ކުޅިވަރު
ތިނަދޫ ކައުންސިލް ހަވަރު އޮފީސް ފުޓްސަލް މުބާރާތުގެ ކުއާޓާރ ފައިނަލްގެ ގުރުއަތުލުން ބާއްވައިފި

ގދ.ތިނަދޫ ކައުންސިލުން ބާއްވާ ހަވަރު އޮފީސް ފުޓްސަލް މުބާރާތު ގެ ކުއާޓާރ ފައިނަލަށް ދިޔަ ޓީމް ތަކުގެ މެދުގައި ގުރުއަތުލުން ބާއްވާއިފިއެވެ.

މުބާރާތުގައި ރޭ ކުޅުނު ގްރޫޕް ސްޓޭޖްގެ ފަހު މެޗަށް ފަހު ތިނަދޫ އާރު އަވަށުގެ ފުޓްސަލް ދަނޑުގައި ބޭއްވުނު މިގުރުއަތުލުމުގައި ކުއާޓާރ ފައިނަލަށް ދަތުރު ކުރި 8 ޓީމްގެ ފަރާތުންވަނީ ގުރުއަތު ނަގާފައެވެ.

ކުއާޓާރ ފައިނަލުގައި ބައްދަލު ކުރާނެ ޓީމްތައް
ޕަބްލިކް ވޯރކްސް އާއި ކުލަބް އޭވީއެސްއީސީ
ފެނަކަ އާއި ތިނަދޫ ކައުންސިލް
ޕޮލިސް އާއި އޭސްއެމްއެޗް
ކޭޑިއެމް އާއި އަތޮޅު ކައުންސިލް

ކުއާޓާ ފައިނަލްގެ މެޗުތައް ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 26 ވާ ހުކުރު ދުވަހުގެ ހަވީރު 16:30 ގައެވެ. އަދި ހަވީރު ފުރަތަމަ މެޗެއްގެ ގޮތުގައި ޕަބްލިކް ވޯކްސް އާއި  ކުލަބްއޭވީއެސްއީސީ ބައްދަލު ކުރާއިރު ދެން ހުރި މެޗުތައް ހުކުރު ދުވަހުގެ ރޭގަނޑު ކުރިއަށް ދާނެ ކަމަށް މުބާރާތް އިންތިޒާމް ކުރާ ހަވަރު ސްޕޯޓްސް އިން މައުލޫމާތު ދެއެވެ.

ޖުމްލަ 14 ޓީމް ހިމެނޭ ގޮތަށް ބާއްވާ މިމުބާރާތަކީ ކައުންސިލުން 70 ހާސް ރުފިޔާގެ ބަޖެޓެއް ޚަރަދުކޮށްގެން އިންތިޒާމް ކުރި އޮފީސް ފުޓްބޯޅަ މުބާރާތެކެވެ.

މިއީ ކޮންމެ އަހަރަކު އެއްފަހަރު ކައުންސިލުން ބާއްވާ މުބާރާތެކެވެ. އަދި މި އަހަރުގެ އޮފީސްތަކުގެ ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދާ ޓީމަށް ހުށަހަޅާފައިވާ ފައިސާ ގެއިނާމަކީ 10000 ރުފިޔާ އެވެ.

ތިނަދޫ ކައުންސިލްގެ ފަރާތުން ބާއްވާ އޮފީސް ފުޓްސަލް މުބާރާތް އެވޯޑް ކޮށްފައިވާ ހަވަރު ސްޕޯޓްސް އިން މީހާތަނަށް ވަނީ ވަރަށް ކާމިޔާބު އަދިފުރިހަމަ 7 ފުޓްސަލް މުބާރާތް ތިނަދޫ ގައި ބާއްވާފައެވެ. ހަވަރު ސްޕޯޓްސް އިން އެންމެ ފަހުން އޮފީސް ފުޓްސަލް މުބާރާތެއް ބޭއްވީ 2016 ވަނަ އަހަރުއެވެ. އެ ފަހަރު މުބާރާތްބާއްވާފައި ވަނީ ތިނަދޫ ފުޓްބޯޅަ ދަނޑު ގައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!