މަޢުލޫމާތު
ފިރިހެނުންގެ ދަރިފަނި އިތުރު ކުުރުމަށް ކެވިދާނެ ބައެއް ކާނާ

ދަރިން ނުލިބުމުގެ މަައްސަލައަކީ ދިވެހިންގެ ތެރޭގައި އާންމު މައްސަލަ އެކެެވެ. އުފާވެރި ހަޔާތެއް ފެށުމަށް ކުރާ ކައިވެނި ކިނލަބުވެ ދެމީހުން ވަކިވާ ހިސާބަށް މި މައްސަލައިގެ ސަބަބުން ދަނީ މަދުފަހަރަކު ނޫނެވެ. ދަރިން ނުލިބުމުގެ މައްސަލަ ދެމަފިރިން ކުރެ ކޮންމެ މީހެއްގެ ފަރާތުން ވެސް އަތުވެދާނެ އެވެ. އެގޮތުން މި ލިއުމުގައި މި ހިމަނާލަނީ ފިރިހެނުންގެ ދަރިފަނި އިތުރުކުރުމަށް ކެއުމުގައި ހިމެނިދާނެ ބައެއް ކާނާ އެވެ.

ދޮންކެޔޮ

ދޮންކޭލަކީ ވިޓަމިން އޭ، ސީ އަދި ބީ1 އިން މުއްސަނދި ވެފައިވާ މޭވާ އެކެެވެ. ކޮންމެ ދުވަހެއްގެ ކެއުމުގައި ދޮންކެޔޮ ހިމަނާނަމަ ދުޅަހެޔޮ ދަރިފަނި އުފެދުމަށް މަގުފަހިވެއެވެ.

ބިސް

ބިހުގައި ވިޓަމިން އީ އަދި ޕްރޮޓީން ގިނަ އަދަދަކަށް ހިމެނެއެވެ. އެގޮތުން ދަރިފަނި މަދުވުމަށް ދިމާވަ މައްސަލަތައް ހައްލު ކުރުމަށް ކެއުމުގައި ބިސް ހިމަނާށެވެ.

އަންނާރު

އަންނާރަކީވެސް ދަރިފަނީގެ ދުޅަހެޔޮކަން އިތުރުކޮށްދީ ދަރިފަނި އިތުރުވުމަށް ދިމާވާ ހުރަސްތައް ނައްތާލަދޭ އެއްޗެކެވެ. އެގޮތުން އަންނާރު ޖޫހަކީ ފާޓިލިތީ އިތުރަށް ވަރުގަދަ ކޮށްދިނުމަށް ރަނގަޅު އެއްޗެކެވެ.

ވޯލްނަޓް

އެހެން ނަޓްތަކަށް ވުރެ އިތުރަށް ވޯލްނަޓްގައި އެންޓިއޮކްސިޑެންޓް ގިނަ އަދަދަކަށް ހިމެނެއެވެ. މީގެ އިތުރުން އޮމެގާ 3 ފެޓީ އެސިޑް ވެސް ވޯލްނަޓްގައި ހިމެނެ އެވެ. މީގެ ސަބަބުން ޓެސްޓިކަލްސް އަށް ލޭ ދައުރުކޮށްދޭ މިންވަރު އިތުކޮށްދީ ދަރިފަނި އުފެދޭ މިންވަރު އިތުރުކޮށް ދެއެވެ.

މި ތަކެތީގެ އިތުރުން ސްޕިނިޗް، ޑާރކް ޗޮކްލެޓް އަދި ލޮނުމެދަކީ ދަރިފަނި އިތުރުކުރުމަށް ކެއުމުގައި ހިމެނިދާނެ ކާނާ އެވެ.

Comment