ޚަބަރު
ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ އެލަވަންސް ބޮޑުކުރަން ޕެޓިޝަނެއް ހުށަހަޅަނީ

ހާއްސައެހީއަށް ބޭނުންވާ މީހުންނަށް ސަރުކާރުންދޭ އިނާޔަތް 2،000 ރުފިޔާއިން 5،000 ރުފިޔާއަށް ބޮޑުކުރަން ސަރުކާރަށް ޕެޓިޝަނެއް ހުށަހެޅުމުގެ މަސައްކަތް ފަށައިފިއެވެ.

މިޕެޓިޝަން އެކުލަވާލުމުގައި އިސްކޮށް ހަރަކާތްތެރިވަނީ ހާއްސައެހީއަށް ބޭނުންވާ ތިންފަރާތެއް ކަމަށްވާ ހއ.އިހަވަންދޫއަށް ނިސްބަތްވާ އަލީ ފަޔާޒާއި، މުހައްމަދު އިރުފާންގެ އިތުރުން އަލީ ޖުނައިދުއެވެ.

މުހައްމަދު އިރުފާނު ބުނާގޮތުގައި ސަރުކާރުން ކޮންމެ މަހަކު ދޭ ދެހާސް ރުފިޔާއިން ހާއްސަ އެހީއަށް ބޭނުންވާ މީހެއްގެ ދިރިއުޅުމުގެ ކަންތައް ދެކޮޅުނުޖެހޭ ކަމަށާއި މީހުންނާއި އިދެގެން ދިރިއުޅުން ފަށައިގެން އުޅޭ ހާއްސަ އެހީއަށް ބޭނުންވާ މީހުންވެސް އުޅޭ ކަމަށެވެ. އާމްދަނީ ހޯދުމުގައި ގިނަ ގޮންޖެހުންތަކެއް އެމީހުންނާ ކުރިމަތިވާއިރުު ސަރުކާރުން އެމީހުންނަށް ދޭ އިނާޔަތްތައް ބޮޑުކުރަން ފެންނަ ކަމަށް އިރުފާނު ވަނީ މީޑީޔާއަށް މައުލޫމާތުދީފައެވެ.

“އަޅުގަނޑުމެން އުއްމީދުކުރަން މި ޕެޓިޝަންގައިވާ މައިގަނޑު ހުށަހެޅުމަށް ހާއްސަ ސަމާލުކަމެއްދީ މައްސަލަ އަށް ސަރުކާރުން ހައްލު ހޯދައިދޭނެ ކަމަށް،” — އިރުފާން

ހާއްސައެހީއަށް ބޭނުންވާ ތިން ފަރާތަކުން އިސްނަގައިގެން ތައްޔާރުކުރި މިޕެޓިޝަނުގައި މިހާތަނަށް 4،800 މީހުންގެ ސޮއި ވަނީ ހޯދާފައެވެ.

މިއަހަރުގެ ހާއްސައެހީއަށް ބޭނުންވާ މީހުންގެ ދުވަސް ފާހަނގަކުރަން ހަމަޖެހިފައިވަނީ ހއ.އިހަވަންދޫގައި ކަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެރަށަށް ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އެދުވަހު ރައީސަށް ހުށަހެޅުމަށް ތައްޔާރުކުރާ މިޕެޓިޝަނަށް 8،000 މީހުންގެ ސޮއި ބޭނުންވެއެވެ.

މީގެ ކުރިންވެސް މިއިނާޔަތް ބޮޑުކުރުމަށް މަޖުލީހަށް ހުށަހެޅުނުނަމަވެސް އެބިލް ވަނީ މަޖިލީހުން ބޭރުކޮށްލާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!