ޚަބަރު
‘ލާމަސީލު ޒުވާނާ’ ކޭމްޕުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

‘ލާމަސިލު ޒުވާނާ’ ގެ ނަމުގައި މޯލްޑިވްސް ޕޮލިސް ސާވިސް އިން ކުރިޔަށް ގެންދިޔުމަށް ތައްޔާރު ވަމުން އަންނަ ކޭމްޕުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވައިފިއެވެ.

ލާމަސީލު ޒުވާނާ ކޭމްޕަކީ ދިވެހި ޒުވާނުންނަށް އަމާޒުކޮށްގެން ފުލުހުން ހިންގަން ފަށާފައިވާ ކާމިޔާބު ޕްރޮގްރާމެކެވެ. މިކޭމްޕް 2 ހަފްތާގެ މުއްދަތަށް ކުރިޔަށް ގެންދިޔުމަށް ރޭވިފައިވާއިރު، މިކޭމްޕް ކުރިޔަށް ގެންދިޔުމަށް ނިންމާފައިވަނީ ދ. އަތޮޅު ވާނީގައެވެ.

ލާމަސީލު ޒުވާނާ ކޭމްޕުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ، އުމުރުން 18 އަހަރާއި 25 އހަރާއި ދެމެދުގެ ޒުވާނުންނަށެވެ. މިފަހަރުގެ ކޭމްޕް ތާވަލް ކުރެވިފައިވަނީ 26 ޑިސެމްބަރު 2021 އިން 8 ޖެނުއަރީ 2022 އަށެވެ. މިބުރުގެ ކޭމްޕް ހުޅުވާލެވިފައި ވަނީ  އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީ އަދި ހުވަދޫ އަތޮޅުގެ 130 ޒުވާނުންނަށެވެ.  ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފޯމު މި 4 އަތޮޅުގެ ފުލުހުންގެ އިދާރާއިން ލިބެން ހުންނާނެ ކަމަށް ފުލުހުން ހާމަކުރެއެވެ.

މިއީ ޒުވާނުންނަކީ ޒިންމާދާރު ހަރުދަނާ ސިފަވަންތަ، ޤައުމިއްޔަތާއި ދީނަށް ލޯބިކުރާ، މަސައްކަތުގެ މާޙައުލަށް ޝައުޤުވެރި، މަސައްކަތުގެ އަޚުލާގު ދަމަހައްޓާ، ނަމޫނާ ބަޔަކަށް ހެދުމުގެ މަގުޞަދުގައި ހިންގާ ކޭމްޕެކެވެ. މި ކޭމްޕް ފުރިހަމަކުރާ ކުދިންނަށް ފުލުހުންނާއި ސިފައިންގެއިން ވަޒީފާ ހޯދުމުގައި ފަސޭހަވެގެންދާ ކަމަށް ކުރިން މި ޕްރޮގްރާމު ފުރިހަމ ކުރި ބައެއް ކުދިން ބުނެއެވެ.

މިފަހަރުގެ ކޭމްޕް ފުލުހުން ހިންގަނީ އައްޑޫ ސިޓީ ކައުންސިލާއި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް ގުޅިގެންނެވެ. މިޕްރޮގްރާމާއި ގުޅޭ ގޮތުން އިތުރު މައުލޫމާތު ސާފުކުރުމަށް 9631703 އާއި 1456، 3347417 އަށ ގުޅުމަށް އެދިފައި ވެއެވެ. ބައިވެރިވުމުގެ ސުންގަޑިއަކީ މި ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!