ފެންޑާ
އަޖައިބެއް ފަދަ ހަބަރުގަސް
ހަބަރުގަސް ނުވަތަ އަލޮވެރާ އަކީ ގަދީމީ ޒަމާނުގެ ބޭސްވެރިކަމުގައިވެސް ބޭނުންކޮށް އުޅުނު އޭގައި ވަރަށް ގިނަ ފައިދާ އެކުލެވޭ އެއްޗެކެވެ. އަލޮވެރާ ފަތުގައި ޕްރޮޓިންސް، މިނެރަލްސް، ވިޓަމިން އޭ، ވިޓަމިން ބީ1، ބީ2، ވިޓަމިން ސީ، އީ، ވިޓަމިން ކޭ އަދި މީގެއިތުރުންވެސް އެމިނޯއެސިޑްފަދަ ހަށިގަނޑަށް ފައިދާހުރި ވަރަށްގިނަ މާއްދާ އެކިލެވިގެންވާތީ، މިޒަމާނުގެ ބޭސްވެރިކަމުގައިވެސް ވަރަށް ގިނައިން އަލޮވެރާ ބޭނުންކުރެއެވެ.
ހަންގަޑުގެ އެކިއެކި މައްސަލަތަކަށް އަލޮވެރާ ބޭނުންކުރެވެއެވެ. ވަކިންހާއްސަކޮށް ހަންގަަޑު އޮމާންކޮށް ބެހެއްޓުމަށާއި، އިރުގެ ހޫނުން ހަންގަޑު އެނދުމުން ނުވަތަ ހޫނުއެއްޗެއް ހަށިގަޑަށް އެޅި ހަންގަނޑު ފިހުމުން ނުވަތަ ފޮޅުއެޅުމުން ސަލާމަތް ކުރުމަށްޓަކައިވެސް އަލޮވެރާ ފަތުގެ ޖެލީގަނޑު ބޭނުންކުރެއެވެ.
އާންމު ކޮށް އެލޮވެރާ ބޭނުން ކުރެވޭ ހާލަތްތަކުގައި ޕިކްނިކް ދަތުރު ދާއިރު ސަންލޯޝަންގެ ގޮތުގައި އަލޮވެރާ ބޭނުންކުރެވިދާނެއެވެ. އަލޮވެރާގެ ފަތުގެ ތޮަށްޓަކީވެސް އެހާމެ ފައިދާހުރިއެއްޗެކެވެ. އެކިކަހަލަ ސަޓަނި ހާދާއިރު އަލޮވެރާފަތުގެ ކަށިބައި ނަގާފައި އޭގެ ތޮށި  ކުދިކޮށްކޮށާފަ ސަޓަންޏާ އެއްކޮށްލައިގެން ކެއުމުގައި ބޭނުންކުރުމުން މޭދަށުވަޔަށް ލުޔެއް ލިބިގެންދެއެވެ.
މީގެ އިތުރުން އަލޮވެރާ އަކީ އިސްތަށިގަނޑު ރީތިކުރުމަށާއި، އިސްތަށިފޭބުން މަދުކުރުމަށާއި، އިސްތަށިގަނޑު ވަރުގަދަކުރުމަށާއި އަދި ބޮލުން ހަންފޮޅުން ހުއްޓުވުމަށްޓަކައި ބޭނުންކުރެވޭ އާދެޔާޚިލާފަށް މޮޅު ފަރުވާއެކެވެ.
އަލޮވެރާ ފަތުގެއެތެރޭގައިވާ ޖެލީއަޅައިގެން ވަރަށް މީރު ފިނި ބުއިން ތައްޔާރުކޮށްލެވެއެވެ. އަދި މިބުއިމަކީ އެހާމެ ހަށިގަނޑަށް ފައިދާހުރި ބުއިމެއްކަމުގައިވެއެވެ. އަލޮވެރާގައި އެންޓެއޮކްސިޑެންޓް އެކުލެވިގެންވާތީވެ  ހަކުރުބައްޔާއި، ހިތުގެ ބަލިތަކާއި، ކެންސަރުބަލިފަދަ ބަލިތަކުން ދުރުކޮށްދިނުމަށް މަގުފަހިކޮށްދެއެވެ. މީގެއިތުން މޭ އެންދުމާއި ބަނޑުގެ ވަޔަށާއި ގޮހޮރުގެ ފާރު އަދި ބަނޑު ހަމަޖައްސާލުމަށް މީ އާދެއާހިލާފަށް ރަނގަޅު ބުއިމެއްގޮތުގައި ފާހަގަކޮށްލެވެއެވެ.
އަލޮވެރާއަކީ ޕޮޓުގައި ނުވަތަ ބިމުގައިވެސް ހައްދާލަން ފަސޭހަ ގަހެއްކަމުން ކޮންމެ ގެއެއްގައިވެސް އަޖައިބުން ފުރިގެންވާ ހަބަރުގަހެއް ހެއްދުމަކީ ބުއްދިވެރިކަމެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!