ޚަބަރު
ތިނަދޫ ޒުވާނުންގެ ފަރާތުން ލޯފަން ކުދިންގެ ކިޔެވުމަށް ބޮޑު އެހީ އެއް

ތިނަދޫގެ ޒުވާނުން ލޮލުގެ ފެނުމުން މަހުރޫމް ވެފައިވާ ކުދިންނަށް، ޕޮލިޓެކްނިކުގެ ޚާއްސަ ކޯހެއް ހިލޭ ހިންގައިދޭގޮތަށް ހަމަޖައްސައިފިއެވެ.

މިކަން ހަމަޖައްސައި އިއުލާން ކޮށްފައިވަނީ ލޮލުގެ ފެނުމުން މަހުރޫމުވެފައިވާ ފަރާތްތަކަށް “ތެނަދޫ ޔޫރޯ ފޯރި” މިނަމުގައި ކްލަބު ހައުސް އެޕްލިކޭޝަން މެދުވެރިކޮށް ހިންގި ޚާއްސަ ޙަރަކާތުގެ ތެރެއިން، އެ ހަރަކާތް ހިންގި ގދ.ތިނަދޫ ޒުވާނުންގެ ފަރާތުންނެވެ. އަދި މިކަން ހިންގުމަށް ހަމަޖެހިފައިވަނީ މުޅިން ހިލޭކަމަށް ވެސްބުނެފައިވެއެވެ.

ލޮލުގެ ފެނުން މަޙްރޫމްވެފައިވާ ފުޓްބޯޅައަށް ލޯބިކުރާ މީހުންނަށް ޔޫރޯގެ މެޗްތަކުގެ ލައިވް ކޮމެންޓްރީ ވަގުތުން ގެނެސްދިން “ތެނަދޫ ޔޫރޯ ފޯރި” ޓީމުން ބުނީ އެމީހުން ފެށި މަސައްކަތް ކާމިޔާބުކަމާއެކު އެކަން ނިމިގެންދިޔައިރު، މިއީ އެއަށް މާ ފުޅާ އަދި ކާމިޔާބު މަސައްކަތަކަށް ވެފައިވާކަމަށެވެ.

ޔޫރޯ ފޯރި ހަރަކާތުން މިކަން ފެށިގެން ދިޔަޔަސް މިހާރު މިކަމަކީ އެއަށްވުރެ ބޮޑު ކަމެއް ކަމެއް. އަދި ލޯފަން ކުދިންނަށް މިފަދަ ފުރުސަތެއް ފަހި ކޮށްދިނުމަކީ ވަރަށް ބޭނުންވި ކަމެއް – ސާއިދު އަހްމަދު

ޕޮލިޓެކްނިކުގެ ސީއީއޯ އަޙްމަދު ނާޞިރު ވިދާޅުވީ މިކޯސް ވެގެންދާނީ ލޯފަން ކުދިންނަށް ޚާއްސަކޮށްގެން އެކުދިންނާ ގުޅޭ ގޮތަށް ކުރިއަށްގެންދާ، އެކުދިން ބޭނުންވާ ކޮންމެވެސް ދާއިރާއެއްގެ ކޯހަކަށް ކަމަށެވެ. މީގެ އިތުރުން އަޙްމަދު ވިދާޅުވީ އާންމުގޮތެއްގައި ލޯފަން ކުދިންނަކީ ދަސްކުރުމުގެ ބާރު ގަދަ ބައެއްކަމުން ކިޔެވޭނެ ފުރުސަތު ފަހި ވުމާއެކު ކިޔަވާ ދާއިރާއަކުން ކާމިޔާބު ހޯދާނެކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.

މީގެ އިތުރުންނުން އޭނާ ވިދާޅުވީ މިފަދަ ފުރުސަތެއް މިފަދަ ކުދިބަޔަކަށް ފަހިކޮށްދެވުމަކީ އެ މުއައްސަސާއިން ނުހަނު އުފާކުރާކަމެއް ކަމަށެވެ. މިކޯސް ހިންގާ ފަރާތާ ކުދިންނާ ގުޅުވައިދީ އެކަންކަމުގެ އެންމެހައި އިންތިޒާމުތަކެއް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ“ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއަރޑް ސޮސައިޓީ އޮފް މޯލްޑިވްސް” މެދުވެގެންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!