ޚަބަރު
ތިނަދޫގައި ގާއިމު ކުރާ ސަރަހައްދީ ވޯކްޝޮޕް 2022 ގެ ފުރަތަމަ ކުރާޓާގައި އޮޕްރޭޓް ކުރަން ފެށޭނެ : ފެނަކަ

ގދ. ތިނަދޫގައި ގާއިމު ކުރާ ސަރަހައްދީ ވޯކްޝޮޕް އަންނަ އަހަރުގެ ފުރަތަމަ ކުރާޓާގައި އޮޕްރޭޓް ކުރަން ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ހާމަކޮށްފިއެވެ

ފެނަކަ އިން މިހެން ބުނެފައިވަނީ މިއަދު އެ ކުންފުނިން ކަރަންޓު އުފެއްދުމަށް ބޭނުންވާ ޖެންސެޓް އަމިއްލައަށް އެސެމްބްލްކޮށް، ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ހިދުމަތް ފުޅާކުރަމުން މީޑިއާ ތަކަށް މައުލޫމާތު ދެއްވަމުންނެވެ.

އެގޮތުން ފެނަކާއިން ބުނީ ތިނަދޫގައި ގާއިމު ކުރާ ސަރަހައްދީ ވޯކްޝޮޕަކީ އެންމެ ޒަމާނީ ފުރިހަމަ ވަސީލަތްތަކާއެކު ގާއިމު ކުރެވޭ ވޯކްޝޮޕެއް ކަމަށްވެސް ފެނަކާއިން ވަނީ ބުނެފައެވެ.

މީގެ އިތުރުން އެ ވޯކްޝޮޕް ވެގެންދާނީ ރާއްޖޭގައި އެ މަސައްކަތް އެންމެ ފުރިހަމައަށް ކުރެވޭ ވޯކްޝޮޕަށް ކަމަށް ފެނަކައިން ބުންޏެވެ.

ގދ.ތިނަދޫ ގައި އާ އިންޖީނުގެއެއް އެޅުމަށް ނިމިދިޔަ ޑިސެމްބަރ 11 ވަނަ ދުވަހު ވަނީ ބިންގާ އަޅާ މަސައްކަތް ފަށާފައެވެ. މި އިންޖީނުގޭޭގެެ އިމާރާތުގައި 20 މެގްވޯލްޓްގެ އިންޖީނު ބެހެއްޓި ހިދުމަތްދެވޭނެ ކަމަށް ފެނަަކައިން މައުލޫމާތު ދެއެވެ. އިންޖީނު ރޫމްގެ އިތުރުން ފަންނީ މުވައްޒިފުންނަށް ޒަމާނީ އޮފީހަކާއި މީޓިންގް ރޫމެއްވެސް މި އިމާރަތުގައި ތަރައްގީކުރުމަށް ވަނީ ނިންމާފައެވެ.

Comment