވެ.
މިނިސްޓްރިގެ ފަރާތުން ސީނިއާރ ޕޮލިސީ ޑިރެކްޓަރ މޫސާ އާދަމް ސޮއި ކުރައްވާ ފޮނުވި މި ސާރކިޔުލާރގައި އިތުރަށް ބުނެފައިވަނީ މެއި/ޖޫންގައި އިމްތިޙާން ހަދާނަމަ ގައިޑެޑް ލާރނިންގގެ ގޮތުގައި ދަރިވަރުންނަށް ބޭނުންވާ 180 ގަޑިއިރު ހަމަ ކުރުމަށް ދަތިވާތީ ސުކޫލްތަކާއި އެކު މަޝްވަރާ ކުރުމަށްފަހު އޮކްޓޯބަރ/ނޮވެމްބަރ އަށް އިމްތިހާން ބަދަލުކުރަން ނިންމާފައި ވާކަމެވެ.
މިއާއި އެކު 2019 ވަނަ އަހަރު އޭލެވެލް ފެށި ދަރިވަރުންނޭ އެއްގޮތަށް 2020 ވަނަ އަހަރު އޭލެވެލް ފެށި ދަރިވަރުން ވެސް އޭލެވެލް ނިމޭނީ 3 އަހަރު ދުވަހުންނެވެ.