އިޒްރޭލުން އަނެއްކާވެސް ސީރިއާއަށް ރޮކެޓް ހަމަލާއެއްދިނުމުން އާއްމުންގެ ދެ މީހަކު މަރުވެއްޖެއެވެ.
އަސްކަރީ މަސްދަރުތަކާ ހަވާލާދީ ދައުލަތުގެ މީޑިއާ ސަނާއިން ބުނެފައިވަނީ ބެއިރޫތުގެ އިރުއުތުރު މިސްރާބުން އިޒްރޭލުގެ ވައިގެ ހަމަލާތަކެއް ސެންޓްރަލް ސީރިއާގެ ސަރަހައްދުތަކަށް އަމާޒުވެފައިވާ ކަމަށެވެ.
މި ހަމަލާގައި އެއްފަހަރާ އެތައް ސަތޭކަ ރޮކެޓް މިސައިލްތަކެއް ވަނީ އަމާޒުވެފައެވެ. އެގޮތުން މިހަމަލާގައި ސީރިޔާގެ ސިފައިންގެ 5 މީހަކަށް ވަނީ ޒަހަމް ވެފައެވެ.
“ހަމަލާތަކުގެ ތެރެއިން ގިނަ ހަމަލާތަކެއް ޑިފެންސް ސިސްޓަމްއިން ހުއްޓުވާފައިވާ ނަމަވެސް އާއްމު ރައްޔިތުންތަކެއްގެ ފުރާނަ ގެއްލި ސިފައިންތަކަކަށް ވަނީ އަނިޔާ ވެފައި. އުމްރާނީ ގެއްލުން ވެސް ލިބިފައިވޭ،”
-އަސްކަރިއްޔާއާ ހަވާލާދީ ސަނާއިން ބުނެފައިވެ އެވެ.
މި ހަމަލާތަކާ ބެހޭ ގޮތުން އިޒްރޭލުން މިހާތަނަށް އެއްވެސް ބަހެއް ބުނެފައި ނުވާއިރު އެގައުމަކީ އާއްމުކޮށް ވެސް ސީރިއާގެ އެކި ސަރަހައްދުތަކަށް އެކި ފަހަރުމަތިން ހަމަލާތައް ދޭ ގައުމެކެވެ.