ޚަބަރު
ތިނަދޫ މަގުހެދުމުގެ ފޭސް 2 ގެ ޕްރީ ކާސްޓިންގ މަސައްކަތް ފަށައިފި

ގދ.ތިނަދޫ މަގުހެދުމުގެ ފޭސް 2 ފެށުމަށްޓަކައި ޕްރީ ކާސްޓިންގ ގެ މަސައްކަތް ފަށާފައިވާ ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރު.ޑީ.ސީ) އިން ވިދާޅުވެއްޖެއެވެ.

މިޕްރޮޖެކްޓުގެ ދަށުން ތިނަދޫގެ 14 މަގެއް ތަރައްޤީ ކުރެވިގެންދާނެއެވެ. މި މަޝްރޫއުގައި ޖުމުލަ 6.5 ކިލޯމީޓަރުގެ މަގު ތަރައްޤީކުރުމަށް ވަނީ ނިންމާފައިއެވެ.

ހުވަދޫ ނިއުސްއަށް މައުލޫމާތު ދެއްވަމުން އާރު.ޑީ.ސީގެ މީޑިޔާ އޮފިސަރ ވިދަޅުވީ ޕްރީކާސްޓިންގ މަސައްކަތް ނިމުމުން މަގުހެދުމުގައި މަގުތަކުގައި ކުރަން ޖެހޭ މަސައްކަތް ފަށާނެ ކަމަށާއި މަގުތައް ހަދާ ނިމޭއިރު މިހާރު ދިމާވާ މައްސަލަތައް ހައްލު ކުރެވިގެންދާނެ ކަމަށެވެ. އެގޮތުން ވިއްސާރަ މޫސުމުގައި މަގުތަކުގައި ފެންބޮޑުވުމާއި ނަރުދމާ ނިޒާމުގެ މައްސަލައަށް ހައްލު ލިބިގެންދާނެ ކަމަށް އެކުންފުނިން ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ތިނަދޫގެ މަގުހެދުމުގެ ފޭސް 2 ނިމޭއިރު މަގުތައް އިތުރަށް ފުރިހަމަވެފައި ރީތި ވެގެންދާނެ ކަމަށް މައުލޫމާތުދިނެވެ.

މިއީ 78 މިލިޔަން ރުފިޔާ ސަރުކާރުން ޚަރަދުކޮށްގެން 2021 ވަނަ އަހަރު އޭޕްރީލް މަހު އާރު.ޑީ.ސީ އާ ހަވާލުކޮށްފައިވާ ޕްރޮޖެކްޓެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!