ޚަބަރު
ސައިކަލުގައި ރޯކޮށްލުމުން ޕްރިންސިޕަލަކު އެރަށް ދޫކޮށް ހިނގައްޖެ

ހއ. ބާރަށު ސްކޫލް ޕްރިންސިޕަލް އަމްޖަދު ހުސައިންގެ ސައިކަލުގައި ބަޔަކު ރޯކޮށްލުމުން އޭނާ އެރަށް ދޫކޮށް ހިނގައްޖެއެވެ.

ބާރަށު ކައުންސިލްގެ ރައީސް ސޮފާތު މުހައްމަދު މީޑީޔާއަށް މައުލޫމާތުދެމުން ވިދާޅުވީ މިދިޔަ ހޯމަ ދުވަހުގެ ރޭ އެރަށު ސްކޫލްގެ ޕްރިންސިޕަލަކަށް އުޅުނު ނ.ވެލިދޫ އަމްޖަދު ހުސައިންގެ ސައިކަލުގައި ބަޔަކު ރޯކޮށްލާފައިވާ ކަމަށެވެ.

ޕްރިންސިޕަލް އަމްޖަދުގެ ސައިކަލުގައި ރޯކޮށްލި މައްސަލައިގައި އިއްޔެ ހަވީރު އޭނާ ވަނީ އާއިލާއާ އެކު އެރަށުން ފުރާފައިވާ ކަމަށާއި މިހާދިސާގައި އެއާއިލާގެ މެމްބަރުންނަށް ނަފްސާނީ ގޮތުންވެސް އަނިޔާ ލިބިފައިވާ ކަމަށް ބާރަށު ކައުންސިލް މެމްބަރު އަލީ ޝަމީމް ވަނީ މީޑިޔާއަށް ކަށަވަރުކޮށްދީފައެވެ.

މިމައްސަލަ އިތުރަށް ތަހުޤީގު ކުރުމަށް ފުލުހުން ދަނީ އެރަށުގައި ހަރަކާތްތެރި ވަމުންނެވެ. އެހެންނަމަވެސް ސައިކަލުގައި ރޯކޮށްލި ސަބަބެއް އަދި ހާމައެއް ނުކުރެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!