ޚަބަރު
ޖެންސެޓް އަމިއްލައަށް އެސެމްބަލްކޮށް ފެނަކަ އަނެއްކާވެސް އިތުރު ހަރުފަތަކަށް

ކަރަންޓު އުފެއްދުމަށް ބޭނުންވާ ބޭނުންވާ ޖެންސެޓްތައް ފެނަކާއިން ރާއްޖޭގައި އެސެމްބަލް ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ފެނަކައިން އެ މަސައްކަތް ފެށީ ރައްޔިތުންނަށްދޭ ހިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި އީޖާދީ ވިސްނުންތަކާއެކު އިތުރަށް ފުޅާކޮށް، ތަރައްޖީ ކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިންނެވެ. ފެނަކައިން އެ މަސައްކަތް އެންމެ ފުރަތަމަ ފަށާފައި ވަނީ މި އަހަރުގެ ޖޫން މަހުގައެވެ.

ދެމެހެއްޓެނިވި ގޮތެއްގައި އީޖާދީ ވިސްނުންތަކާއެކު ޚިދުމަތްތައް ފުޅާކުރުމަށް ކުރާ މަސައްކަތްތަކަށް އާ ބޮޅެއް އިތުރުކޮށް، ރަށްރަށަށް ބޭނުންވާ ޖެންސެޓްތައް ކުންފުނިން ރާއްޖޭގައި އެސެމްބަލް ކުރުމުގެ މަސައްކަތް ފެނަކައިން ކުރަނީ ރާއްޖެއިން ބޭރުން އިތުބާރު ހިފޭ އޮރިޖިނަލް ސްޕެއަރ ޕާރޓްސް ގެނެސް، ރަށްރަށުގައި ހުންނަ ކުންފުނީގެ ވޯރކްޝޮޕްތަކުގައި، ކުންފުނީގެ ދިވެހި އިންޖިނިއަރުން މަސައްކަތް ކޮށްގެންނެވެ.

މިގޮތުން މިހާރު މިކުންފުނީގައި 100 ކިލޯވޮޓް އިން ފެށިގެން 1000ކިލޯވޮޓްއާ ހަމައަށް ޑީސަލް އިންޖީނު އެސެމްބްލްކުރުމުގެ ޤާބިލްކަން ހުރިކަން އެކުންުފުނިން ފާހަގަކުރެއެވެ. ފެނަކައިން ބުނީ މިގޮތަށް މި މަސައްކަތް ކުރުމުން، ރާއްޖެއިން ބޭރުން އިންޖީނު އެތެރެކުރުމާ އަޅާބަލާއިރު، ޚަރަދު ކުޑަވެ، ވަގުތު ސަލާމަތްވެ، ދެމެހެއްޓެނިވި އިތުބާރުހުރި ޚިދުމަތެއް ދިނުމަށް މަގުފަހިވެގެން ގޮސްފައިވާކަމަށެވެ.

އެ ކުންފުނިން ބުނީ މިހާތަނަށް 6 ރަށަކަށް ބޭނުންވާ ޖެެންސެޓް، އެ ކުންފުނީގެ އިންޖީނިއަރުން އަމިއްލައަށް އެސެމްބްލްކޮށްފައިވާ ކަމަށާއ ިއެ ކުންފުނިން 100 ކިލޯވޮޓުން ފެށިގެން 1،000 ކިލޯވޮޓާ ހަމައަށް ޑީސަލް އިންޖީނު އެސެމްބްލް ކުރާ ކަމަށެވެ.

ފެނަކައިން ބުނީ ރަށްރަށަށް ބޭނުންވާ އާރް.އޯ ޕްލާންޓްތައްވެސް ފެނަކައިން ރާއްޖޭގައި އެސެމްބަލްކޮށް އިންސްޓޯލްކޮށް ޚިދުމަތް ދެމުން ދާއިރު، މިހާރު އަމާޒު ހިފާފައިވަނީ، އެ މަސައްކަތްތައްވެސް އިތުރަށް ފުޅާކޮށް އިތުރު ހަރުފަތަކަށް ގެންދިއުމަށްކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!